ބްރެޒިލްގެ ތަރި ނޭމާ ޖޫނިޔާއަކީ މިހާރު އައު ނަމެއް ނޫނެވެ. އޭނާއަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުޓުބޯޅައިގެ މައިދާނުގައި ފައިތިލަ ސާބިތުކުރި މީހެކެވެ. ހަމައެހެންމެ، އޭނާއަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ނަން، އެންމެ މަޝްހޫރު ރޮނާލްޑޯ އާއި މެސީއާ އެއް ހަމައެއްގައި ވިދުވާލި ކުޅުންތެރިއެއްވެސްމެއެވެ.

މި އަހަރުގެ ވޯލްޑް ކަޕުގައިވެސް، އެންމެ އުންމީދީ މޮޅު ކުޅުމެއް ކުޅޭނެ ކުޅުންތެރިއެއްގެ ގޮތުގައި ބެލެވޭ އެއް ކުޅުންތެރިޔަކީ ނޭމާއެވެ. ސަބަބުތަކެއްވެސް ނެތިއެއްވެސް ނޫނެވެ. އެހެންކަމުން، އެންމެން މިހާރު ދަންނަ އެންމެންގެ ދުލަށް ފަރިތަ، ނަމުގެ ވެރި މި ކުޅުންތެރިޔާގެ ބައެއް ނޭނގޭ ކަންކަމަށް ބަލާލުމަކީ ނެތް ކަމެއް ނޫނެވެ.

ނޭމާގެ ފުޓުބޯޅަ ކެރިއަރު، އޭނާ ފަށާފައިވަނީ އުފަން ޤައުމު، ބްރެޒިލްގެ ސަންތޯސް އެފްސީގެ ޔޫތު އެކަޑަމީ އިންނެވެ. ޔޫތު އެކަޑަމީ އިން ކެރިއަރު ފެށިކަމުގައިވިޔަސް، އޭނާގެ އުމުރުން އެންމެ 14 އަހަރު، އޭނާވަނީ ސްޕެއިންގެ ރިއާލް މެޑްރިޑުގެ ޔޫތު ޓީމަށްވެސް ކުޅިފައެވެ. މިއީ ގިނަ ބަޔަކަށް އެނގޭ ކަމެއް ނޫނެވެ.

ސަންތޯސް އެފްސީ އަށް ކުޅެން ފަށައި، ނޭމާގެ ފުރަތަމަ ސީޒަނުގައިވެސް އޭނާވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، 48 މެޗުން، 14 ގޯލު އޭނާ ޖަހާފައިވެއެވެ. ޖެހިގެން އައި ސީޒަނުގައި، އޭނާގެ ކުޅުން އިތުރަށް ވަރުގަދަކޮށް، ޖެހި ލަނޑުތަކުގެ އަދަދު ވަނީ ގިނަކޮށްފައެވެ. އެގޮތުން، 60 މެޗުން 42 ގޯލު ޖަހާފައިވެއެވެ. ނަތީޖާއެއްގެ ގޮތުން އުމުރުން އެންމެ 18 އަހަރުގައި އޭނާއަކީ ދެކުނު އެމެރިކާގެ ތިންވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާއަށްވިއެވެ. އަދި، ޖެހިގެން އައި 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު، އޭނާއަކީ އެބައްރުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.

ބްރެޒިލް އާއި ސްވިޒަލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

2013 ވަނަ އަހަރު، ސްޕެއިންގެ ބާސެލޯނާއަށް އޭނާ ބަދަލުވުމުގެ ކުރިންވެސް، ބޮޑެތި ޓީމުތަކުން އޭނާ ގެންދަން މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން އިނގިރޭސިވިލާތުގެ ވެސްޓްހަމް އިން، މަސައްކަތްތަކެއް ކުރިއިރު، އޭނާއަށް ގިނަ ޓީމުތަކެއްގެ ލޯ އަމާޒުވީވެސް، ވެސްޓްހަމްގެ މަސައްކަތްތަކުގެ ސަބަބުންނެވެ. އޭގެފަހުން، ޗެލްސީ އިންވެސް އޭނާ ގެންދަން މަސައްކަތް ކޮށްފައިވާކަމަށް އަޑު ފެތުރުނުއިރު، އެކަމަށް ހުރަސްއެޅިކަމަށްވަނީ ސަންތޯސް އިންނެވެ.

ނޭމާވަނީ އޭނާގެ ކެރިއަރުގައި އިތުރު އެހެންވެސް ފާހަގަކޮށްލެވޭ ކަންކަން ކޮށްފައެވެ. އެގޮތުން، އޭނާގެ ޕްރޮފެޝަނަލް ފުޓުބޯޅަ ކެރިއަރުގައި އޭނާ ކާމިޔާބު ކުރި 100 ވަނަ ލަނޑު ޖަހާފައިވަނީ އޭނާގެ 20 ވަނަ އުފަންދުވަހުއެވެ. މިއީ، ގިނަ ކުޅުންތެރިންނަށް ހާޞިލުކުރަން އުނދަގޫ ކަމެއްކަމުގައިވިޔަސް، އޭނާވަނީ މިކަން ހާޞިލުކޮށްފައެވެ.

ދަނޑުގެ ބޭރުން ލިބިފައިވާ ކާމިޔާބުތަކަށް ބަލާއިރު، އޭނާއަކީ މަޝްހޫރު "ޓައިމް" މެގަޒިންގެ ކަވަރަކަށް ފުރަތަމަ އެރި ބްރެޒިލްގެ ފުޓުބޯޅަ ކުޅުންތެރިޔާއެވެ. އެތައް ބައެއްގެ މަޤުބޫލުކަން ހޯދި ބްރެޒިލްގެ ރޮނާލްޑޯ އަށްވެސް މި ޝަރަފު ލިބިފައި ނުވެއެވެ.

އުމުރުން އެންމެ 19 އަހަރުގައި އޭނާ ބައްޕައަކަށްވެސްވަނީ ވެފައެވެ. ލުކާ ނަމަކަށް ކިޔާ ދަރިއެއް އޭނާ ހުންނައިރު، ކުއްޖާގެ އުފަން މަންމައަކީ ކާކު ކަމެއް ނޭނގެއެވެ. އެހެންނަމަވެސް، ގިނަ ބަޔަކު ބުނާގޮތުގައި، އޭނާގެ ދަރިފުޅުގެ މަންމައަކީ އޭނާގެ ކުރީގެ ލޯބިވެރިޔާ ކެރޮލީނާ ޑަންޓަސް އެވެ.

މިއީ މިހާރު މި ދާއިރާގައި ހުރި އެންމެ ވިދުން ގަދަ އެއް ތަރިއަށްވާއިރު، މަޝްހޫރު "ފޯބްސް" މަޖައްލާ ބުނާގޮތުން މިއީ މިހާރު ދުނިޔޭގައި ހުރި ތިންވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. އޭނާވަނީ ރިކޯޑު އަގަކަށް ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހުސޭނުބޭ

    އެސޮރު ބޮލަށް އެހެރަ ވާ ގޮތެއްގެ ވާހަކަ ލިދީބަލަ!

  2. އަފީފު

    އައްދެ މީ މަށަށް އެނގޭ ކަންތައްތަކެއް

  3. ސްޕްރިންގް

    ނޭމާއަކީ ހަމަ ބެސްޓް

  4. އެޑަމް

    އެސޮރުގެ މޮޅުކަން ރޭގަ އެފެނުނީ. އެކަނި ފައިދަށަށް ބޯޅަ ލައިގެން ސްޕެއިން ލީގްގަ ކުޅޭހެން އޯލްދްކަޕްގަ ފިޒިކަލް ފްޓްބޯޅަ ކުޅޭ ގައުމުތަކާ ދެކޮޅަށްވެސް ކުޅެން އެއުޅެނީ..

  5. މެސީ 10

    ނޭމަރ އަކަށް ނުވި އެއްކަމެއްވެސް.... ބްރެޒިލް އަށް އެޖެހުނު ގޯލް އޭވެސް ކުޓީނިއޯ ހުރީމަ ވީ ވަރު......

  6. މެސީ

    ނޭމަރ ގެ ބޮލުގަ އެ ހުންނަނީ ނަރުތަކެއް ހަރުކޮއްފަތަ?????

  7. މެސީ 10

    ނޭމަރ އަކީ ހަމަ ލޫޒާއެއް??????

    • ނ

      ދެން މެސީ އަކީ ކޯއްޗެއް؟

  8. ނޭމަރު

    ނޭމާ ނޫން މޮޅެއް ކުޅޭކަށް....ރޭގަ މެޗުގަވެސް އުޅުނީ ހުސް ވެއްޓެން.....????????