ވޯލްޑް ކަޕްގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ޖާމަނީ، މެކްސިކޯ އަތުން 0-1 އިން ބަލިވެއްޖެއެވެ.
ގްރޫޕް އެފްގައި ހިމެނޭ މި ދެ ޓީމު މިރޭ ބައްދަލުކުރި ފޯރިގަދަ މި މެޗުގެ ފުރަތަމަ ހާފްގައި މެކްސިކޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެޓީމުން ދިޔައީ މެޗުގެ ކުރީކޮޅު ޖަރުމަނުގެ ގޯލަށް ކައިރިކައިރީގައި ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ،
ނަތީޖާއެއްގެ ގޮތުން މެޗުގެ 35 ވަނަ މިނެޓްގައި ލޮޒާނޯ ވަނީ މެކްސިކޯ އަށް މެޗުގެ ލީޑު ނަގާދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ޖަރުމަނުގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ އެޓީމުގެ ދެ ކުޅުންތެރިން ކައިރިން ވަރަށް ރީއްޗަށް ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.
ފުރަތަމަ ހާފް ނިމުމުގެ ނަތީޖާ އެއްވަރުކޮށްލަން ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ކްރޫސް ފޮނުވާލި ހިލޭޖެހުން އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފް ޑޮމިނޭޓްކޮށްގެން ކުޅެމުންދިޔައީ ޖަރުމަނުންނެވެ. އެގޮތުން ޖަރުމަނުން މި ހާފުގައި ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅުނުއިރު އެޓީމުން ދިޔައީ ގާތް ގާތުގައި ގޯލްޖަހާނެ ފުރުސަތުތައް ތަނަވަސްކުރަމުންނެވެ. އެގޮތުން ކްރޫސް ފޮނުވާލި ހަމަލާއެއް މެކްސިކޯގެ ކީޕަރު އުޖޯއާ ދިފާއުކުރިއިރު ކިމިޗް ފޮނުވާލި އޯވަހެޑްކިކް ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.
މީގެއިތުރުން ރޮއިސް އާއި މާރިއޯ ގޮމޭޒް ވެސް މެކްސިކޯގެ ގޯލަށް ހަމަލާއެއް ފޮނުވާލިއިރު ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބްރަންޓް މެޗުގެ ފަހުވަގުތުކޮޅުތެރޭ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ މެކްސިކޯގެ ގޯލުގެ ދަނޑިއަށެވެ.
ޖަރުމަނުން ގޯލެއް ކާމިޔާބުކުރަން ކުރިއަށް ޖެހިގެން ކުޅުނުއިރު މެކްސިކޯ އަށް ވަނީ ކައުންޓަ އެޓޭކުގައި ލީޑު ފުޅާކޮށްލަން ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
ވޯލްޑް ކަޕްގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ޖަރުމަނު މިރޭ ބަލިވިއިރު މިއީ ވޯލްޑް ކަޕެއްގެ ފުރަތަމަ މެޗުން ޖަރުމަނު ބަލިވި ދެވަނަ ފަހަރެވެ. ވޯލްޑް ކަޕެއްގައި ކުޅުނު ފުރަތަމަ މެޗުން ޖަރުމަނު އެންމެފަހުން ބަލިވީ 1982 ވަނަ އަހަރު އަލްޖީރިއާ އަތުންނެވެ. ނަމަވެސް އެފަހަރުގެ މުބާރާތުގެ ފައިނަލަށް ޖަރުމަނު ދަތުރުކުރިކަން ފާހަގަކޮށްލެވެއެވެ.
މި މުބާޜާތުގައި ޖަރުމަނު ދެން ބައްދަލުކުރާނީ ސްވިޑެންއާއެވެ. މެކްސިކޯ ނިކުންނާނީ ދެކުނު ކޮރެޔާއާ ދެކޮޅަށެވެ.
މެކްސިލޯއިން ޖަރުމަނު ސިއްސުވާލީކީނޫން. މެކްސިކޯއިން ޖަރުމަނު ބަލިކޮށްލީ.
އެހެންވީމަ މެކްސިކޯތިއޮތީ ރަބަރެއްގެމަތީގަތާ،
Losers jersey ☺???????????☺
ޖަރުމަނު ނޫންވިއްޔަ މޮޅެއް ކުޅޭކަށް.......ހަހަހަހަހަހަަހަހަ?????????