ވޯލްޑް ކަޕުގައި ޕެނަމާ ކޮޅަށް ދެގޯލު ޖަހައިދިން ބެލްޖިއަމްގެ ލުކާކޫ މިމުބާރާތުގައި ހިތްހަމަޖެހިގެން ހުރި ނަމަވެސް ބެލްޖިއަމްގެ ބައެއް ސަޕޯޓަރުން އެދެނީ އޭނާ ދަށް ވާން ކަމަށް ލުކާކޫ ބުނެފިއެވެ.

3-0 ގެ ނަތީޖާ އަކުން ބެލްޖިއަމް މޮޅުވި އިރު ބެލްޖިއަމްގެ ފުރަތަމަ 2 ގޯލު ކާމިޔާބު ކޮށްދިން 25 އަހަރުގެ ފޯވާޑު ގަބޫލު ކުރަނީ ގިނަ ސަޕޯޓަރުންނަށް އޭނާ ކުރާ މަސައްކަތާއި ކުޑަ އިރުގެ ވާހަކަ ނޭނގޭ ކަމަށެވެ.

"އަހަރެންގެ އަތުގައި އެއްވެސް އެއްޗެއް ނެތް އިރު، ނެތް މީހުނަށް އަހަރެންގެ ވާހަކަ ނޭނގޭނެ. އަހަރެން ޗެލްސީ އަށް ދިޔައިރު ވެސް އެމީހުން ހޭނެ، ވެސްޓް ބްރޮމްގައި ވެސް އެމީހުން ހޭނެ," ލުކާކޫ ބުންޏެވެ. އޭނާ ވަނީ 'ދަ ޕްލެޔާސް ޓްރިބުން' އަށް އޭނާގެ ކުޑަ އިރުގެ ހާލަތާއި ފުޓުބޯޅައިގެ ސަބަބުން ދިރިއުޅުން ބަދަލު ވިވާހަކަ ލިޔެފައެވެ.

"އަހަރެން 11 އަހަރުގައި ލިއާސް ޔޫތު ޓީމަށް ކުޅެމުން ދިޔައިރު، އިދިކޮޅު ޓީމު ކުޅުންތެރިއެއްގެ މަންމަ އެއް އަހަރެން ދަނޑުގައި ހުރުމުންވެސް ހިތް ހަމައެއް ނުޖެހުނު,"

ލުކާކޫ އެވަޓަން އިން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވީ 75 މިލިއަން ޕައުނުޑަށެވެ. ޔުނައިޓެޑުގައި ކުޅުނު ފުރަތަމަ ސީޒަނުގައި އޭނާ ވަނީ އެޓީމަށް 27 ގޯލު ކާމިޔާބު ކޮށް ދީފައެވެ. މިހާރު އޭނާ ކުޅެމުން ގެންދަނީ އޭނާގެ ދެވަނަ ވޯލްޑް ކަޕު ކަމަށް ވާއިރު 2014 ވަނަ އަހަރު ބްރެޒިލްގައި ލުކާކޫ ވަނީ 2 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ލުކާކޫ ބެލްޖިއަމް އަށް ކުޅޭއިރު އޭނާގެ 23 އަހަރުގެ ކޮއްކޮ ވެސް ކުޅެމުން ދެއެވެ. އޭނާ ލޭޒިއޯ އަށް ކުޅޭއިރު ލުކާކޫ ބުނެފައިވަނީ އޭރު އެހާލުގައި ތިބި އެއް ގެއެއްގެ ދެކުދިން މިހާރު ކުޅެނީ ވޯލްޑް ކަޕުގައި ކަމަށެވެ.