އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗުތައް ރާއްޖޭގައި ދެއްކުމުގެ ހުއްދަ ލިބުނު ދިވެހި ހަމައެކަނި ޗެނަލަކަށް ރާއްޖެޓީވީ ވެއްޖެއެވެ.
މިކަން ހާމަކޮށް ރާއްޖެޓީވީން ބުނީ މުބާރާތް ދެއްކުމުގެ ހުއްދަ ލިބުނުކަމުގެ ހުއްދައާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށާއި މުބާރާތް ރާއްޖޭގެ ލޯކަލް ޗެނަލަކުން ދެއްކުމުގެ ހުއްދަ ލިބުނީ ބުރަ މަސައްކަތުން ކަމަށެވެ.
"ވަގުތު" އަށް މައުލޫމާތުދެއްވަމުން ރާއްޖެޓީވީގެ ހެޑް އޮފް ސްޕޯޓްސް ހުސައިން ފަރިޔާޒް ވިދާޅުވީ މިއީ މި ދަތި ހާލަތުގައި ވެސް ރާއްޖެޓީވީން މި މެޗުތައް ދައްކަން ނިންމީ ކޮވިޑުގެ ހާލަތުގައި ގިނަބަޔަކު ގެތަކުގައި ތިބެން ޖެހުމައެކު އެ މީހުންނަށް ހިތްހަމަޖެހުން ގެނެސްދިނުމުގެ އުއްމީދުގައި ކަމަށެވެ.
"ވަރަށް ގިނަ ބަޔަކު މިތިބީ ގެތަކުގަ، ހާސްކަމެއްގެ ތެރޭގައި މި ތިބީ، އަޅުގަނޑުމެން ބޭނުންވީ ކުރަން ޖެހުނު ކޮންމެ ކަމެއް ކޮށްގެންވެސް ދިވެހިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭން، ޔޫރޯ އަކީ ދިވެހިންގެ މެދުގައި މަގުބޫލު މުބާރާތަކަށް ވުމާއެކު އަޅުގަނޑުމެން ބޭނުންވީ ދިވެހި ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދޭން" ފަރިޔާޒް ވިދާޅުވިއެވެ.
ޔޫރޯ މުބާރާތުގެ މެޗުތައް ފަށާނީ އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ. ޖުމްލަ 24 ޓީމާއެކު މި މުބާރާތުގައި މިފަހަރު 51 މެޗު ކުޅޭނެއެވެ. މި ހުރިހާ މެޗެއްވެސް ރާއްޖެޓީވީން އެޗްޑީކޮށް ދައްކަން ނިންމާފައިވާއިރު މުބާރާތް ކުރިއަށްދާނީ ޖުލައި 11 ވަނަ ދުވަހުގެ ނިޔަލަށެވެ.
މުބާރާތަށް ހާއްސަކޮށް ރާއްޖެޓީވީން ހާއްސަ ކަވަރޭޖެއް ގެނެސްދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން މެޗުތައް ފެށުމުގެ އެއްގަޑިއިރު ކުރިން ހާއްސަ ޕްރީޝޯގެ އިތުރުން ރާއްޖޭގެ ފުޓުބޯޅައިގެ ފުންނާބު އުސް ތަޖުރިބާކާރުން އެނަލިސްޓުންގެ ގޮތުގައި ފެނިގެންދާނެ ކަމަށް ރާއްޖެޓީވީން މައުލޫމާތުދެއެވެ. އަދި މެޗުތައް ޓީވީން ދައްކަމުންދާއިރު އެ މެޗުތައް ރާއްޖެ އެމްވީގެ ލައިވް ސްޓްރީމުން ފެންނާނެ އެވެ.
"މިފަހަރު އެންމެ ބޮޑަށް އިސްކަންދޭނީ ވީހާވެސް ބެލުންތެރިންގެ ބައިވެރިވުން އޮތް ގޮތަކަށް ކަވަރޭޖް ގެނެސްދޭން، މި މެޗުތައް ގެނެސްދެނީ ދިވެހިންނަށް، ކަވަރޭޖުގެ ތެރެއިން ބެލުންތެރިން ގަޔާވާނެ ކަންކަން ހިމަނަން ވަރަށް ބޮޑަށް އިސްކަންދޭނަން" ފަރިޔާޒް ވިދާޅުވިއެވެ.
މި މުބާރާތަކީ މިދިޔަ އަހަރު ބާއްވަން ތާވަލުކުރި މުބާރާތެކެވެ. އެކަމަކު ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ ޔޫރޯ މި އަހަރަށް ފަސްކުރި ނަމަވެސް، މި މުބާރާތް މި އަހަރުވެސް ކުރިއަށްދާނީ "ޔޫރޯ 2020" ގެ ނަމުގައެވެ.
ޔުއެފާއިން ނިންމާފައިވާ ގޮތުން މި މުބާރާތް ކުރިއަށްދާނީ ޔޫރަޕުގެ ތަފާތު 11 ގައުމެއްގެ 11 ސިޓީއެއްގައެވެ. އެގޮތުން މުބާރާތް ހުޅުވާ މެޗު އިޓަލީގެ ރޯމުގެ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅޭއިރު، ސެމީ ފައިނަލް މެޗުތަކާއި، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.
ރާއްޖޭގެ ޗެނަލްތައް ކަމަކު ނުދޭ، ލައިވް ކޮން ބެލޭ އެޕްލިކޭޝަން ހުރޭ... ހަމަ އެހެންމެ ޗެނަލް ތަކައް މާ ދަންނަ މީހުން އަރާލެއްވެސް ގިނައީ
ކޮބާ ދައުލަތުގެ މީޑިއާ
ދައުލަތުގެ ހުރިހާ ކުންފުނި ތަކުގެ ސްޕޮންސާ މިހާރު ލިބޭތީ ރޓީވީ ވަރަށް މުއްސަދި ވެއްްޖެ.
މީ ހަމަ ރޭވުމަކަށްވާނީ. މީގެކުރިން ގައުމީ ޗެނަލެއް މެދުވެރިކޮށް ދައްކަނީ. މިފަހަރު ރާއްޖެޓީވީއަށް ފުރުސަތުދޭންވެގެން ގައުމީ ޓީވީ އެއްފަރާތްވީކަމަށް ބެލެވެނީ.
ކޮރަޕްޝަނެއް ނުހިނގާނެ ދޯ!!! މިވެސް ދެން އަޖައިބެއްދޯ!!! އެންޑީޕީ ވެރިކަން އޮތުމާ... ރާޓީވީއަށް އެކަނި މި ފުރުޞަތު ލިބުން މީ ހަމަ އިއްތިފާޤެއްތަ؟؟؟!!! ކޮރަޕްޝަން ޓު ދި މެކްސް ދޯ!!!
އެމްޑީޕީ ވެރިކަން ނެތް އިރުވެސް ޔޫރޯގެ ރައިޓްސް ގަނެގެން ރާއްޖެޓީވީން ދެއްކި 2016 ގަވެސް.. އެހެން ޗެނަލްތަކުން ވެސް ގަތީމަ ރައިޓްސްލިބޭނެ އެކްސްކުލޫސިވް ރައިޓެއް ނޫން ރާއޖެޓީވީން ގަތީ.. ދަޢުލަތުގެ މީޑިއާގެ މާލީ ހާލަތުދަށޭ ކިޔާފަ މިހާރުގެ މެނޭޖުމަންޓުން އެކަން ކުރާގޮތަކަށް ނޫންތިބީ..
ހަމަ އެކަނި ރާއްޖެ ޓީވީން ދައްކަންޔާ އަހަރުމެން ޔޫރޯ ނުބަލާނީ ނޫނީ އޮންލައިން އެޕަކުން ބަލާނީ
ޕީއެސްއެމް އެއީ ކަޑަ ތަނެއް.އެޗެނަލް ބަލާއިރު ހީވަނީ ގޭ ކޮމްޕިއުޓަރުން އެއްޗެއް ބެލޭހެން.އަބަދު ރިޕީޓް ޕްރޮގްރާމްތައް.ކާކު ހިތުދަސްކުރަން މިމީހުން މި އެއްޗެހި ފޮނުވަނީ.
ކޮޕާ އެމެރިކާ ދައްކާ ބަޔަކު އުޅޭތަ؟
ޓެން ސްޕޯޓްސް
ދައުލަތް ބަނޑުއަޅާލައިގެން މިހާރު ހިންގާބަޔަކީ ރ ޓީވީ އޭ މިހާރު.
ތިވީގޮތުން އަހަރެން މިއަހަރު ޔޫރޯ ބަލާހިތެއް ނެތް.
ވަރަށް ދެރަވާނެ ނުބަލައިގެން ރާއްޖެޓީވީ މީހުން.
ނުބަލަންޏާ ހުރެބަލަ ކޮންމެހެން މަޖުބޫބޫރެއް ނުކުރަން ބަލާކަށް
އެހެން ޗެނަލްތަކުން ބޭނުންވަނީ ސިޔާސީ ޕްރިގްރާމް