އެމްއެމްޕީއާރުސީ ގެ ޚިޔާނާތުގެ ފައިސާގައި ޖެހިފައި ނުވާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ބައްސާމްގެ ނަން ވަނީ ހިމެނިފައެވެ. އެ ލިސްޓުގައި ނަން ހިމެނުމާއި ގުޅިގެން ރާއްޖެޓިވީގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައި ބައްސާމް ވިދާޅުވީ އެއީ ޑޮލަރު ގަތުމަށް ކުރެވުނު މުއާމަލާތެއް ކަމަށެވެ.
ބައްސާމް ވިދާޅުވީ ޑޮލަރު ގަތުމަށްޓަކައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއެކު މުއާމަލާތެއް ކުރި ކަމަށެވެ. އެކަމަކު އެއީ ޚިޔާނާތުގެ ފައިސާ ކަކަން ނޭނގޭ ކަމަށާއި، އަދީބު އަތުން ޑޮލަރު ގަތީ އޭނާއަކީ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށްވުމުން ކަމަށެވެ. އަދި އެއީ ހިޔާނާތުގެ ފައިސާކަން އެނގުނު ނަމަ އެކަން ނުކުރާނެ ކަމަށާއި އޭރު އެސްއޯއެފް އެއީ ހިޔާނާތުގެ ފައިސާ ހުރި ތަނެއްކަން ނޭނގޭ ކަމަށެވެ.
"އަޅުގަނޑު މިކުރީ ޑޮލަރު ޓްރާންސެކްޝަނެއް. ރުފިޔާވެސް ދީފައި ހުންނާނީ. އަދީބު އަތުން ޑޮލަރު ގަތީ ބޭރު ގައުމެއްގެ ސްކޫލެއްގައި ކިޔަވަން ހުރި މީހެއްގެ ކޯސް ފީ ދައްކަން ޖެހިގެން" ބައްސާމް ވިދާޅުވިއެވެ.
މީގެއިތުރުން ބައްސާމް ވިދާޅުވީ ފުޓްބޯޅަ އާއިލާއަށް އެފަދަ ކަމެއްގައި ބައިވެރިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަންދޭ ކަމަށާއި އެފްއޭއެމް އާއި ބައްސާމްއަށް އަމާޒުކޮށް މީގެކުރިން ގިނަ ތުހުމަތުތަކެއް ކޮށްފައިވާ ކަމަށެވެ.
އެފްއޭއެމްގެ ރައީސްކަމާއި ބައްސާމް މިދިޔަ އަހަރުގެ ޖުލައި މަހު ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގެ ފުޓުބޯޅައަށް ދަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. ހާއްސަކޮށް ސަރުކާރާއި ގުޅިގެން ފުޓުބޯޅައިގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް ތައްޔާރުވަމުންދާއިރު، ރާއްޖޭގެ ފުޓުބޯޅައިގެ ކުރިމަގަށްވެސް ގިނަ ޕްލޭންތަކެއް ވަނީ ރާވާފައެވެ. މީގެތެރޭގައި "ޓުވާޑްސް ފިއުޗާ" އަކީ ފާހަގަކޮށްލެވޭ މަޝްރޫއެކެވެ.
މީގެއިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅަ ދަނޑުތައް އެޅުމާއި އެފްއޭއެމްގެ އިމާރާތް 20 ބުރިއަށް ނެގުމުގެ މަޝްރޫއަކީވެސް ފާހަގަކޮށްލެވޭ މަޝްރޫއެކެވެ. ހުޅުމާލެ ފުޓުބޯލަ ސްކޫލާއި ވިލިމާލެ ޓާފް ދަނޑަކީވެސް މި ދައުރުގައި ކުރިޔަށްދާ ބޮޑެތި މަޝްރޫއުތަކެކެވެ.
ހިޔާނާތް ކިޔާ ޕޮރޮޖެކްޓެއް ގެ ފައިސަ ހިއްސާދާރުންނަށް ލިބެންޖެ ހޭނެ
ޢަދީބު ކިޔާމީހަކު ފޫކަ ހާލި ވަޅުގެ ބޮޑުއުނގުރި ބައްދަން އަތްއެޅި މީ ހުނަށް ލިބެންޖެ ހޭ މުސާރައިގެ ފައިސާޔޯލަ އެއީ
އަމާނާތާ ހިޔާނާތާ އޮޅިފުޅު ވީތޯއްޗެ
ރިސޯޓު ހަދަން ފަޅެއް ލެއްގީ އުތަ؟ ގިޔާމަތް ދުވަހު ސަލާމަތެއް ނުވެވެނެ. ރަތްޔިތުންގެ ފައިސާ އާ މުދާކެއުމަކީ ވ ބޮޑު ފާފައެއް. އާސްކ ހާމާން ވެން ޔު މީޓްހިމް ޢިން ހެލް