ފުޓްބޯޅައިގައި އެއްދުވަހު އޭނާއަކީ މެސީ ކަމަށާއި ޖެހިގެން އަންނަ ދުވަހު އޭނާއަކީ ބޭނުމެއް ނުހިފޭ ބޭކާރު މީހެއް ކަމުގައި އެތްލެޓިކޯއަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން މިޑްފީލްޑަރު ސައުލް ނިގުއެޒް ބުނެފިއެވެ.

ވޯލްޑްކަޕްގެ ފުރަތަމަ މެޗުގައި ޕޯޗުގަލްއާއި ކުޅެ އެއްވަރުވި މެޗުގެ ފުރަތަމަ އެގާރައިން ޖާގަ ދީފައި ނުވާ ސައުލް ބުނި ގޮތުގައި ސްޕެއިންގެ ގިނަ މެޗުތަކުގައި އޭނާ އިންނަން ޖެހެނީ ބެންޗުގައިގައި ކަމަށެވެ.

އަދި އެކަމުގެ ސަބަބުން އޭނާގެ ކުޅުމަށް ނޭދެވޭ އަސަރު ކުރާ ކަމަށާއި ބެންޗުގައި އަބަދު އިންނަން ފޫހިވާ ކަމުގައެވެ. އުންމީދަކީ ސްޕެއިންގެ އެންމެ މުހިންމު ކުޅުންތެރިޔާއަށް ވުން ކަމަށްވެސް ސައުލް ވަނީ ބުނެފައެވެ.

" އަހަރެން މަސައްކަތް ކުރާނަން އެންމެ މޮޅު ކުޅުންތެރިޔާއަށް ވެވޭތޯ. ނަމަވެސް މިކަމުގައި އަހަންނަށް ގިނަ ބައެއްގެ އެއްބާރުލުން ބޭނުންވޭ. ހާއްސަކޮށް ސްޕެއިންގެ ޓީމުގެ ފަރާތުން" ސައުލް ބުނެފައިވެއެވެ.

އަދި ސްޕެއިންގެ ކޯޗުގެ ކުރިމަތީގައި އެއްދުވަހު އޭނާއަކީ މެސީ ކަމަށާއި އަނެއް ދުވަހު އޭނާއަކީ ބޭނުމެއް ނުހިފޭ މީހެއް ކަމަށްވެސް ސައުލް ބުންޏެވެ. ސައުލް ބުނީ އޭނާގެ އެންމެ އުނދަގޫ ވަގުތުތަކުގައި އޭނާއަށް އެންމެ ބޮޑަށް ހިތްވަރު ދިނީ އޭނާގެ އާއިލާއިން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    އަރާގެން އަންނަ ރުޅީގައި ބެންޗްގައި އިދެގެން ދަށުންދަމާކުޅެން ފަށާ! އޭރުންވެސް ވާނީ ހަމަ މެސީއަށް!

  2. ފޮޑިބެ

    އޭތް..... އަހަރެންގެ މެސީއާ ދިމާލަށް އެއްޗެހި ނުކިޔާ އިނގެ???????