ޔޫރަޕްގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާތާތް ޔޫރޯ ގައި އިންގްލެންޑްގެ ސްކޮޑަށް ކޯޗު ގެރަތު ސައުތުގޭޓް ނެގި 26 ކުޅުންތެރިންގެ ސްކޮޑް ރޭ އިއުލާންކޮށްފި އެވެ.

އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ތިބި މެންޗެސްޓާ ޔުނައިޓަޑް ކެޕްޓަން ހެރީ މެގުއާޔާ އާއި ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން ސްކޮޑަށް ނުނަގާނެ ކަމަށް ބެލެވުނު ނަމަވެސް ސްކޮޑުގައި ވަނީ މި ދެކުޅުންތެރިން ހިމަނައިފަ އެވެ.

ލިވަޕޫލް ޑިފެންޑާރ ޓްރެންޓް އެލެކްޒަންޑާ އާނޯލްޑަށް ޖާގަ ލިބިދާނެ ކަމާމެދު އިނގިރޭސި މީޑިއާތަކުން ސުވާލު އުފެއްދި ނަމަވެސް ކޯޗު ގެރަތު ސައުތުގޭޓް ނެގި ސްކޮޑުގައި ވަނީ އާނޯލްޑް ހިމަނާފައެވެ.

އިންގްލެންޑްގައި މޮޅެތި ކުޅުންތެރިންތަކެއް ތިބިއިރު، ފައިނަލް ސްކޮޑެއް ނެގުމަކީ އޭނާ އަށް ފަސޭހަކަމެއް ނޫން ކަމަށް ކޯޗްވަނީ ބުނެފައެވެ. އެގޮތުން އަނިޔާގެ ސަބަބުން މޮޅު ހަތް ކުޅުން ތެރިން ސްކޮޑުން ބާކީކޮށްފައި ވާނެކަމަށް ކޯޗް ބުނެފައިވެެެއެވެ.

އަނިޔާގެ ސަބަބުން ސްކޮޑުން ބާކީ ކޮށްފައިވާ ކުޅުންތެރިންނަކީ ތެފޯވަޑް މޭސަން ގްރީންވުޑާއި ޖެސީ ލިންގާޑާއި އެރޮން ރަމްސްޑޭލާއި ބެން ވައިޓާއި ބެން ގޮޑްފްރޭ އާއި ޖޭމްސް ވޯޑް-ޕްރޮއިސް އަދި އޮލީ ވޮޓްކިންސް އެވެ.

ނަމަވެސް ހެންޑަސަން އާއި މެގުއަޔާ ވަނީ ސްކޮޑުގައި ހިމަނާފައެވެ.

ޔޫރޯ، އިންގްލެންޑްގެ 26 ކުޅުންތެރިންގެ ސްކޮޑް: ގޯލްކީޕަރުން: ސޭމް ޖޯންސްޓޯން (ވެސްޓް ބްރޮމް)، ޑީން ހެންޑަސަން (މެންޗެސްޓާ ޔުނައިޓަޑް)، ޖޯޑަން ޕިކްފޯޑް (އެވަޓަން)
ޑިފެންޑަރުން: ޓްރެންޓް އެލެކްޒަންޑާ އާނޯލްޑް (ލިވަޕޫލް)، ބެން ޗިލްވެލް (ޗެލްސީ)، ސަކިއެރަން ޓްރިޕިއާ (އެތުލެޓިކޯ މެޑްރިޑް)، ހެރީ މެގުއަޔާ (މެންޗެސްޓާ ޔުނައިޓަޑް)، ޖޯން ސްޓޯންސް (މެންޗެސްޓާ ސިޓީ)، ލޫކް ޝޯ (މެންޗެސްޓާ ޔުނައިޓަޑް)، ކައިލް ވޯކާ (މެންޗެސްޓާ ސިޓީ)، ޓައިރޯން މިންގްސް (އެސްޓަން ވިލާ)، ރީސް ޖޭމްސް (ޗެލްސީ)، ކޯނާ ކޯޑީ (ވުލްވްސް)، ބެން ޗިލްވެލް (ޗެލްސީ)،
މިޑްފީލްޑަރުން: ޖޯޑަން ހެންޑަސަން (ލިވަޕޫލް)، މޭސަން މައުންޓް (ޗެލްސީ)، ޖޫޑް ބެލިންގްހަމް (ބޮރޫޝިއާ ޑޯޓްމަންޑް)، ކަލްވިން ފިލިޕްސް (ލީޑްސް)، ޑެކްލަން ރައިސް (ވެސްޓް ހޭމް)،
ފޯވަޑުން: ރަހީމް ސްޓާލިން (މެންޗެސްޓާ ސިޓީ)، ފިލް ފޯޑަން (މެންޗެސްޓާ ސިޓީ)، ހެރީ ކޭން (ޓޮޓެންހަމް)، ޑޮމިނިކް ކެލްވާޓް ލުވިން (އެވަޓަން)، ޖެކް ގްރީލިޝް (އެސްޓަން ވިލާ)، ޖޯޑަން ސަންޗޯ (ބޮރޫޝިއާ ޑޯޓްމަންޑް)، ބުކާޔޯ ސާކާ (އާސެނަލް)، މާކަސް ރަޝްފޯޑް (މެންޗެސްޓާ ޔުނައިޓަޑް)

ޔޫރޯ މުބާރާތް ފަށަން ހަމަޖެހިފައިވަނީ މަހުގެ 11 ވަނަ ދުވަހެވެ. ޖުމުލަ 24 ޓީމު ބައިވެރިވާ މި މުބާރާތުގެ ފައިނަލް އޮންނާނީ ޖުލައިމަހުގެ 11 ވަނަ ދުވަހުގައެވެ. މިއީ މިދިޔަ އަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް މުބާރާތެކެވެ. އެކަމަކު ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މި އަހަރަށް މުބާރާތް ފަސްކުރީ އެވެ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. UH

    ބެން ޗިލްވެލް އިސް ރިޕީޓެޑް ޓުވައިސް ބްރޯ!

  2. ހުސޭނުބޭ

    މިޑްފިލްޑް ލައިން ބަލިކަށި

  3. މަށަށްއެނގޭ

    ތައްޓަށް ވާދަކުރެވޭވަރު ޓީމެއްނޫން ތީކީ ، ވަރަށް ސަލާމް !