މިއީ ނައިޖީރިއާ އާއި ކްރޮއޭޝިއާ ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މި ދެ ޓީމާއެކު، އާޖެންޓީނާ އާއި އައިސްލޭންޑް ހިމެނޭ ގުރޫޕް ޑީ މި ފަހަރު ބެެލެވެނީ "މަރުގެ ގުުރޫޕް"ގެ ގޮތުގަ އެވެ. އެހެންކަމުން ފުރަތަމަ މެޗުން ރަނގަޅު ނަތީޖާއެއް ހޯދަން ނައިޖީރިއާ އާއި ކްރޮއޭޝިއާ އަށް ވެސް މުހިންމެވެ.

ނައިޖީރިއާ އަކީ ރޭންކިން އަށް ބަލާއިރު ގުރޫޕް ޑީގައި އޮތް އެންމެ ދަށް ޓީމަށްވި ނަމަވެސް، ސްކޮޑުގެ ފެންވަރަށް ބަލާއިރު އެ ޓީމަކީ ބަލި ޓީމެއް ނޫނެވެ. ނައިޖީރިއާގެ ވިލްފްރަޑް އެންޑިޑީ މި މެޗަށް ފިޓުވާނެ ކަމަށް ބެލެވުނު ނަމަވެސް، ޑިފެންޑަރު ލިއޮޮން ބަލޮގަން މި މެޗަށް ފިޓުވާނެކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

ކްރޮއޭޝިއާގެ މުހިންމު ކުޅުންތެރިން ކަމަށްވާ ލޫކަ މޮޑްރިޗާއި އީވާން ރަކިޓިޗް އާއި މާރިއޯ މަންޒޫކިޗް މިރޭގެ މެޗުގައި އެ ޓީމުގެ ފުރަތަމަ 11ގައި ކުޅޭނެ ކަމަށް ބެލެވެ އެވެ.

ކްރޮއޭޝިއާ:

ވޯލްޑް ކަޕްއި އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ކްރޮއޭޝިއާ މޮޅުވީ އެންމެ މެޗަކުން.

އެންމެ ފަހުން ކްރޮއޭޝިއާ ކުޅުނު ތިން ވޯލްޑް ކަޕްގެ ތެރެއިން ދެ މުބާރާތުގައި ކްރޮއޭޝިއާ ވަނީ ކުޅުނު ފުރަތަމަ މެޗުން ބަލިވެފަ.

ވޯލްޑް ކަޕެއްގައި އެފްރިކާގެ ޓީމަކާ ދެކޮޅަށް ކްރޮއޭޝިއާ މިހާތަނަށް ކުުޅުނީ އެންމެ ފަހަރަކު. 2014 ވަނަ އަހަރުގެ މުބާރާތުގައި ކެމަރޫންއާ ދެކޮޅަށް ކުޅުނު މެޗު ކްރޮއޭޝިއާ އިން ކާމިޔާބުކުރީ 4-0 އިން.

ނައިޖިރިއާ:.

މިއީ ނައިޖީރިއާ ވޯލްޑް ކަޕްގައި ކުޅޭ ހަ ވަނަ ފަހަރު. ނައިޖީރިއާ އަކީ ވޯލްޑް ކަޕްގައި އެންމެ ގިނައިން މިހާތަނަށް ވާދަކޮށްފައިވާ އެފްރިކާގެ ޤައުމު

އެންމެ ފަހުން ވޯލްޑް ކަޕްގައި ކުޅުނު 12 މެޗުގެ ތެރެއިން، ނައިޖީރިއާ މޮޅުވީ އެންމެ މެޗަކުން.

މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން، އެންމެ ޒުވާން ސްކޮޑެއް އޮތީ ނައިޖީރިއާގައި.

އެނގޭތަ؟

ވޯލްޑް ކަޕްގައި ކްރޮއޭޝިއާ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި، ފަސް ރަތްކާޑު ވަނީ ފެނިފަ އެވެ. އެއީ ކްރޮއޭޝިއާ އަށް ތިން ރަތްކާޑު އަދި އިދިކޮޅު ޓީމުތަކަށް ދެ ރަތްކާޑެެވެ.