ރާއްޖޭގެ އެންމެ ކާމިޔާބު އަދި ދުވަސްވީ ކުލަބުތަަކުގެ ތެރޭގައި ހިމެނޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓްރީ ސްޕޯޓްސް ކުލަބު ފުޓުބޯޅަައިން ސަސްޕެންޑުކޮށްފައި އޮތް އޮތުން އެފްއޭއެމުން ދަމަހައްޓައިފިއެވެ.

ސަސްޕެންޝަން އަނެއްކާވެސް ދެމެހެއްޓިކަން ނިންމާފައިވަނީީ މިއަދު ބޭއްވި އެފްއޭއެމުގެ ކޮންގްރެސްގައެެވެ. މިދިޔަ އަހަރުގެ ކޮންގްރެސްގައި ވެސް ހައްލުނުވުމުގެ ސަބަބުން ސަސްޕެންޝަން ވަނީ ދަމަހައްޓާފައެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކުޅުންތެރިންގެ މުސާރައަށްވާ 3.8 މިލިއަން ރުފިޔާ ނުދީ އޮތް މައްސަލައިގައި އެފްއޭއެމުން އެ ކުލަބު ސަސްޕެންޑުކުރީ 2019 ވަނަ އަހަރުގައެވެ. މުސާާރަ ނުދީ ދިގުލައިގެން ގޮސް ޖޫރިމަނާ އިތުރުވާތީ އެފްއޭއެމްގެ ކޮންގްރެސްގައި ނިއު ސަސްޕެންޑުކުރަން ހުށައަޅާފައިވަނީ އެ އަހަރުގެ މާރޗް މަހުގައެވެ.

ފީފާއިން ވެސް ނިއުރޭޑިއަންޓް އަށް ފިޔަވަޅު އަޅާފައިވާއިރު އެފްއޭއެމުން ވަނީ ފަހުން ނިއުއަށް އެ ފައިސާ ދެއްކުމަށް މުހުލަތެއް ދީފައެވެ. ނަމަވެސް އެ މުހުލަތުގައި ފަައިސާ ނުދެއްކުމުން އެފްއޭއެމުން އެކުލަބު ސަސްޕެންޑުކުރީ 2019 ގެ ޑިސެމްބަރުގައެވެ. ނިއު އިން މުސާރަ ނުދީ ތިބީ އެ ކުލަބުގެ ކޯޗާއި ބިދޭސީ ކުޅުންތެރިންނާއި ދިވެހި ބައެއް ކުޅުންތެރިންގެ އިތުރުން އޮފިޝަލުންނަށެެވެ.

ނިއު އާއި ވިކްޓްރީގެ ސަސްޕެންޝަން އުވާލަން މިއަދުގެ ކޮންގްރެސްގައި ވަނީ ކުލަބުތަކުގެ ވޯޓަށް ހުޅުވާލާފައެވެ. މި ވޯޓުގައި ބައިވެރިވި 22 ކުލަބުން ވެސް ނިންމީ ސަސްޕެންޝަން ދަމަހައްޓާށެވެ.

ވިކްޓްރީ ސްޕޯޓްސް ކުލަބުގައިް ޖެހުނީ މުސާރައިގެ މައްސަލައިގެ އިތުރުން ލީގު މެޗުތަކަށް ހާޒިރުނުވުމާއި ކުލަބް ލައިސަންސް ހޯދަން ހުށައަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވުމުގެ މައްސަަލައެވެ. ލިޔެކިޔުންތައް ހަމަކޮށްފައިނުވާތީ އެފްއޭއެމުން އިންޒާރެއް ދިން ނަމަވެސް ވިކްޓްރީން އެކަމަށް އެއްބާރުނުދިނުމުން ނިންމީ ސަސްޕެންޑް ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަނި

    މިހަރު މިއޮށް ..ކުލަބުތަކުން ބެނުން ވާނިއެގޮތެވެ ނިއު ވިކުޓިރަ ެއަސިޔާ އެހެންޓީމަކަށް ތަޓެތް ނުލިބެނެ

    11
    3
  2. ލާމު

    މިހާރުގެ ކްލަބްތަކެއް ނޫން. ގޭންގްތަކެއް އެއީ.

  3. އަހުމަދު ސާކިރު

    ނިއިގެހާލަތާމެދު ވ ރައްކަންބޮޑްވޭ ޢިހުމާލުވީ މީހުންނައް ފިޔަވަޅުއަޅާ ޓީމުސަލާމަތްކުރޭ