ރަޝިޔާގައި ކުރިޔަށްދާ ވޯލްޑްކަޕުގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި އައިސްލޭންޑާއި ދެކޮޅަށް ކުޅެ އެއްވަރުވި މެޗުގައި އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ ޖެހި ޕެނަލްޓީ އައިސްލޭންޑު ކީޕަރު ދިފާޢުކުރި ނަމަވެސް އެޤައުމުގެ ކޯޗް އެސަމްޕޯލީ މެސީ ދިފާޢު ކޮށްފިއެވެ.

މެޗުގެ ކުރީ ކޮޅު އަގުއޭރޯ ކާމިޔާބު ކުރި ލަނޑުން އާޖެންޓީނާ ކުރީގައި އޮތް ނަމަވެސް އައިސްލޭންޑުގެ އަލްފްރެޑް ފިންބޮގަސަން ވަނީ ނަތީޖާ ހަމަ ހަމަކޮށްފައެވެ. އައިސްލޭންޑު ވޯލްޑް ކަޕު ތާރީހުގައި ވެސް ޖެހި ފުރަތަމަ ލަނޑު ފިންބޮގަސަން ކާމިޔާބު ކުރިނަމަވެސް މެޗުގެ ނަތީޖާ ބަދަލު ކޮށްލުމަށް މެސީ އަށް ޖަހަން ލިބުނު ޕެނަލްޓީ އައިސްލޭންޑުގެ ކީޕަރު ހޭންސް ހަލްޑޯސަން ވަނީ ދިފާއު ކޮށްފައެވެ.

" އެއީ ވަރަށް ތަފާތު މެޗެއް. މެސީ އަށް ހުރަސް އެޅުމުގެ ގޮތުން އައިސްލޭންޑުން ކުޅެމުން އައީ އެމީހުންގެ ހާފުގައި، އާޖެންޓީނާ މޮޅު ކުރުމަށް މެސީ މަސައްކަތް ކުރި، ޕެނަލްޓީ ނުވަން ކަމުގައި ވީނަމަވެސް ދެވަނަ ރައުންޑަށް މެސީ، އާޖެންޓީނާ ގެންދާނެ ކަން އަހަންނަށް އިނގޭ" ސަމްޕޯލީ ބުންޏެވެ.

މުޅި މެޗުގައި އާޖެންޓީނާ އިން 27 ހަމަލާ ފޮނުވާފައި ވާއިރު އައިސްލޭނޑު ކީޕަރު ބަލިކުރެވޭގޮތް ވަނީ ނުވެފައެވެ. އެޓޭކިން ޓީމެއް އާޖެންޓީނާގެ އޮތް ނަމަވެސް މުބާރާތުގައި ކުޅޭ އެންމެ އާބާދީ އިން ކުޑަ ގައުމު އަތުން މޮޅު ވެވޭ ގޮތެއް އާޖެންޓީނާ އަށް ނުވިއެވެ.

މުބާރާތުގައި އާޖެންޓީނާ ދެން ބައްދަލު ކުރާނީ ކްރޮއޭޝިޔާ އާއިއެވެ. ސަމްޕޯލީ ބުނެފައިވާ ގޮތުން އެއީ ނައިޖީރިއާ އަދި އައިސްލޭންޑު ކަހަލަ ޓީމެއް ނޫނެވެ. ތަފާތު ޕްލޭނަކާއި އެކު މެޗަށް ތައްޔާރު ވާނެ ކަމަށް އާޖެންޓީނާގެ ކޯޗު ސަމްޕައޯލީ ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

 1. މެރެޑޯނާ

  ބަލަ އައިސްލޭންޑް އަތުން މޮޅު ނުވެ އެއްވަރުވީ އާޖެންޓީނާ އެކަނިތަ؟ ނިމިދިޔަ ޔޫރޯގަ ޕޯޗުގަލް އާ އައިސްލޭންޑް އާ ޖެހުނު މެޗު ކިހިނެއްތޯވީ؟ އައިސްލޭންޑް ކިތަންމެ ކުޑަޔަސް އާބާދީ ކުޑަޔަސް އޭރުވެސް މިހާރުވެސް އެޓީމް އަކީ ވަރުގަދަ ޓީމެއް ? ކުޅުން ރަނގަޅު.
  ހަމަ ފިއްތާލަން ޖެހޭނީ މެސީގެ ކުޅުމާ އެއްވަރަށް ރޮނާލްޑޯ އަކައް ނުކުޅެވޭނެ.
  ގަބޫލް ކުރަން މެސީ އަކީ އެއް އިރެއްގަ ވެސް ޕެނަލްޓީ ޖަހާ ފްރީ ކިކް ޖަހާ އެހާ މޮޅު މީހެއް ނޫން..! އެކަމަށް އަހަރުމެން ރޮނާލްޑޯ ނޫން މީހެއް ނުނަގާނަން.
  ތި ވާހަކަ ދެއްކުމައް ވުރެއް މާރަނގަޅު ވާނެ ދެމީހުންގެ ކުޅުމަށް ޖަޖު ކޮށްލިއްޔާ......

  ދެން ވަރަށް ވާހަކަ މީ....