ފީފާ ވޯލްޑްކަޕް އަދި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ސީރިއާ އަތުން ރާއްޖެ ބަލިވުމުން އެކަމާ ޝަކުވާކުރެވިދާނެ ކަމަށާއި ނަމަވެސް އެކަމުގެ މުހިއްމުކަން މިހާރު ނެތްކަމަށް ގައުމީ ކޯޗު މާޓިން ކޫޕްމަން ބުނެފިއެވެ.
މިއީ އަހަރުދުވަހުގެ ދިގު މުއްދަތަކަށްފަހު އޭނާގެ ކޯޗުކަމުގެ ދަށުން ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. ދުބާއި ގައި ކުޅުނު މި މެޗުން ސީރިއާ އަތުން ރާއްޖެ ބަލިވީ 4-0 ގެ ނަތީޖާއަކުންނެވެ.
ކޯޗު ބުނީ ކިތަންމެ ގިނަ ޝަކުވާތަކެއް ކުރިޔަސް އެކަމުގެ ފައިދާއެއް މިހާރު ނެތް ކަމަށާއި ހުރިހާ ވިސްނުމެއް ހުރީ ކުރިޔަށްއޮތް ޗައިނާ މެޗަށް ކަމަށެވެ. ނަމަވެސް މުހިއްމު ދެ ކަމެއް ފާހަގަކުރަން ބޭނުންވާކަމަށް ކޯޗު ބުންޏެވެ.
"ސީރިއާ މެޗަށް ނުކުތުމުގެ ކުރިން އަހަރެމެންނަށށް ފަރިތަކުރަން ލިބުނީ ހަ ހަފުތާ، އެ ހަ ހަފުތާގެ މުއްދަތަށް ބަަލާއިރު އެއީ ނުވަ ފަހަރު، އަނެއްކާ މިއީ މިދިޔަ ދޮޅު އަހަރުތެރޭ ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗު" ކޯޗު ބުންޏެވެ.
މާލޭގައި ޓީމު ހޭދަކުރި ދުވަސްތަަކުގައި ފަރިތަކުރުންތައް ކުރިޔަށްގެންދިއުމުގެ ފުރުސަތު ނުލިބުނީ ކޮވިޑުގެ ހާލަތު މާލޭގައި ގޯސްވުމާއި ގުޅިގެންނެވެ. ގައުމީ ޓީމުން ފަރިތަކުރުންތައް ކުރިޔަށްގެންދަން ހުއްދައަކަށް އެދުނު ނަމަވެސް އެކަން ކޮށްނުދެއެވެ. އެހެންކަމުން ޓީމަށް މަޖުބޫރުވީ ގައުމުން ބޭރުގައި ކޭމްޕުުކުރުމަށެވެ. ޓީމު ހޮޓެލް ޖެންގައި ކޭމްޕުކުރި އިރު ފަރިތަކުރީ އެތަނުގެ ބޯލްރޫމުގެ ކާޕެޓުމަތީގައެވެ.
މި ނަތީޖާއާއެކު ސީރިއާ އެއްވަނައިގައި އޮތީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެން 18 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ޗައިނާ އޮތީ ކުޅުނު ފަސް މެޗުން 10 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ފިލިޕީންސް އޮތީ ހަތް ޕޮއިންޓާއެކުގައެވެ. ރާއްޖެ އޮތީ ހަ ޕޮއިންޓް ލިބިގެން ހަތަރުވަނައިގައެވެ. ކުޅުނު އެއްވެސް މެޗަކުން ޕޮއިންޓެއް ނުލިބި، އެންމެ ފުލުގައި އޮތީ ގުއާމްއެވެ.
ރާއްޖެއާއި ޗައިނާ ބައްދަލުކުރާނީ އަންނަ ހުކުރުދުވަހުގައެވެ.
ތައްޔާރުވާން ލިބުނު ވަގުތުކޮޅާބަލާފަ ކޯޗާއި ކުޅުންތެރިން ގެމައްސަލައެއްނެތް. މިކަހަލަމެޗަކުން މޮޅުވެވޭނީ ރަގަޅައްތައްޔާރުވާން ފުރުސަތު ލިބިގެން. މިއީ ހަފްތާއަކުން ކުރެވޭނެކަމެއްނޫން.
ކީކުރަން ބޭކާރު ލާރިގަޑެއް ތަޅާބުރުވާލީ ، އެގޭ ތައްޔާރެއް ނުވެވުނުކަން ދެން ކޮން މޮޅެއް އޮތީ ގޮސް މެޗުކުޅެލާފައައިމަ.... ތިޔަ ގޮތައް ބޭކާރު ކަންކަމާ ލާރި ހަރަދު ނިކޮއް މިދަޑިވަޅު ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރުން މާމުހިންމު.........
ބެއްޔާމެން ތިބޯ ސިގިރޭޓާއި ދުވާލަ ކު ކޮފީބޯން ހޭދަކުރާ ވަގުތާއި ދިހަ ބާރަ ކޮފީ އެއީ ބޭކާރު ލާރިކަމަށް ދެކޭނެ ބޭފުޅުންވެސް ތިބޭނެ.
ހެޔޮނުވާނެ، ތި ކޯޗް ފޮނުވާލާފައި، ދިވެހިންއާއި ޓީމް ހަވާލުކުރޭ، އޭނަގެ ފަރާތުން ވީކަމެއް ހިޔެއް ނުވޭ އޮތް ހެން... ސުޒޭނުމެން ތި ކަމައި ގަޔާވެގެން އުޅެފިއްޔާ މާބޮޑަށް ރަގަޅުވާނެ، ދިވެހި ކޯޗުންއަށް އިގޭނެ އެމީހުން މާރަގަޅަށް ގެންގުޅެން.
ހުރިހާވެސް ކަމަކީ ޓީމް ދިވެހި ކޯޗުންއަށް ޓްރަސްޓް ކުރުމާއި ބުނާގޮތް ހެދުން. ކުޅުމަކުން ގައިމުވެސް ނުފެނޭ ބޭރުކޯޗެއް ހުރިކަމެއް.....
ހެޔޮނުވާނެ ތިޔަ ލާރިތަށް ބޭރު ކޯޗަކަށް ދިނުމަށްވުރެން ދިވެހި ދެތިން ކޯޗުން ހޯދާ.
އަދިވެސް ވަގުތު އެބައޮތް ކޮންޓްރެކްޓް ޓާރމިނޭޓް ކޮށްފައި ފޮނުވާލާ... ހަމަ ސަޅި ބައިސާ ކަޑާނީ ކޮންމެ ބޭރުކޯޗެއްވެސް.
މާބާރުލާފަ ބުނާނެ ޓެލެންޓް އެބަހުއްޓޭ ޗެލެންޖް ކުރެވިދާނޭ ކޮންމެ ޓީމަކާެވެސ.