ވޯލްޑްކަޕްގްއި ކުޅޭ ސައުދީގެ ގައުމީ ޓީމް ދަތުރު ކުރަމުން ދިޔަ ފުލައިޓްގައި އަލިފާން ރޯވެއްޖެއެވެ. ނަމަވެސް ފްލައިޓް ވަނީ ސަލާމަތްތެރިކަމާއި އެކު ޖައްސާފައެވެ. އަލިފާން ރޯވެފައިވަނީ ސައުދީގެ ޓީމް ދަތުރު ކުރަމުން ދިޔަ ރަޝިޔަން އެއާލައިންގެ އެއަރބަސް A319-100 ގައެވެ.

މިހާދިސާ ހިނގިތާ ކުޑަހިދުކޮޅެއް ފަހުން ސައުދީގެ ފުޓްބޯޅަ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސައުދީގެ ޤައުމީޓީމް ދަތުރު ކުރަމުން ދިޔަ ފުލައިޓްގެ އިންޖީނަށް ޓެކްނިކަލް މައްސަލައެއް ދިމާވި ކަމަށާއި ނަމަވެސް މިހާދިސާގައި އެއްވެސް ކުޅުން ތެރިއަކަށް އަނިޔާވެފައިނުވާ ކަމަށެވެ.

"ސައުދީގެ ފުޓްބޯޅަ ޓީމްގެ ހުރިހާ މެންބަރުންގެ ހާލުވެސް ރަނގަޅު. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިއެއް ނުވޭ. ފުލައިޓްގެ އިންޖިންއަށް ދިމާވީ ކުޑަ ޓެކްނިކަލް މައްސަލައެއް." މިބަޔާނުގައިވެއެވެ.

ސައުދީގެ ޓީމް ދަތުރު ކުރަމުން ދިޔަ ފުލައިޓްގެ އިންޖިންއަށް މައްސަލައެއްގެ ސަބަބުން ފުލައިޓްގެ ފިޔައިގައި އަލިފާން ރޯވެފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއްވަނީ އާއްމުވެފައެވެ. ސްޓޯވްގެ ޑޮން އެއާޕޯޓަށް ޖައްސަން ދިޔަ ފްލައިޓުގައި އަލިފާން ރޯވިއިރު ވޯލްޑްކަޕްގައި ވާދަކުރާ ސައުދީ ޓީމްގެ ކުޅުންތެރިން ފްލައިޓުގައި ތިބިކަމަށާއި އެހެން ނަމަވެސް އަލިފާން ރޯވުމާއި އެކު ރޮސްޓޯވް އެއާޕޯޓުގައި އިމަޖެންސީގައި ފްލައިޓް ޖައްސައި ހުރިހާ ކުޅުންތެރިންވެސް ސަލާމަތުން ފްލައިޓުން ވަނީ ބާލުވާފައެވެ. އަދި މިހާރު ޖެޓެއްގައި ސައުދީ ކުޅުން ތެރިންވަނީ އެމީހުންގެ މަންޒިލަށް ގެންގޮސްފައެވެ.

މި ހާދިސާ ހިނގާފައި ވަނީ ސައުދީގެ ޓީމް ވޯލްޑްކަޕްގައި އެ ޓީމް ކުޅޭ ދެ ވަނަ މެޗް ކުޅުމަށް ރަޝިޔާގެ ރޮސްޓްރޯވްއަށް ދަތުރު ކުރަމުން ދަނިކޮށެވެ. ސައުދީ ޓީމް ވޯލްޑްކަޕްގައި ކުޅޭ ދެވަނަ މެޗްގައި އަންނަ ބުދަ ދުވަހު ނިކުންނަނީ އުރުގުއޭ އާ ދެކޮޅަށެވެ. ވޯލްޑްކަޕްގައި ސައުދީ ފުރަތަމަ ކުޅުނު މެޗުން ރަޝިޔާއަތުން ވަނީ 0 -5 ގެ ނަތީޖާއަކުން ބަލިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކެޔޮޅު

    ކުޅުން ތެރިންގެ ހާލަކީ ކޮބާތޯ

    • ކެޔޮޅު

      އަލްހަމްދުﷲ

    • މަބޫ

      އެވާހަކަ އެބައޮތް ލިޔެފަ ..... ??

  2. ކެޔޮޅު

    ނަސީބު މުސްލިމު ޓީމު ސަލާމަތްވިކަން

  3. ޢަލީ

    އަލްޙަމްދު ﷲ

  4. އައުޝަން ލޯބި ސައުޝަން

    ވަރަށް ފޫހިވޭ

  5. މީހެއް

    އަލްޙަމްދު ﷲ

  6. ޙަހަހާޙަބީބީ

    ކެޔޮޅު ކޮމެންޓް މިކުރަނީ ޙަބަރުވެސް ކިޔާނުލާތަ... ހަމަބުނެލީ... ވަރަށް ވާހަކަ

  7. ހުސައިން

    ރަމަޟާން މަހު 27 ވަނަ ދުވަހު މުސްލިމް ޓީމްގެ ގައުމުން ޔަމަން ކިޔާ ގައުމެއްގައި ތިބި މުސްލިމުންގެ ބޮލަށް ތަނެއް ދޮރެއް ނުބަލާ ބޮން އުޅީމާ ، މުސްލިމުންނަކީ ކޮބާ