އަންނަ މަހު ޗައިނާގައި ބާއްވާ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނަށް ތައްޔާރުވާން ގައުމީ ޓީމަށް މާލޭގެ ގަލޮޅު ދަނޑުގައި ފަރިތަކުރުމުގެ ހުއްދަ ނުލިބުމުން ޓީމުގެ ފަރިތަކުރުންތައް ހޮޓެލް ޖެންގެ ބޯލްރޫމްގައި ކުރިޔަށްގެންގޮސްފި އެވެ.

މާލޭގެ އިތުރުން މުޅި ރާއްޖޭގައި ވެސް ކޮވިޑުގެ ހާލަތު ނުރައްކާވެފައި އޮތް ދަނޑިވަޅުގައި ގައުމީ ޓީމުން ވަނީ ޗައިނާއަށް ފުރުމުގެ ކުރިން ހޮޓެލް ޖެންގައި ކޭމްޕުކޮށްފައެވެ. އެފްއޭއެމުން މިގޮތަށް ނިންމީ ޓީމު ފުރުމުގެ ކުރިން އެ ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުގައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ މީސްމީޑިއާގައި ގައުމީ ޓީމުގެ ފަރިތަކުރުންތައް ހޮޓެލް ޖެންގައި ކުރިޔަށްގެންދާ ވީޑިއޯ އާއެކު ހިއްސާކޮށްފައެވެ. މި ވީޑިއޯ ހިއްސާކުރައްވަމުން ބައްސާމް ވިދާޅުވީ ކުޅުންތެރިން ތިބީ ކޮންމެފަދަ ހާލެއްގައި ވެސް ގައުމަށް ރީތި ނަން ހޯދައިދޭން ކަމަށެވެ.

 

މިއީ ކޮލިފިކޭޝަނަށް ތައްޔާރުވާ ޓީމުތަކުގެ ތެރެއިން ހޮޓަލުގެ ތެރޭގައި ފަރިތަކުރުންތައް މިގޮތަށް ކުރިޔަށްގެންދިޔަ ފުރަތަމަ ޓީމެވެ. ހޮޓެލް ޖެންގެ ކާޕެޓުމަތީގައި ކުޅުންތެރިން ފަރިތަކުރަނީ އިތުރު އެއްވެސް ގޮތެއް ނެތުމުންނެވެ.

ޓީމުގެ ކޯޗު ނެދަލޭންޑްސްގެ މާޓިން ކޫމަން ވެސް ވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެންމެ އެކަށީގެންވާ މިންވަރަށް ޓީމު ތައްޔާރު ނުވެވިދާނެތީ ކޯޗުވެސް ހުރީ ކަންބޮޑުވެފައެވެ. އެގޮތުން އެހެން ޓީމުތައް ދަނޑުމަތީގައި ފަރިތަކުރާއިރު ރާއްޖެ ހޮޓަލެއްގެ ތެރޭގައި ބަންދުވެފައި ހުރެ ގޮސް ކުޅެން ޖެހުން އެއީ އިންސާފުވެރި ގޮތެއް ނޫން ކަމަށާއި އެ ނޫން އެއްވެސް ގޮތެއް ނެތްކަމަށް ކޯޗު ބުނެފައިވެއެވެ.

އަމިއްލަ ގައުމުގައި އެހެން މީހުންނާއި އެކަހެރިވެގެން ތިބި ޓީމުގެ ކުޅުންތެރިންތަކަކަށް ދަނޑުގައި ފަރިތަކުރުމުގެ ހުއްދަ ނުދޭތީ ފުޓުބޯޅަ އާއިލާގެ ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގައުމީ ޓީމަށް ފަރިތަކުރުމުގެ ހުއްދަ ނުދީގެން އުޅެނީ އިންޑިއާގެ ބެންގަލޫރު ޓީމުން ޕްރޮޓޮކޯލާއި ހިލާފަށް ބޭރުތެރޭ އުޅުމުންނެވެ.

ކޮލިފައިންގައި ރާއްޖެ ދެން ބާކީ ކުޅެން އޮތީ ތިން މެޗެވެ. އެއީ އަންނަ މަހުގެ 3 ގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި ހަތް ވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން 15 ވަނަ ދުވަހު ފިލިޕީންސާ ބައްދަލުކުރާ މެޗެވެ.

ކޮލިފައިންގެ ގްރޫޕް ޑީގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ދެވަނައިގައި ޗައިނާ އޮތީ ހަތް ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ފިލިޕީންސް އޮތްއިރު ފުލުގައި އޮތީ ގުއާާމް އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޮޅު

    ހޭބަލިވާ ބައެއް. އަޅުކަން ކުރަންވީ ދަނޑިވަޅުގަވެސް ކުޅިވަރުކުޅެވޭތޯ

    19
  2. މުފާސާ

    ރަގަޅު. ދެން ބާކީ ހުރި ލާރިކޮޅު ތިޔަ ހޮޓަލައްދީ ހުސް ކޮއްލާ. ބޯލް ރޯމް ނުލިބޭނެ ސަހަލު އަގަކަށް. މިވަގުތު ބޭކާރު ޙަރަދެއް ނޫންބާ؟

    16
  3. ކޮމިކް

    ރައްޔިިތުންގެ ސިމްޕަތީ ހޯދަން ކޮންމެހެން ބޯލްރޫމް އަ ކާއި އަނެއް ތަނަ ކު ފަރިތަ ކުރާ މަންޒަރެއް ދައް ކަން އުޅޭނެ ކަމެއްނެތް.. ބޯ ހަރު ކަމުން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެވަރު.
    ރާއްޖެ އިން ކޮންމެ ދުވަހަ ކު އެތައް ބަޔަ ކު ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ
    އެބަ މަރުވެގެން ދާ ކަމެއް މި މީހުންނަށް ނޭނގޭތަ؟ ހުއްދަ ނުދެނީ ވެސް ސަބަބުތަ ކައި ލައިގެން ކަން ބޮޑު ފިރިހެނުންތަ ކަށް ވިސްނެން ޖެހޭނެ ދޯ

  4. ނޫނާ

    ތިހޮޓަލުގެ ކާޕެޓް ބަދަލުކުރާކަށް ނުވޭތަ؟ ހުޅުވީއްސުރެ ހަމަ އެ ހަޑި ކާޕެޓްގަޑު!