ފީފާ ވޯލްޑްކަޕް އަދި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގެ ދެވަނަ ލެގުގައި ރާއްޖެ އަތުން ހޯދި މޮޅާއެކު ސީރިއާ އިން އެއްވަނައިގައި ލީޑު ފުޅާކޮށްފިއެވެ.

ދުބާއި ގައި ކުޅުނު ރާއްޖޭގެ ހޯމް މެޗު ސީރިއާ ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު ސީރިއާ ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު ސީރިއާ އެއްވަނައިގައި އޮތީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެން 18 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ޗައިނާ އޮތީ ކުޅުނު ފަސް މެޗުން 10 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ފިލިޕީންސް އޮތީ ހަތް ޕޮއިންޓާއެކުގައެވެ. ރާއްޖެ އޮތީ ހަ ޕޮއިންޓް ލިބިގެން ހަތަރުވަނައިގައެވެ. ކުޅުނު އެއްވެސް މެޗަކުން ޕޮއިންޓެއް ނުލިބި، އެންމެ ފުލުގައި އޮތީ ގުއާމްއެވެ.

މި މެޗުގައި ވާދަކުރި ސީރިއާ ޓީމުގައި ރާއްޖެއާއި ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގައި ވެސް ފެނުނު ކުޅުންތެެރިންތަކެއް ތިއްބެވެ. ނަމަވެސް އަނިޔާގެ މައްސަލަތަކާއި ކޮވިޑަށް ފައްސިވުމާއި ގުޅިގެން އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިންނަކަށް މި މެޗުގައި ނުކުޅެވެއެވެ.

ރާއްޖެ އާއި ސީރިއާ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ފާއިދު/ އެފްއޭއެމް

މި މެޗުގައި ރާއްޖެއަށް އެންމެ ނުރައްކާކުރި އެއް ކުޅުންތެރިއަކީ މަހްމޫދް އަލް މަވާޒް އެވެ. މި މެޗުގައި ހެޓްރިކް ހެދި ރޫމޭނިއާގެ ފުރަތަމަ ޑިވިޝަނުގައި ކުޅެމުން އަންނަ މި ކުޅުންތެރިޔާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ސީރިއާ އިން މި މެޗުގައި ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑަކީ ލިބުނު ޕެނަލްޓީން ކާމިޔާބުކުރި ލަނޑުުތަކެކެވެ.

ރާއްޖެއިން ފުރަތަމަ ހާފުގައި ނިކުތީ ފޯވާޑް ލައިނުގައި އަސަދުﷲ އަބްދުﷲ އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) އާއެކު އެވެ. މި ހާފުގައި ރާއްޖޭގެ ޓީމުން ފެނުނީ ވަރަށް ނެގިމަޑުވެފައި ތިބިތަނެވެ. ނަތީޖާއެއްގެ ގޮތުން މި ހާފު ސީރިއާ ނިންމާލީ ތިން ގޯލުގެ ލީޑަކާއެކު އެވެ.

މި ހާފުގައި ސީރިއާގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 29 ވަނަ މިނެޓުގައެވެ. މަހްމޫދް އަލް މަވާޒް މި ލަނޑު ކާމިޔާބުކުރި އިރު ސީރިއާގެ ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން 33 ވަނަ މިނެޓުގައި ކާމިޔާބުކުރީ އައިޒް އޮސްމާން އެވެ. އަދި ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ދެވަނަ މިނެޓުގައި ކާމިޔާބުކުރީ މަހްމޫދް އަލް މަވާޒް އެވެ.

ދެވަނަ ހާފުގައި ރާއްޖެއިން ވަރަށް ބޮޑުތަން ކުޅުން ރަނގަޅުކުރި އެވެ. ފުރަތަމަ ހާފާއި ހިލާފަށް ލިބޭ ބޯޅަތައް ހިފަހައްޓާ ސީރިއާ ޓީމަށް ޕްރެޝަރުތަކެއް ކުރިމަތިކުރުވި އެވެ. ރާއްޖެއިން މި ހާފުގައި ބަދަލުތަކެއް ގެނައެވެ. މި ހާފުގައި ސީރިއާގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ 71 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބުކުރީ މަހްމޫދް އަލް މަވާޒް އެވެ.

ކޮލިފައިންގައި ރާއްޖެ ދެން ބައްދަލުކުރާނީ ޗައިނާއާއެވެ. މި މެޗު ކުޅޭނީ އަންނަ ހުކުރުދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ރަދީފް

  ކޮންމެހެން އެހެންކަމަކާ އުޅެން ވެއްޖެ ކަލޭމެން ފުޓްބޯޅަ ނުކުޅެ.ސްޓެޓް ފެނިފަ ލަދުން ބޯ ހަލާކު.

  15
  1
  • ދީދު

   ދިވެހިން ސީރިޔާ އަށް ދަނީ ފުޓްބޯޅަ ފަރިތަ ކުރަން ... ހަންގުރާމަ އަށް ނޫންކަން ސާބިތުވެއްޖެ

   14
   1
 2. ިިވިސްނާ

  މޮޅަށް ކުޅެ ބަލިވީ ދޯ މި ފަހަރުވެސް...
  ކޮންމެސް އެހެން ކަމެއް ކުރަން ވެއްޖެ ދޯ މިހާރު..

  12
  5
 3. ފާތުމަ އެޅި ވަގު މިސްކިތް ހުޅުމާލެ

  ކޮން ފަދަ ބޮޑު މުސީ ބާތެއްތަ...ކޮން ބޯޅަ އެއް ކުޅޭކަށް .އަތާ އަގަޔާ ދިމާނުވެގެން އުޅޭއިރު..ގައުމު ދަރަނި ވެރިވާރު...ބަލިމަޑު ކަމުން ސާލާމަތް ނުވެވިގެން އުޅޭއިރު..މީހުން ތައް މަރުވަމުން ދާއިރު....ތިބޯޅައެ އް ކުޅެގެން ވަނީ ކޮންކަމެއް....
  ޙަމަ ވަގުތުން އިސްތިއު ފާ ދެއްވާ

  15
  14
 4. ސަޅި

  ކުޅިވަރު ކުޅެންޖެހޭނެ، ކޮންމެ އެކަމު ވާވަރަކުން ކުޅެންޖެހޭނީ، ކޮންމެ ހިނެއް ބޭރުގެ ކޯޗެއްގެނެސް އޭނާއަށް ހާގުން ހަރަދު ކުރުމުގެ ބަދަލުގައި ރާއްޖޭގެ ކޯޗެއްވެސް ރަގަޅުވާނެ، ތިކޯޗުކޮންށްދޭ ކަންތަށް ސުޒޭން މާރަގަޅަށް ކޮށްދޭނެ، ސުޒޭނަށް އިގޭނެ ކާކު ކޮންތާކަަށަ ކުޅެންވީ، ރޭގަ މެޗްގައި އެކަން ވަރަށް ބޮޑަށް ފެނުނު.
  އެކަމު ތިޔަ ހަރަދު ތަށް ކުރުން ހުއްޓާލާ. އެޗްޕީއޭއިންވެސް އެވެރިން ބޯޅަދަނޑުގައި ކޭމް ކުރަން ދިންނަމަ ވަރަށް ހަރަދު ކުޑަވިސް.
  ރޭގަ މެޗްގަ ކުޅުން ވަރަށް ދަށް،......

  15
  2
 5. ޢަރަތް

  މީ ދެން ދެރަވަރު ކަމެއް
  މިހާރު މަގޭ އުމުރު 30 ވެގެން މި ދަނީ އަދިވެސް މި ދިވެހިރާއްޖެ އޭޝިއާ ނޫން ސަރަހައްދެއް ގަ މޮޅެއްނުވެ.
  ޢަދި މޮޅުނުވާތާ ވަނީ ބޮޑުތަނުން ބަލި.
  4-0 އިސްނޮޓް އެކްސެޕްޓަނަލް
  ތީ ކީ ޖަޕާނު،އިރާނެއް ނޫން