ކޮކާކޯލާ ހެސް ފުޓްސަލް ގޭމް 2018 ގެ ސެމީ ފައިނަލަށް ޓީމް ކަނޑޫދޫ އަދި ވިޑްސްއިން ދަތުރުކޮށްފިއެވެ.

ވިޑްއިން ސެމީގެ ޖާގައެއް ކަށަވަރުކުރީ އިއްޔަ ކުޅެވުނު ގްރޫޕް ޑީގެ ފަހު މެޗުގައި އެގްރިގޭޓުން ސްކޯއިން ކަންމަތި ޖޫނިއާސްގެ މަށްޗަށް 4-3ގެ ނަތީޖާއަކުން ކުރި ހޯދައި ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ

ޓީމް ކަނޑޫދޫއިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ, އިއްޔަ ކުޅެވުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެފްސީ ގޯޅިގަނޑުގެ މަށްޗަށް 4-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީމް ކަނޑޫދޫގެ އަބްދުﷲ މުއާޒް އެވެ. ޓީމް ކަނޑޫދޫއިން ސެމީގެ ޖާގައެއް ކަށަވަރު ކުރީ ކުޅުނު ދެމެޗުންވެސް މޮޅުގެ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

މި މުބާރާތުގެ ސެމީފައިނަލްގެ ދެ މެޗުވެސް މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ އެއްވަނަ ޓީމް، ޓީމް ކަނޑޫދޫ އާއި ގްރޫޕް ޑީގެ އެއްވަނަ ވިޑްސް އެވެ.

ސެމީފައިންލްގެ ދެވަނަ މެޗުގައި ބައްދަލުކުރާ ޓީމުތަށް ކަށަވަރުވާނީ މިއަދު ހަވީރު ކުޅޭ ގްރޫޕް ސީ އަދި ގްރޫޕް ބީގެ ފަހު މެޗުތަކަށް ފަހުގައެވެ.

މުބާރާތުގެ ސެމީފައިނަލްގެ ދެ މެޗުވެސް އޮންނާނީ މިރޭގައެވެ.

މި މުބާރާތަކީ ހަތަރު ގްރޫޕަކަށް ބަހާލައިގެން ޖުމްލަ 11 ޓީމު ބައިވެރިވާ މުބާރާތެކެވެ. އަދި މި މުބާރާތަކީ ކޮންމެ ގުރޫޕެއްގެ އެއްވަނަ ޓީމު މުބާރާތުގެ ސެމީ ފައިނަލަށް ދާ ގޮތަށް ކުޅޭ މުބާރާތެކެވެ.

ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ހުށައެޅިފައިވާ މި މުބާރާތުގެ މެޗުތަށް މިއަދުވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ކޮކާ ކޯލާއެވެ. އަދި ކޯ ސްޕޮންސަރުންނަކީ އޭޑީކޭ ކޮމްޕެނީ އަދި ސޮނީ ސްޕޯޓްއެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ " ވަގުތު އެމްވީ " އެވެ.

ކިޔުންތެރިންގެ ހިޔާލު