ސްޕެއިންގެ ރެެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ފުޓްބޯޅައިގެ ރަސްގެފާނު ކަމުގައި އަބަދުވެސް ދައުވާ ކުރަމުން އަންނަ ކުޅުންތެރިއެކެވެ.

އެގޮތުން އޭނާ ވަނީ މީގެ ކުރިން 21 ވަނަ ގަރުނުގެ އެންމެ މޮޅު ކުޅުންތެރިއަކީވެސް އޭނާ ކަމަށް ބުނެފައެވެ. އަދި ލިބޭ މުސާރަ ކުޑަކަމަށް ބުނެ ރޮނާލްޑޯ ވަނީ މުސާރަ ބޮޑުކޮށް ނުދީފި ނަމަ ރެއާލް މެޑްރިޑް ދޫކޮށްލާނެ ފަދަ އިޝާރާތެއް ކޮށްފައެވެ.

އެއިރު ރޮނާލްޑޯ ޑިމާންޑް ކުރަމުން ދިޔައީ އޭނާގެ އެންމެ ވާދަވެރި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއަށް އޭނާގެ ކުލަބު، ބާސެލޯނާއިން ދޭ މުސާރައާއި އެއްވަރުގެ ނުވަތަ އެއަށްވުރެއް ބޮޑު މުސާރައެއް ދިނުމަށެވެ. ނަމަވެސް ރެއާލްމެޑްރިޑްގެ ރައީސް ފްލެރެންޓީނިއޯ ޕެރޭޒް ވަނީ އެކަމާ ދެކޮޅު ހަދާ ރޮނާލްޑޯގެ މުސާރަ ބޮޑުކޮށްދެވެން ނެތްވާހަކަ ބުނެފައެވެ.

މެސީއާއި ރޮނާލްޑޯއަކީ ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައިވާ ދެކުޅުންތެރިންނެވެ. އެހެންކަމަށް ވުމާއި އެކު މިއަހަރުގެ ބެލެންޑީއޯ ހޯދުމަށް ދެ ކުޅުންތެރިންވެސް ދަނީ ގަދައަޅައި މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު ފަށާފައިވާ ފީފާ ވޯލްޑްކަޕްގައިރަނގަޅު ހިސާބަކަށް އެ ކުޅުންތެރިއެއްގެ ގައުމު ގެންދިޔުމަކީ ދެކުޅުންތެރިންވެސް އުންމީދެވެ.

ރޮނާލްޑޯގެ ހެޓްރިކާއި އެކު ޕޯޗުގަލްއިން ވޯލްޑްކަޕްގެ ފެށުން ރަނގަޅުކޮށްފައިވާއިރު އެ މެޗުގައި ފުރަތަމަ ލަޑު ޖެހުމަށް ފަހު ރޮލާންޑޯ ކުރި ސެލެބްރޭޝަންއަކީ މެސީއަށް ކުރި ފުރައްސާރައެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ. އެގޮތުން ލަނޑަށް ފަހު ރޮނާލްޑޯ ކުރި ސެލެބްރޭޝަން އިން ދޭހަވަނީ އޭނާއަކީ ހުރިހާ އިރެއްގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމެވެ.

އާޖެންޓީނާ އެ ގައުމުގެ ފުރަތަމަ މެޗަށް މެސީގެ ކެޕްޓަން ކަމުގައި މިއަދު ނުކުންނަ އިރު އެޓީމުން މަސައްކަތް ކުރާނީ މުބާރާތް ކާމިޔާބުކުރުމަށް ކަމުގައި މެސީ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މަ

  ކަލޭ އަލީ ޔާމިން ހާދަ މޮޅޭ ދޯ!

 2. އަފޭ

  ހަޖަމް ނުވީދޯ ރޭގާ ކަންވެގެން ދިޔަގޮތުން ހަހަހަހަ
  ޓެކްސްއަށް ފުރަތަމަ މަކަރު ހެދީ މެސީ އެކަމު ޓެކްސްގެ ކަންތަކުގާ ކުރީގަ ރޮނާލްޑޯ
  ފުޓްބޯޅަ ކުޅެން ފެށީވެސް މެސީ އެކަމު އެކަމުންވެސް ކުރީގާ ރޮނާލްޑޯ ދެން ލަލަލާ

 3. Anonymous

  ޅލލ

 4. ޭކޭޕީ

  އަޅުގަނޑު އަށް ހީވަނީ ތިޔަ ލިއުން ތެރިޔާހެން ރޮނާލްޑޯ އާ ދޭތެރޭ ގައި ހަސަދަވެރި ވަނީ ދޯ ތިޔަ ލިޔުން ކިޔާފައި އެގިއްޖެ

 5. ހުސޭނުބޭ

  މެސީގެ މުސާރައަކީ 30 މިލިއަން. ރޮނާލްޑޯ ހުށައަޅައިގެން އުޅެނީ 40 މިލިއަން ހޯދަން. އެ ހުށައެޅުމަށް ޕެރޭޒްބޭ ބޫނީ ނޫނެކޭ!