ޗެމްޕިއަންސް ލީގުގައި ރޭ ޕްރިމިއާ ލީގުގެ ޗެމްޕިއަން ޗެލްސީ އާއި ފުޓްބޯލް ކްލަބް ބާސެލޯނާ ބައްދަލު ކުރި މެޗުގައި މެސީ ޖެހި ލަނޑަކީ އޭނާގެ ހަޔާތުގައިވެސް ޗެލްސީ ކޮޅަށް ޖެހުނު ފުރަތަމަ ގޯލެވެ.

1-0ގެ ނަތީޖާ އަކުން ޗެލްސީ މޮޅުވާން ދިޔަ މެޗުގައި އެ ޓީމުގެ ކްރިސްޓިންސެން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން މެސީ ގޯލެއް ޖަހައި، ބާސާ ސަލާމަތްކޮށްދިނުމުން އެ ކްލަބުގެ ސަޕޯޓަރުން އުފާ ފާޅު ކުރަމުން އަންނަ އިރުގައި، އެންމެ ފަހުން ޗެލްސީ ކޮޅަށް ގޯލެއް ޖެހުމުން މެސީވެސް އަންނަނީ އެކަމާއި އުފާ ފާޅު ކުރަމުންނެވެ.

ޗެލްސީ ކޮޅަށް މެސީ ގޯލް ޖަހަނީ

މީގެ ކުރިން 9 މެޗެއް ޗެލްސީ އާއި ދެކޮޅަށް މެސީ ކުޅެފައި ވީ ނަމަވެސް، މެސީ ވަނީ ޗެލްސީ ކޮޅަށް ގޯލެއް ޖަހަން ނުކުޅެދިފައެވެ. ރޭގެ 72 ވަނަ މިނެޓުގައި މެސީ ޖެހި ގޯލަކީ ވަރަށް ތާރީޙީ ގޯލެއް ކަމަށް ގިނަ ބަޔަކު ދެކެމުން އަންނަ އިރުގައި، މި ދެ ޓީމް ދެން ވާދަ ކުރަން ޖެހޭނީ މާޗް މަހުގެ 14 ވަނަ ދުވަހު ބާސާގެ އަމިއްލަ ދަނޑުގައެވެ.

މެސީ އަށް ޗެލްސީ ކޮޅަށް މީގެ ކުރިން ގޯލެއް ޖެހިފައި ނުވަނީ މަސައްކަތް ނުކުރާތީ އެއް ނޫނެވެ. ހަމަ ނަސީބު ނެތުމުންނެވެ. ރޭގެ މެޗުގައި މެސީ ޖެހި ލަނޑަކީ ޗެލްސީގެ ގޯލާއި އަމާޒުކޮށް އޭނާ ފޮނުވާލި 30 ވަނަ ހަމަލާއެވެ.

އުމުރުން 30 އަހަރުގެ މެސީ ޗެލްސީ ކޮޅަށް އޭނާގެ ފުރަތަމަ ލަނޑު ޖަހައިފައި ވާއިރު، މާޗް 14ގައި މެސީގެ ފަރާތުން އިތުރު ލަނޑުތަކެއް ފެންނާނޭ ކަމަށް ގިނަ ބަޔަކު އަންނަނީ އުއްމީދު ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ައިބިލީސް

    މީގެ ކުރިން 9 ވަނަ މެޗެއް ނޫން. ރޭގެ މެޗަކީ 9 ވަނަ މެޗް. މިކޮމެންޓުވެސް ޑިލީޓް ކޮށްލާ، ފާޑު ކިޔުންތައް ހަޖަމްނުވާ ނޫސް

  2. ބިސްބެ

    ފަސާދަ ނޫސް