މުބާރާތުގެ ޗެމްޕިއަންކަން ޓީމް ތްރީޑީ ހޯދާފައިވަނީ ފައިނަލް މެޗްގައި ހޯރަ އެއާރޕޯރޓް އާއި ބައްދަލް ކޮށް ސީދާ 03 ސެޓުން މެޗް ކާމިޔާބް ކޮށްގެންނެވެ.

ފޯރިގަދަކުޅުމެއްފެނިގެންދިޔަ ފައިނަލް މެޗްގެ މޮޅު ކުޅުން ތެރިއަކަށް ހޮވިފައިވަނީ ޓީމް ތްރީޑީ ގެ އަޙްމަދު މުހައްމަދު (ދޮނާ) އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ތަށްޓާއި މެޑަލް އަދި ފައިސާގެ އިނާމް ހަވާލްކޮށްދެއްވީ ހއ އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ހުސައިން ނައީމް އަހްމަދެވެ.
މުބާރާތުގެ ރަނަރަޕް ޓީމަށް ތައްޓާއި މެޑަލް އަދި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ހޯރަފުށި ކައުންސިލް ގެ ރައީސް މުހައްމަދު ވަހީދެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ހޯރަ ޔުނައިޓެޑްގެ މޫސާ ޝިޔާމް އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޓީމް ތްރީޑީގެ އަހްމަދް އަސްލަމް އެވެ.
މުބާރާތުގެ އެންމެމޮޅު ހަ ކުޅުންތެރިން
  1. އަޙްމަދު އީމާން - ހޯރަ އެއާޕޯރޓް
  2. އަޙްމަދު މުހައްމަދު ޓީމް ތްރީޑީ
  3. މުޙައްމަދު ލިއުސާދް - ޓީމް ތްރީޑީ
  4. އިބްރާހިމް އާމިރް - ބަދަހި ސިކްސް
  5. އަޙްމަދު ފަޔާޒް - ހޯރަ އެއާޕޯރޓް
  6. އަބްދުﷲ ރައުފާން މުހައްމަދު - ހޯރަ އެއާޕޯރޓް
  7. އެންމެ މޮޅު ހަ ކުޅުންތެރިން

މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމެއް ވާދަކުރިއެވެ އެއީ ހޯރަ އެއާޕޯޓް، ހޯރަ ޔުނައިޓެޑް، ބަދަހި ސިކްސް އަދި ޓީމް ތްރީޑީއެވެ. މުބާރާތުގެ އެހީތެރިވި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ އާރް.ވީ.ސްޕޯރޓްސް އެކަޑެމީގެ ޗެއަރ ހާމިދް އާދަމް އެވެ. އެ ފަރާތްތަކަކީ ހޯރަފުށި ކައުންސިލް އިދާރާ. ކޮމިއުނިޓީ ސެންޓަރ، ދަންމަރު ޔުނައިޓެޑް، އެފްސީ ފްރިގޭޓަރ. 22 ސްޕޯޓަރސް ކުލަބް. ޖީ.އެސް ޔުނައިޓެޑް އެވެ.

މުބާރާތުގެ ޗެމްޕިއަން އަދި ރަނައަރޕް ޓީމް އަށް ފައިސާގެ އިނާމް ހުޅައަޅާފައިވަނީ ޖީ.އެސް ޔުނައިޓެޑުންނެވެ. ވަގުތު އަށް މައުލޫމާތުދެއްވަމުން އާރްވީ ސްޕޯޓްސް އެކެޑަމީގެ މަސްއޫލުވެރިޔާ ހާމިދު އާދަމް ވިދާޅުވީ މި މުބާރާތަކީ ޒުވާނުންނާއި ހާއްސަކޮށް ވޮލީއަށް ލޯބިކުރާ ފަރާތްތަށް އަދި މުއައްސަސާތަކާއި ކުލަބް ޖަމިއްޔާތަކުގެ އެއްބާރުލުމާއެކު ކުރިއަށް ގެންދެވުނު މުބާރާތެއް ކަމަށެވެ.

އެގޮތުން ކައުންސިލް އިދާރާ. ކޮމިއުނިޓީ ސެންޓަރ. ދަންމަރު ޔުނައިޓެޑް، އެފް.ސީ. ފްރިގޭޓަރ. 22 ސްޕޯޓަރސް ކުލަބް. ޖީ.އެސް ޔުނައިޓެޑް ގެ ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

އާރްވީ ސްޕޯޓްސް އެކެޑަމީން ބުނީ ކުރިއަށްއޮތް ތަނުގައި މިފަދަ އެތައް މުބާރާތްތަކެއް އެ އެކެޑަމީގެ ފަރާތުން ބާއްވާނެ ކަމަށާއި، އެގޮތުން ކުރިއަށް އޮތްތަނުގައި ފުޓްބޯޅަ، ވޮލީބޯޅަ އަދި ނެޓްބޯޅައިގެ އިތުރުން ކުޅިވަރުގެ އެކި ކަހަލަ ހަރަކާތްތައް ކުރިއަށްގެންދަން ރާވާފައިވާ ކަމަށެވެ. އަދި ހޯރަފުށީ ދަނޑުތަކުގެ މަސައްކަތް ނިމުމާއެކު، އެކެޑަމީން ކުދިން ތަމްރީނުކުރުމަށް ހުޅުވާލާނެ ކަމަށްވެސް މައުލޫމާތުދެއެވެ.

އާރްވީ ސްޕޯރޓްސް އެކަޑަމީއަކީ 2020 އަހަރުން ފެށިގެން ހޯރަފުށީ މުޅިން އަލަށް ރަޖިސްޓްރީކޮށް ހޯރަފުށި ކުޅިވަރު އާލާކޮށް .ކުޅިވަރުގެ ރަނގަޅު ޖީލެއް ބިނާކޮށް ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމުގެ މަގުސަދުގައި އުފައްދާފައިވާ އެކަޑެމީއެކެވެ. އަދި އެކަޑެމީގެ ހަރަކާތްތައް ކޮވިޑްގެ ހާލަތުން އަރައިގަނެވުނު އަވަހަކަށް ފެށިގެން ކުރިއަށްދާނެ ކަމަށެވެ.