މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން 5-0 އިން މޮޅުވެ، މުބާރާތުގެ ހޯސްޓް ޤައުމު ކަމަށްވާ ރަޝިއާ އިން ވަނީ ކޮންމެ ވެސް ވަރެއްގެ ހިތްހަމަޖެހުމެއް ހޯދައިފަ އެވެ. އެ ޓީމަށް ހަމަޖެހިލެވެން އޮތީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްގެނެވެ. މިރޭ މިސްރު އަތުން ރަޝިއާ މޮޅުވެއްޖެ ނަމަ، ދެވަނަ ބުރުގެ ފުރުސަތު އެ ޓީމަށް ވަރަށް ބޮޑުވާނެ އެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި މިސްރު ވަނީ އުރުގުއޭ އަތުން ބަލިވެފަ އެވެ. އެ މެޗުގައި މިސްރުގެ ތަރި މުހައްމަދު ސަލާހް ނުފެނުނު ނަމަވެސް، މިރޭގެ މެޗުގައި އޭނާ ފެންނާނެ ކަމަށް މިސްރުގެ ސަޕޯޓަރުން އުންމީދުކުރެ އެވެ. މިސްރުގެ ކޯޗު ހެކްޓަ ކޫޕާ ބުނީ ސަލާހް އަށް ކުޅެވޭނެކަން އެނގޭނީ ފިޓްނަސް ޓެސްޓަކަށް ފަހު ކަމަށެެވެ.

ރަޝިއާ އަށް ބަލާއިރު، މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އަނިޔާވި އެލަން ޒަގޮއެވް މިރޭގެ މެޗުގައި ނުފެންނާނެ އެވެ. ޑިފެންޑަރު ޔޫރީ ޒިރްކޯފް އަށް އަނިޔާގެ މައްސަލައެއް ދިމާވި ނަމަވެސް، މިރޭގެ މެޗުގައި އޭނާ ފެންނާނެ ކަމަށް ބެލެވެ އެވެ.

މިސްރަށް މުބާރާތުގެ ދެވަނަ ބުރުގެ އުންމީދު ދެމެހެއްޓެން އޮތީ މިރޭގެ މެޗުން ތިން ޕޮއިންޓް ހޯދައިގެނެެވެ. މިރޭގެ މެޗުން ރަޝިއާ މޮޅުވެއްޖެ ނަމަ، 1986 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް މުބާރާުތުގެ ދެވަނަ ބުރުން ރަޝިއާ ފެނުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ އެވެ.

މިއީ ރަޝިއާ އާއި މިސްރު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.

ރަޝިިއާ:

ރަޝިއާ އިން ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން 5-0 އިން މޮޅުވެފަ. މިއީ އެންމެ ފަހުން ކުޅުނު ދެ ވޯލްޑް ކަޕްގައި ރަޝިއާ އިން ޖެހި ޖުމްލަ ލަނޑުގެ އަދަދަށްވުރެ ވެސް ގިނަ އަދަދެއް. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ރަޝިއާ އަށް ޖެހުނީ ދެ ލަނޑު. ވޯލްޑް ކަޕް 2002ގައި ރަޝިއާ ޖެހީ ހަތަރު ލަނޑު.

އެންމެ ފަހުން ކުޅުނު ފަސް ވޯލްޑް ކަޕްގައި ވެސް، ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުން ރަޝިއާ މޮޅެއްނުވޭ.

ސޯވިއެޓް ޔޫނިއަން ރޫޅުނު ފަހުން، ވޯލްޑް ކަޕްގައި އެފްރިކާގެ ޤައުމެއް އަތުން ރަޝިއާ ބައްޔެއް ނުވޭ.

ސެނެގާލް:

ވޯލްޑް ކަޕްގެ މެޗަކުން މިހާތަނަށް މިސްރު މޮޅުވެފައެއްނުވޭ.

ވޯލްޑް ކަޕްގައި އެންމެ ފަހުން ތިން މެޗުގައި ވެސް، މިސްރަށް ލަނޑެއް ނުޖެހޭ.

ވޯލްޑް ކަޕްގައި ކޮޅަށް ލަނޑެއް ނުވައްދައި، މިސްރަށް މެޗެއް ނިންމާލެވުނީ އެންމެ ފަހަރަކު.

އެނގޭތަ؟

މިސްރު ވޯލްޑް ކަޕަށް ކޮލިފައިވިއިރު، ކޮލިފައިންގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިނީ މުހައްމަދު ސަލާހެވެ. ސަލާހް ވަނީ ކޮލިފައިންގައި ފަސް ލަނޑު ޖަހައިފަ އެވެ.