ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މިރޭ އިނގިރޭސި ދެ ކުލަބު ކަމަށް ޗެލްސީއާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރާނެ އެވެ. ރާއްޖޭގައި ގިނަ އަދަދެއްގެ ފުޓުބޯޅަ ސަޕޯޓަރުން މި މެޗަށް ބޮޑު އިންތިޒާރެެއް ކުރެއެވެ. މިފަހަރު ރާއްޖޭގެ ރިޒޯޓަކުން ވަނީ މެޗު ފެށުމުގެ ކުރިން އެ ރިޒޯޓުގެ ސްޓާފުންގެ މެދުގައި ދެ ޓީމު ހެދުމަށްފަހު ޗެމްޕިއަންސް ލީގު ފައިނަލެއް ކުޅެފައެވެ.
ދައްކަން މި އުޅެނީ ރާއްޖޭގެ މަގްބޫލު ރިޒޯޓެއް ކަމަށްވާ ސިކްސް ސެންސަސް ލާމު ގެ ވާހަކައެވެ. ދުނިޔޭގެ ބޮޑެތި މުބާރާތްތަކުގެ ފައިނަލާއި ދިމާކޮށް އާދަކޮށް ކޮންމެ ފަހަރެއްގަވެސް މިގޮތަށް މެޗު ކުޅޭ ބައެއްގެ ވާހަކައެވެ. ވޯލްޑްކަޕް ޗެރިޓީ މެޗުވެސް މީގެކުރިން ކުޅުނުއިރު މިހާރު ތައްޔާރުވަނީ ކުރިޔަށްއޮތް ޔޫރޯ އާއި ދިމާކޮށް މެޗުތަކެއް ކުޅުމަށެވެ.
މިފަހަރުގެ ފައިނަލުގައި ވާދަކުރާ ދެ ޓީމު ކަމަށްވާ ޗެލްސީއާއި މެންޗެސްޓަރ ސިޓީގެ ޖާރޒީއާއެކު މި މެޗު ކުޅުނީ އަސްލު ޗެމްޕިއަންސް ލީގުގެ ފައިނަލާއި ދާދި އެއްގޮތް ކުރުމުގެ ގޮތުންނެވެ. މި މެޗާއި ދިމާކޮށް އެ ރިޒޯޓުގެ ސްްޓާފުން ވަނީ ބޮޑު ހަރަދުކޮށްގެން ޗައިނާއިން ޗެމްޕިއަންސް ލީގު ޓްރޮފީ އާއި އެއްގޮތް ޓްރޮފީއެއް ގެނެސްފައެވެ. އަދި ޗެލްސީއާއި ސިޓީގެ ކޮލިޓީ ޖާރޒީތައްވެސް ގެނައީ ޗައިނާއިންނެވެ.
ރިޒޯޓުގެ ސްޓާފުންގެ މެދުގައި މި މެޗު ބައި ބަހާލަައިން ކުޅުނު ނަމަވެސް މިއީ ތޯތޯ މެޗެއް ނޫނެވެ. މެޗުގެ ސީރިއަސްކަން ދެ ޓީމުންވެސް ވަރަށް ބޮޑަށް ނެގިއެވެ. މި މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޗެލްސީއެވެ.
ދެން އޮތީ އަސްލު ފައިނަލް މެޗުގެ ވާހަކައެވެ. ސިކްސް ސެންސަސް ލާމުގައި ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލުން ޗެލްސީ މޮޅުވިއަސް އަސްލު މެޗުގެ ނަތީޖާއަށް ވާނީ ކިހިނެއްބާއެވެ؟ މޮޅުވާނީ ޗެލްސީ ހެއްޔެވެ؟ ނޫނީ ސިޓީ ހެއްޔެވެ؟ މި މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 00:00 ގައެވެ.
ހަހަހަ
ލޮލް
ފުރަތަމަ ފަހަރަށް ޗެމްޕިއަންސްލީގު ތަށި ސިޓީ ގެންދާނެ..
ކިހިނެއް ވަނީ ތަށި ގެންދިއުން ގަނޑު
ޢިނަޝާﷲ ޗެލްސީ މޮޅުވާނެ
ހަމަ ޗެލްސަި މޮޅުވީ
ސޭކު ބައެއް؟