ފީފާ ވޯލްޑްކަޕް އަދި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން މީގެ ފަސް ދުވަސްކުރިން ހެދި ކޮވިޑު ޓެސްޓުތަކުން ފައްސިވި ނަމަވެސް އެންމެފަހުން ހެދި ޓެސްޓުތަކުން ނައްސިވުމުން ދަގަނޑޭ ގައުމީ ޓީމާއެކު އުޅުމުގެ ފުރުސަތު ލިބިއްޖެ އެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ދަގަނޑޭ ގައުމީ ޓީމާއި ގުޅޭނީ މިރޭ ސީރިޔާ އާއި ދެކޮޅަށް ކުޅޭ މެޗަށްފަހު އެވެ. އެހެންކަމުން ކޮލިފިކޭޝަނުގައި ރާއްޖެއަށް ބާކީ އޮތް ދެ މެޗުގައި ދަގަނޑޭ ފެނުމުގެ ފުރުސަތު އެބައޮތެވެ.

ކޮލިފިކޭޝަނުގައި ޗައިނާއާއި ދެކޮޅަަށް ރާއްޖެ ކުޅޭނީ އަންނަ ހުކުރުދުވަހު އެވެ. އަދި ފިލިޕީންސް އާއި ދެކޮޅަށް ކުޅޭނީ މިމަހުގެ 15 ގައެވެ. މިއީ ގައުމީ ޓީމުގެ ކުޅުންތެރިންނަަށް ލިބުނު ބޮޑު ހިތްވަރަކަށް ވެގެންދާނެ އެވެ. އަދި ކޯޗިން ޓީމަަށްވެސް ލިބޭނެ އިތުރު ބާރަކަށް ވާނެއެވެ.

އެންމެ ފުރަތަމަ ޗައިނާގައި ކޮލިފިކޭޝަނުގެ މެޗުތައް ބާއްވަން އޮތް އިރު އެ ގައުމަށް ފުރުމުގެ ކުރިން ހެދި ޓެސްޓުތަކުން ދަގަނޑޭ ފައްސިވީ މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހުގައެވެ. އެއާއެކު އޭނާގެ އިތުރުން އަލީ ޝާމިސް (ތޮޮއްޕެ) ވެސް ފައްސިވުމުން ދެ ކުޅުންތެރިން ވަކިން އައިސޮލޭޓުކުރި އެވެ. މެޗުތައް އެންމެފަހުން ކުޅެން ނިންމީ ދުބާއިގައެވެ. އެއީ ރާއްޖެ ހިމެނޭ ހެން 3 ގައުމަކަށް ޗައިނާއަަށް އެތެރެވުމުގެ ފުރުސަތު ނުލިބުމުންނެވެ.

މާލޭގެ ހޮޓެލް ޖެންގައި ޓީމު ކޭމްޕުކުރި އިރު ދަގަނޑޭ ވަނީ ހާއްސަ ހުއްދައެއްގެ ދަށުން ޓީމާއި ވަކިވެފައެވެ. ނަމަވެސް ފަހުން ވަނީ ޕްރޮޓޮކޯލްތަކުގެ ދަށުން އައިސޮލޭޓުވުމަށްފަހު ހެދި ޓެސްޓުތަކުން ނައްސިވިކަން ކަށަަވަރުކުރުމަށްފަހު ޓީމާއެކު ދަތުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    الحمدلله

  2. ކޮތަރު

    ދަގަނޑޭ ނެގެޓިވް ޕޮޒިޓިވް، ޕޮޒިޓިވް ނެގެޓިވް، ނެގެޓިވް ޕޮޒިޓިވް، ޕޮޡިޓިވް ނެގެޓިވް، ޕޮޒިޓިވް މީހަކާ ގާތުން ބައްދަލުވި ގާތުން ބައްދަލު ނުވޭ. މިހާރު ޓީމާއި ގުޅުނީ.

    3
    1
  3. ލާލް ސިންގް

    ދަނގަޑޭ ތީ މިހާރު މީހެއް ނޫން ، ޗައިނާ ކާރި ކޮން ކަމެއް ކުރެވޭނީ ، ދަނގަޑޭ ހުއްޓަ 5 ލަޑު ވެސް ޖެޙީ