ގަލޮޅު ދަނޑުގެ ތެރޭގައި ހިންގަމުން އަންނަ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުގެ އޮފީސް އަންނަ ޖޫން މަސް ނިމުމުގެ ކުރިން ހުސްކުރަން އަންގައިފިއެވެ.

ސްޕޯޓްސް ކޯޕަރޭޝަަންގެ އޮފީސް ހުސްކުރަން އެންގުމާއެކު އެ ކޯޕަރޭޝަނުން ވަނީ ފިނޭންސް މިނިސްޓްރީގައި އެ ކޯޕަރޭޝަންގެ މަސައްކަތް ކުރާނެ އެހެން ތަނެއް ހޯދައިދޭން އެދިފައެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކުގައި ހިންގަމުން އަންނަ މި ކޯޕަރޭޝަން ގެ އޮފީސް ހުސްކުރަނީ އެހެން ކުޅިވަރު އެސޯސިއޭޝަންތަކުގެ އޮފީސް ހިންގުމަށެވެ.

މި ކޯޕަރޭޝަން އުވާލަންޖެހޭ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ މީގެކުރިން ވިދާޅުވެފައެވެ. އަދި އެ ކޯޕަރޭޝަނާއި އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެ ކޯޕަރޭޝަނަކީ އަމިއްލައަށް ކަމެއް ކުރުމުގެ ކެޕޭސިޓީއެއް ނެތި، ގެއްލުމުގައި ކުރިއަށްގެންދާ ކުންފުންޏެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުޅިވަރު ގާނޫނަށް ހުށައެޅި އިސްލާހުތަކުގެ ތެރޭގައި ވެސް ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ކުޅިވަރާބެހޭ ވުޒާރާއިން ވެސް ހިމަނާފައިވެއެވެ.

ސްޕޯޓްސް ކޯޕަރޭޝަނުގެ މަސައްކަތްތައް ހިންގާ އިމާރާތަކީ ސަރުކާރުން ހިލޭ ދީފައިވާ ތަނެކެވެ. ދެ ފަހަރެއްގެ މަތިން މިހާތަނަށް އެ އިމާރާތުގެ މުއްދަތު އިތުރުކޮށްފައިވެއެވެ. މި ސަރުކާރުގައި ސްޕޯޓްސް ކޯޕަރޭޝަނުން މިހާތަނަށް ކޮށްފައިވާ ބޮޑު މަސައްކަތަކީ ރަށްރަށުގައި އެޅުމަށް ނިންމާފައިވާ 61 އައުޓްޑޯ ޖިމްތައް ގެނައުމުގެ މަސައްކަތެވެ. މިހާތަނަށް އައި އިރު ސްޕޯޓްސް ކޯޕަރޭޝަންގެ މާ ބޮޑު މަސައްކަތްތަކެއް ނެތެވެ.

ސްޕޯޓްސް ކޯޕަރޭޝަނުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމާއި، ސްޕޯޓްސް ޗެނަލް ތަރައްގީކުރުމާއި، ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލުކަން ކުރިއެރުވޭނެ ޕްރޮގްރާމުތައް ރާވައި ހިންގުމާއި، ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރުވާ ތަމްރީނު ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެއެވެ.

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރަކީ މަޝްހޫރު ގޯލްކީޕަރު އަދި ކޯޗު މައުރޫފް އަޙްމަދު (މާއްޓޭ) އެވެ. އަދި އެ ކޯޕަރޭޝަނުގެ ޗެއާމަނަކީ ވޮލީބޯލް އެސޯސިއޭޝަނުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން މުޙައްމަދެވެ

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Happy 123

    ޢަސްލުވެސް އުވާލަނެވެފައިވާ ބޭކާރު ތަނެެއްތި

  2. ޑެެޑި

    ބޭކާރެ ތަނެއް އުވާލާ.. ބޭކާރު ހަރަދެއް!!

  3. އަހުމަދު

    ލިސްޓްގަ ނަން އޮވެގެން ރުޅިގަދަވެގެން އެއުޅެނީ. ގިނަމީހުން ތުހުމަތު ކުރާގޮތުގަ މިސަރުކާރުގަ ހުރި އެއްމެ ކޮރަޕްޓް އެއް މިނިސްޓަރ.

    7
    1
  4. ކާފަބޭ2020

    އުވާލަންވީ ބޭކާރުޚަރަދުނުކޮށް އަދި އުވާލަންވީމަސައްކަތެއްނެތި އޮފީސްތަކަށްލާފަތިބިކޯޑިނޭޓަރުންގެ މަގާމުތައްވެސް ކަމެއްނެތިތިބޭސްޓޭޓްމިނިސްޓަރުންގެމަގާމުތައް އަދި ކުޑަކުރަންވީ(ހުރިހާކޮޅަކުންވެސްދަމާކަނޑާ)ބޮޑެތި މުސާރަތަކާއިނާޔަތްތައްލިބޭމީހުންގެ މުސާރަތައްވެސް......................ދަރަނިދައްކަން ދަރަނިނަގައިގެންހަދާކިހިނެއްބާ؟

  5. ހިމާރުލް ޤައުމު

    ކޯޕަރޭޝަންއަށް ބާރުދީފިނަމަ ސްޕޯރޓްސްމިނިސްޓްރީއަށް ކޮރަޕްޝަން ހިންގައިގެން ފައިސާ ހޯދަން އުނދަގޫވާނެ. ކޯޕަރޭޝަނެއް ހެދިޔަސް ކުރިއަށް ދާނީ ބާރާ މަސައްކަތް ކުރާނެ ފުރުޞަތު ދީގެން.

  6. ޖާބެ

    އުވާލިމަ ޕްރޮޖެކްޓްތަކުން ކަޓުނަގަން ފަސޭހަވާނެތާ

  7. ައޮފްބެ

    ބޯޑުގައިވެސް ތައުލީމެއްނެތް މިީހުން..ނިޒާރުމެންތި އެކްޓިވިސްޓުން!!

  8. Anonymous

    ކޮވިޑް ފެސިލިޓީއެއް ހަދަންވީ ކަންނޭގެ އެއްނު އެތާނގައި.