ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ވޯލްޑް ކަޕްގެ ގުރޫޕް ސުޓޭޖް ތަކުގެ މެޗުތައް މިހާރު ކުޅެމުން ދާއިރު، ގިނަ ބަޔަކު މިހާރުވަނީ އެމީހަކު ސަޕޯޓް ކުރާނެ ޓީމްއެއް ކަޑައަޅާފައެވެ. މިއާއެކު، އެޓީމެއްގެ ޖާޒީގަނެ، މެޗް ކުޅޭ ވަގުތު ގުރޫޕް ހަދައިގެން މެޗް ބަލާ މީހުން މަދެއް ނޫނެވެ،

ނަމަވެސް މިފަހަރު މިއޮތީ ތަފާތު ކަމެކެވެ. ފުރިހަމަ ސަޕޯޓަރަކަށް ވެވޭނީ މިހެން މިކަންވެސް ކޮށްގެން ކަމަށް މިހާރު ބަޔަކު މީހުން ޤަބޫލު ކުރެއެވެ.

ޔޫރަޕްގެ ޤައުމެއް ކަމަށްވާ ސާބިޔާގައި ދިރިއުޅެމުން އަންނަ ބޯ ކޮށާ މީހެއްގެ ކުޅަދާނަ ކަން މިވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައެވެ. މާރިޔޯ ހަވާލާގެ މަސައްކަތަކީ މަޝްހޫރު ކުޅުންތެރިންގެ ތަސްވީރާއި އެގޮތަށް ބޮލުގެ އިސްތަށިގަނޑު ފަރުމާ ކުރުމެވެ.

މާރިއޯ މަސައްކަތުގައި ހަރަކަތް ތެރިވަނީ

މާރިޔޯ ބުނި ގޮތުގައި މި މަސައްކަތް އޭނާ ފަށާފައިވަނީ މީގެ 9 އަހަރު ކުރިން ކަމަށާއި މިމަސައްކަތް ކުރަން ފެށީ ތަފާތު މަސައްކަތެއް ކުރުމަށް ބޭނުން ވެގެން ކަމަށެވެ.

މިއަހަރުގެ ވޯލްޑް ކަޕް އާ ދިމާކޮށް ދެމީހެއްގެ ބޯ މިގޮތަށް ފަރުމާ ކޮށްފައިވާއިރު މާރިއޯ ބުނެފައިވަނީ މިއީ ވަރަށް ބުރަ އަދި ވަގުތު ނަގާ މަސައްކަތެއް ކަމަށެވެ. މިގޮތުން މިމަސައްކަތަށް 7 ގަޑިއިރު މަސައްކަތް ކުރަން ޖެހޭ ކަމަށް މީނާ ބުނެފައިވެއެވެ.