ވޯލްޑް ކަޕަށް ބުރެޒިލްގެ ފޯވާޑް ނޭމާގެ ހެއާ ސްޓައިލަށް ބޮޑު ބަދަލެއް ގެނެސްފިއެވެ. ފުޓުބޯޅަ ހަޔާތުގައި ނޭމާ ގިނަ ހެއާސްޓައިލުތައް ހަދާފައި ވީނަމަވެސް މިފަހަރުގެ ވޯލްޑް ކަޕަށް ނޭމާ ހެދި ހެއާސްޓައިލަކީ ގިނަ މީހުންނަށް މަޖަލަކަށްވި ހެއާސްޓައިލެކެވެ.

ނޭމާގެ އިސްތަށިގަނޑުގެ އަސްލު ކުލަ އަކީ ކަޅު ކުލަ ކަމަށް ވީއިރު މީގެ ކުރިން އޭނާ ވަނީ ބޮލުގައި ބްލޮންޑް ކުލަ ޖައްސާފައެވެ. މިފަހަރު ބްލޮންޑު ކުލަ އޭނާގެ އިސްތަށިގަންޑުގައި ޖައްސާފައިވަނީ ކުރިޔަށްވުރެ އިސްތަށިގަނޑު ދިގު ކޮށްފައެވެ.

ނޭމާގެ ހެއާސްޓައިލް ފެނުމުން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ހެއާސްޓައިލާއި ބެހޭގޮތުން ޕޯސްޓުތައް ޖަހާފައެވެ. ގިނަ ބަޔަކު ބުނާގޮތުން ނޭމާގެ ބޮލުގައި ނޫޑްލްސް ގަނޑެއް އޮތް އިރު އެހެން މީހުން ބުނަނީ ނޭމާގެ ބޮލުގައި އޮތީ މޮޕެކެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހެއަރ ސްޓައިިލް

    ތި ނޫނީ އަހަންނަކަށް ނުފެނޭ ދުވާލަކު ގޮތެއްް ބޮޮލަށް ހަދާ މީހެއް....????????

  2. މީހާ

    ހަމަ ތެދެއް ތިޔަ ބުނީ