ރާއްޖޭގައި ވޮލީބޯޅައިގެ ހަރަކާތްތައް ފުޅާކުރުމަށް ކުރިޔަށްދާ ހަރަކާތްތަކުގެ ތެރެއިން ރާއްޖޭގެ 25 ރަށެއްގައި ފެންވަރު ރަނގަޅު އައުޓްޑޯ ވޮލީ ކޯޓުތަކެއް އެޅުމަށް ނިންމައިފިއެވެ.

ކުޅިވަރާބެހޭ ވުޒާރާއިން އިއުލާނުކުރި 25 ރަށުގައި ފެންވަރު ރަނގަޅު ވޮލީ ކޯޓު އެޅުމަށް ހަމަޖެހިފައިވެއެވެ. މި ރަށްތައް ހޮވާފައިވަނީ މުޅި ރާއްޖޭގައި ވޮލީ ތަރައްގީކުރެވޭނެ ގޮތަކަށް ވިސްނައިގެންނެވެ.

މިއަދު އިއުލާނުކުރެއްވި ރަށްތަކަކީ ހދ. ކުޅުދުއްފުށި، ހދ. ފިނޭ، ހދ. ކުމުންދޫ، ހދ. ނޭކުރެންދޫ، ށ. ފުނަދޫ، ށ. މިލަންދޫ، ބ. ކެންދޫ، ބ. ގޮއިދޫ، ޅ. ހިންނަވަރު، ކ. ތުލުސްދޫ، ވ. ކެޔޮދޫ، ވ. ފެލިދޫ، ވ. ފުލިދޫ، މ. ދިއްގަރު، ފ. މަގޫދޫ، ފ. ނިލަންދޫ، ތ. މަޑިފުށި، ތ. ހިރިލަންދޫ، ލ. ފޮނަދޫ، ގއ. ވިލިނގިލި، ގއ. ނިލަންދޫ، ގއ. ކޮލަމާފުށި، ގއ. ދާންދޫ، ޏ. ފުވައްމުލައް އަދި ސ. ފޭދު އެވެ.

މި ކޯޓުތައް އެޅުމަށް ގާތްގަނޑަކަށް ފަންސަވީސް މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ކުޅިވަރާބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ 25 ރަށެއްގައި އައުޓްޑޯ ވޮލީ ކޯޓް ތައްޔާރު ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި އެ މައުލޫމާތުތައް މިއަދު ގެޒެޓްކުރެވިފައިވާނެ ކަމަށެވެ.

މިހާތަނަށް އައި އިރު ބައެއް ރަށްރަށުގައި ވަނީ ފެންވަރު ރަނގަޅު ވޮލީ ކޯޓުތަކެއް އަޅާފައެވެ. އެންމެ ފަހުން އދ.ދިއްދޫ އާއި ރ.ކިނޮޅަހުގައި ވެސް ވަނީ ވޮލީ ކޯޓެއް އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އަލިބެ

  ޒަމާނުއްސުރެ ދެޖިންސްގެ މީހުން ވޮލީ ކުޅެމުންއައި ވޮލީއަށް ވަރަށް ރަނގަޅު ކުޅުންތެރިން ތިބި ރަށްރަށްވެސް ތިޔަ ލިސްޓުގައި ނެތުމީ ތިކަން ކުރަން އުޅޭ މީހުންގެ އެއްވެސް ފެންވަރެއް ނެތްކަން އަނގައިދޭ ކަމެކެވެ.،

  12
  1
 2. ކަރީމް

  ކަމެއް އޮތިއްޔާ އެކަމެއް ވާތަން މިފެންނަނީ ދިއްގަރަށް.. ދިއްގަރަށް ހުރިހާކަމެއް ޖަމާކުރަނީ ދިއްގަރު އެމްޕީގެ ބާރުންތޯ..؟؟ 2 ވަނަ ދައުރަކަށް ހޮވުމަށް އަމިއްލަ ފައިދާއަށްތޯ..؟؟

  1
  1
 3. ޒައިކް

  ހއ އެއީ ވޮލީ ނުކުޅޭ އަތޮޅެއްތަ؟؟ ރާއްޖޭގެ 3 ވަނައަށް އެންމެ މީހުން ގިނަ އަތޮޅު.. ވޮލީގަ ޤައުމީ މުބާރާތުގެ ފައިބަލުގަ އެތަށް ފަހަރަކު ހއގެ ޓީމުތައް ކުޅެ ޒޯނު މުބާރާތް ފަދަ އެތަށް މުބާރާތެއްގެ ތަށި ހޯދައިފަ އެބަހުރި..

 4. އެންޕީ

  އެންޕީގެ ބާރުހުރިކަންދައްކަންތޯ މިލަންދޫގަ ވޮލީކޯޓެއްތިހަދަނީ މިލަންދޫއަކީ ވޮލީ ކުޅޭވެސްރަށެއްނޫން އެއެއްވުރެމާރަންގަޅުވާނެ ތިދާއިރާގެ ގެއްލިފައިން ށ ފީވައް ކައް ދިނަސް

 5. ައޮފްބެ

  ހއ ގިނަ ރައްރަށު ކޯޓު އެބަހުރި... ކޯޓު ނެތް ރަށްރަށަށް ބޮޑަ އިސްކަންދީފައި