މާލޭގެ ފިހާރަ އަކުން ސިނގިރޭޓު ޕެކުތަކެއް ވަގަށް ނެގި ”ސިނގިރޭޓު ވަގެއް“ގެ ވީޑިއޯ އާއްމު ވެއްޖެއެވެ.

މީގެ ދެ ހަފްތާ ކުރިން މި ވަގު ކަލޭގެ ވަނީ އަމީރު އަހްމަދު މަގު(ކުރީގެ ނަސަންދުރާ ފުރަގަސް)މަގުގައި ހުންނަ ”ސްޓެއިން މާޓު“ ނަމަކަށް ކިޔާ ފިހާރަ އިން 2 ޕެކު ސިނގިރޭޓު ވަގަށް ނަގާފައެވެ.

21 މެއި ވީ ހުކުރު ދުވަހުގެ ހެނދުނު 11:32 ގައި މި ވަގު ކަލޭގެ މިކަން ކޮށްފައި ވަނީ ފިހާރަ އަށް ގޮސް 6 ރެޑްބުލް ދަޅާއި ދެ ޕެކު ސިނގިރޭޓު ގަންނަން އުޅޭކަމަށް ހަދައި މޮޅު ޑްރާމާ އެއް ކުޅުމަށް ފަހުގައެވެ.

ފިހާރައިގެ ސޭޓު ރެޑްބުލްތައް ސިސްޓަމަށް އެންޓާ ކުރަން އިން ވަގުތު ވަގު ކަލޭގެ ވަނީ އަދި އިތުރު ދެ ރެޑްބުލް އާއި ދެ ޕެކު ސިނގިރޭޓުވެސް ނަގަނީ ކަމަށް ބުނެފައެވެ. މިއާއިއެކު ސިސްޓަމާއި ކުޅެމުން ސޭޓު ވަނީ ސިނގިރޭޓު ފޮށިތައް މޭޒު މަތީގައި ބާއްވާފައެވެ. އިސާހިތަކު ވަގު ކަލޭގެ ވަނީ ސިނގިރޭޓު ފޮށިތައް ނަގައިގެން އެތަނުން ފިލާފައެވެ.

ފިހާރައިގެ ސޭޓު ބޭރަށް ނިކުމެ އެމީހާ ހޯދަން މަސައްކަތް ކުރި ނަމަވެސް އޭރު ”ސިނގިރޭޓު ވަގު“ ވަނީ ދުވެ އެ ސަރަހައްދުން ފިލާފައިވުމުން އެމީހާ އޭގެ ފަހުން ފެނިފައެއް ނުވެއެވެ.

މި ހާދިސާ ހިނގި ދުވަހު މިކަމުގެ ރިޕޯޓު ދިވެހި ފުލުހުންނަށް ހުށަހެޅި ނަމަވެސް، ހާދިސާ އާއި ގުޅޭ އެއްވެސް އަޕްޑޭޓެއް ފިހާރައިގެ ވެރިފަރާތައް ލިބިފައި ނުވާކަން ”ވަގުތު“ އަށް ވަނީ ހާމަވެފައެވެ.

މަތީގައިވާ ވީޑީއޯ ޓްވީޓުގެ ދެވަނަ ބައިން ވަގު ކަލޭގެ ފިހާރަ އަށް ވަންނަ މަންޒަރު ވެސް ފެންނާނެއެވެ. މި މީހާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓުމެންޓުގެ ނަމްބަރު 9631696ށް ގުޅައި އެ މައުލޫމާތެއް ހިއްސާ ކޮށްދިނުމަކީ ފިހާރައިގެ ވެރިފަރާތުގެ ވަރަަށް ބޮޑު އެދުމެކެވެ.

މިފަދަ ވަގުން ދެނެގަނެ، އެމީހުންނަށް އެކަށޭނެ އަދަބު ދިނުމަކީ މުޖުތަމައު އަމާންކޮށް ބޭއްވުމަށް ވަރަށް ވެސް މުހިއްމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. UH

    ލޮލް ހީ އިސް އަ މެންޓަލް ގާއި!

    6
    1
  2. ބޮޑު ވަގު

    ވަގު ކަލޭގެ ޖެހީމަ ވަރަށް ސަޅި

  3. ދިވެހިސޮރު

    މީ އަހަރެން ބުނާ ވާހަކައަކީ ފުލުިހުންގެ ފަރާތުން ރައްޔިތުންނަށް ލިބޭ ރައްކަތެރިކަމަކީ ކޮބައިހޭ..ރައްޔިތުންގެ މުދާބަލަހައްތަން އެމީހުން މަގިތަކަށް ނެރެބަލަ، ސަރަފުވެރިކަމާއެކު ވަކިވާއިރު ބަޑިއެއް ޖަހާލަނުލިބޭ،،،ޖުރުމަނަނޫންކަމެއްނުކުރެވޭ،،ހުރިހާފުލުހުން ކީއްތޯ ކުރަނީ ކައިކައިގެން، މިކަމުގަވެސް ފިހާރަމީހާ ނޯޓިސްނެރުނީ ކޮބާފުލުހުން

  4. .....

    މަތިންފެށިގެން ތިރިއަށް ވަގުން ތިބީމާ އަދި ތިއީ ކުޑަ ވަރެއް....ދިވެހިންގެ ވިސްނުމަށް އަދަބު ދިނުން ނޫން ގޮތެއް ހައްލުކުރުމަށްވެސް ނާދޭ...ހިތާމާއިގެ ކޮޅެއްވެސް ނެތް....އަދަބު ދީގެން އެއްކަމެއްވެސް ހުއްޓުމަކާ ހަމައަށް ނާންނާނެ...އެހެނަސް އަދަބަކީ ވެސް ކުށް ހުއްޓުވުމުގެ އެއްބައި...

    2
    1
  5. އަލީ ބުނީ

    ދެވަގުން ތިވީޑި އޯއިން ފެނޭ. ޥިޔަފާރި ކުރުން މަނާގަޑީގަ ސޭޓުވެސް ވިޔަފާރި ކުރަން އުޅުން ވާނީ ވައްކަމަކައް. ޢަދި ހުކުރު ވަގުތުވެސްމެ.ދީނީ ގޮތުންވެސް ވިޔަފާރި ކުރުން ހުއްދަ ނޫން ވަގުތެއް. ސޮރީ ސޭޓް.

    4
    1
  6. اکف

    އިސްލާމްދީނުގައި ބުނެފައިވަނީ ވަކަމެށް ކޮއްފިމީހާއް އަތްބުރިކޮޅާށޭ.
    އެހުންނޫނަސް ދިވެހިރާއްޖޭގެ ޕޮލިހުނަކީ ވަރަށް
    ކަނައް ބަޔެއްކެއެވެ.

  7. ރަދީފް

    ”ސިނގިރޭޓު ވަގެއް“.މީތި ސަޅި.

    5
    1
  8. ކޮރަލް

    ސިނގިރޭޓް ވިއްކުން ހުއްދަ ވާސަބަބެއް ނެތެވެ. ވައްކަން ހުއްދަ އެއް ނޫނެވެ.

  9. ޟމ

    ވަގަކަށް ނޫން ނެގީ ފޭރިގަތީ