ޗައިނާގައި ސެންޓްރަލައިޒްކޮށް ކުރިޔަށްގެންދަން ނިންމާފައިވާ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން މިއަދު ހެނދުނު ޑުބާއިއަށް ފުރައިފިއެވެ.

ޗައިނާގައި ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް ކުރިޔަށްދާނީ މިމަހުގެ 30 އިން އަންނަ މަހުގެ 15 ގެ ނިޔަލަށެވެ. ގައުމީ ޓީމު ޑުބާއިއަށް ފުރީ މާލޭގައި އެންމެ އެކަށީގެންވާ ގޮތުގައި ތަމްރީނު ނުކުރެވުމުންނެވެ. ހޮޓެލް ޖެންގައި ކޭމްޕުކުރުމަށްފަހު އިތުރު ގޮތެއް ނެތިގެން ޓީމު ފަރިތަކުރީ ހޮޓެލް ޖެންގެ ކާޕެޓުމަތީގައެވެ.

ޓީމު ޑުބާއިއަށް ފުރިއިރު ސްކޮޑުގައި ތިބި ކުޅުންތެރިންގެ އަދަދު ވަނީ 23 އަށް ކުޑަކޮށްފައެވެ. ވަގުތު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ވިސާގެ ކަންކަން ހަމަނުޖެހުމުގެ ސަބަބުން ދެ ކުޅުންތެރިއަކަށް ޓީމާއެކު ފުރޭގޮތެއް ނުވިއެވެ. އެ ކުޅުންތެރިން ޓީމާއި ގުޅޭނީ އެކަންކަން ފުރިހަމަވުމުންނެވެ.

ގައުމީ ޓީމު މިއަދު ހެނދުނު ޑުބާއިއަށް ފުރަން ހޮޓަލުން ނައްޓާލަނީ-- ފޮޓޯ: އެފްއޭއެމް

ޓީމުން ފުރުސަތު ގެއްލުނީ ޖުމްލަ ހަތަރު ކުޅުންތެރިންނެވެ. މި ހަތަރު ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިންނަށް ފުރުސަތު ގެއްލުނީ ޓީމާއެކު ހޮޓެލް ޖެންގައި ކޭމްޕުކުރުމުގެ ކުރިން ހެދި ޓެސްޓުތަކުން ކޮވިޑަށް ފައްްސިވުުމުންނެވެ. އެ ކުޅުންތެރިންނަކީ ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން (ޔާން) އާއި ދަ ގްރާންޑޭ ގެ ޔަޝްފާދު ހަބީބު (މުލަކޭ) އަދި ހަަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.

ދެން ޓީމުން ފުރުސަތު ގެއްލުނު ކުޅުންތެރިއަކީ އިސްމާއީލް އީސާ (މެސީ) އެވެ. އޭނާއަށް ފުރުސަތު ގެއްލުނީ ރަށުގައި ހުއްޓާ ހެދި ޓެސްޓުތަކުންނެވެ. މީގެއިތުރުން ދެ ކުޅުންތެރިއަކު ވަނީ ކޮވިޑުން ރަނގަޅުވުމުގެ ސަބަބުން ސްކޮޑާއި ގުޅިފައެވެ. އެ ކުޅުންތެރިންނަކީ މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ހުސެއިން ނިހާން (ނިހާޓް) އެވެ.

މިއަދު ޑުބާއިއަށް ފުރި ގައުމީ ސްކޮޑުގެ ކުޅުންތެރިން-- ފޮޓޯ: އެފްއޭއެމް

ކޮލިފައިންގައި ރާއްޖެ ދެން ބާކީ ކުޅެން އޮތީ ތިން މެޗެވެ. އެއީ އަންނަ މަހުގެ 3 ގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި ހަތް ވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން 15 ވަނަ ދުވަހު ފިލިޕީންސާ ބައްދަލުކުރާ މެޗެވެ.

ކޮލިފައިންގެ ގްރޫޕް ޑީގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ދެވަނައިގައި ޗައިނާ އޮތީ ހަތް ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ފިލިޕީންސް އޮތްއިރު ފުލުގައި އޮތީ ގުއާާމް އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބޯހަލާކު

  ގައުމު މިހާލަތުގަ އޮއްވާ ކޮންސަކަރާތެއްތަ ތިޖަހަނީ ރާއްޖޭގަ ކުޅޭފުޓްބޯޅައަކީ މިހާރު މިގައުމުގެ ރައްޔަތުން ބަލައިގަންނައެއްޗެއްނޫން ފުޓުބޯޅައޮތީ މިހާރު އެކުޅޭބައެއްގެ އަމިއްލަ ހިންހަމަޖެހުމަށް އޮތްކަމެއްގެގޮތުގަ ބޭކާރު ހަރަދުކުރުންހުއްޓާލުމަށް ގޮވާލަން އަދި ގައުމު ހަމައަކަށް އެޅެންދެން ސްޕޯޓްސް މިނިސްޓްރީބަންދުކުރަންވެސް ފެނޭ އެތަނުގެ މީހުންނަށް މުސާދެންޏާ ކޮވިޑްގެ ކަންތަކުގައި ނެރުމަށް ފެނޭ

  7
  2
 2. އަހްމަދު

  މިއީ މިވަގުތު ގައުމަށް އެންމެ ބޭނުން ޖެހިފަ އޮތް ކަންތައް
  ޝުކުރިއްޔާ އޯގާތެރި ސަރުކާރު

  6
  1
 3. ޢަލަި

  ކުރު އުމްރާ އެއްދޯ އެކޮއްލަނީ

  2
  2
 4. އަހުސާން

  މީ ކޮން ބޯޅައެއް ކުޅެން އުޅޭބަެއްތައް މުޅި ދުނިޔެ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި އޮންނައިރު ބަލިކުޑަވެގެން ބަލިއިތުރަށް ހޯދަން ކުރާކަމެއް، އެތެރެއިންނާއި ބޭރު އެއޮތީ ދަތުރުފަތުރު ކުރުން ރަގަޅުނޫން ބިރުވެރި ހާލަތެއްގައި

  2
  1