ވޯލްޑް ކަޕްގެ ގުރޫޕް ޑީގެ ފުރަތަމަ މެޗުގައި މިރޭ އާޖެންޓީނާ އާއި އައިސްލޭންޑް ބައްދަލުކުރާއިރު، މި ދެ ޓީމުގެ ވޯލްޑް ކަޕްގެ ތާރީހު ވަރަށް ތަފާތެވެ. އާޖެންޓީނާ އަކީ މުބާރާތް ކާމިޔާބުކޮށްފައިވާ މުބާރާތުގެ ފޭވަރިޓެކެވެ. އަނެއްކޮޅުން އައިސްލެންޑަށް މިއީ ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

އައިސްލޭންްޑްވެގެންދާނީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް މި މުބާރާތުގައި ވާދަކުރާ އެންމެ ކުޑަ ޤައުމަށެވެ. ޔޫރޯ 2016ގައި ގިނަ ޤައުމުތައް ހައިރާންކޮށްލުމަށް ފަހު، އައިސްލޭންޑް އިން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރިފަ އެެވެ. އެހެންކަމުން ވޯލްޑް ކަޕްގައި ވެސް އެ ޓީމަށް އެފަދަ ނަތީޖާތަކެއް ނެރެވިދާނެކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެެވެ.

އަނިޔާ އަށް ފަހު، އައިސްލޭންޑްގެ މުހިންމު މިޑްފީލްޑަރ ގިލްފީ ސިގާޑްސަން ވަނީ މިހާރު ވަނީ ފިޓުވެފަ އެވެ.

އާޖެންޓީނާ އަށް ބަލާއިރު، އެ ޓީމުގެ ކޯޗު ޖޯޖް ސަމްޕައޮލީ ވަނީ މެޗުގެ އެއް ދުވަސް ކުރިން މެޗަށް ނުކުންނަ ފުރަތަމަ 11 ބުނެފަ އެވެ. މިއީ އާންމުކޮށް ކޯޗުން ކުރާ ކަމެއް ނޫނެވެ. އާޖެންޓީނާގެ ފުރަތަމަ 11ގައި ލިއޮނެލް މެސީ، ސާޖިއޯ އަގުއޭރޯ އަދި އަންހެލް ޑިމަރިއާ އަށް ވަނީ ފުރުސަތު ދީފަ އެވެ.

ކްލަބު ކެރިއަރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދި ނަމަވެސް، އާޖެންޓީނާގެ ލިއޮނެލް މެސީ އަށް ބައިނަލްއަޤުވާމީ މުބާރާތެއްގައި ޤައުމީ ޓީމާއެކު ތައްޓެއް ކާމިޔާބެއް ނުކުރެވެ އެވެ. އެންމެ ފަހުން އޮތް ވޯލްޑް ކަޕްގައި އާޖެންޓީނާ ވަނީ ފައިނަލްގައި ބަލިވެފަ އެވެ. އެހެންކަމުން މި އަހަރުގެ މުބާރާތުގައި މެސީގެ ޖާދުލާއެކު، އާޖެންޓީނާ އަށް ތައްޓާ ހަމައަށް ދެވޭނެ ކަމަށް އެ ޓީމުގެ ސަޕޯޓަރުން އުންމީދުކުރާނެ އެވެ.

އާޖެންޓީނާ:

މިއީ އާޖެންޓީނާ 17 ވަނަ ވޯލްްޑް ކަޕް އަދި ޖެހިޖެހިގެން މުބާރާތުގައި ވާދަކުރާ 12 ވަނަ ފަހަރު.

އެންމެ ފަހުން ކުޅުނު 12 ވޯލްޑް ކަޕްގެ ތެރެއިން 11 ފަހަރު އާޖެންޓީނާ ވަނީ ގުރޫޕް ސްޓޭޖް ފަހަނައަޅައި ދަތުރުކޮށްފަ.

އެންމެ ފަހުން ކުުޅުނު ތިން ވޯލްޑް ކަޕްގައި ވެސް އާޖެންޓީނާ ވަނީ ގުރޫޕް އެއްވަނަ ހޯދައިފަ.

އައިސްލޭންޑް:

މިއި އައިސްލޭންޑްގެ ފުރަތަމަ ވޯލްޑް ކަޕް. އެ ޤައުމުގެ ފުރުތަމަ ބައިނަލްއަޤުވާމީ މުބާރާތަކީ 2016 ވަނަ އަހަރުގެ ޔޫރޯ.

މުބާރާތަށް ކޮލިފައިވިއިރު އައިސްލޭންޑްގެ އާބާދީ އަކީ 334،000. އައިސްލޭންޑަކީ ވޯލްޑް ކަޕަށް މިހާތަނަށް ކޮލިފައިިވި އެންމެ ކުޑަ ޤައުމު.

ކޮލިފައިންގައި އައިސްލޭންޑަށް އެންމެ ގިނަ ލަނޑު ޖަހައި، އެންމެ ގިނަ މެޗު ކުޅެދިނީ ގިލްފީ ސިގާޑްސަން.

އެނގޭތަ؟

ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ޔޫރަޕްގެ ޤައުމުތަކާ ދެކޮޅަށް އާޖެންޓީނާ އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން، އެ ޓީމު ބަލިވެފައިވަނީ އެންމެ މެޗަކުންެނެވެ. އެއީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑް އަތުން ބަލިވި މެޗެވެ.

ކިޔުންތެރިންގެ ހިޔާލު