ކޮވިޑް-19 އިން ރަނގަޅުވެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރުމަށް ފަހު އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ޝާމިސް (ތޮއްޕޭ) ގައުމީ ފުޓުބޯޅަ ޓީމާއި ގުޅިއްޖެއެވެ.

ދުބާއިގައި ރާއްޖެ ހިމެނޭ ގްރޫޕުގެ ބާކީ މެޗުތައް ކުޅޭއިރު، މި ދެ ކުޅުންތެރިން ކޮވިޑަށް ފައްސިވެފައިވަނީ ދުބާއި އަށް ދިޔަފަހުން ހެދި ޓެސްޓުތަކުންނެވެ. އެއާއެކު މި ދެ ކުޅުންތެރިން ކަރަންޓީނަށް ދިޔައީ މިދިޔަ މަހު 29 ގައެވެ. ދެ ކުޅުންތެރިން އެނބުރި ޓީމާއި ގުޅުނީ 10 ދުވަހުގެ ކަރަންޓީނަށް ފަހު އެވެ.

ދަގަނޑޭ އާއި ތޮއްޕޭ އެނބުރި ޓީމާއި ގުޅުނުއިރު މި ދެ ކުޅުންތެރިން ތިބީ ޕްރޮޓޮކޯލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަރަންޓީނުގައި ޓީމާއި އެކަހެރިކޮށެވެ. ކަރަންޓީނުގައި ތިބިއިރު ހެދި ޓެސްޓުތަކުން ދެ ކުޅުންތެރިން ކޮވިޑަށް ނައްސިވި ނަމަވެސް ޕްރޮޓޮކޯލްގައި ބުނާ މުއްދަތަށް ކަރަންޓީނުގައި މަޑުކުރަން ޖެހުނެވެ.

މި ދެ ކުޅުންތެރިން ޓީމާއި ގުޅުމުން އަންނަ ހުކުރުދުވަހު ގައުމީ ޓީމު ޗައިނާ އާއި ދެކޮޅަށް ކުޅޭ މެޗުގައި މި ދެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ލިބޭނެއެވެ.

ކޮލިފިކޭޝަނުގައި ޗައިނާއާއި ދެކޮޅަަށް ރާއްޖެ ކުޅޭނީ އަންނަ ހުކުރުދުވަހު އެވެ. އަދި ފިލިޕީންސް އާއި ދެކޮޅަށް ކުޅޭނީ މިމަހުގެ 15 ގައެވެ. މިއީ ގައުމީ ޓީމުގެ ކުޅުންތެރިންނަަށް ލިބުނު ބޮޑު ހިތްވަރަކަށް ވެގެންދާނެ އެވެ. އަދި ކޯޗިން ޓީމަަށްވެސް ލިބޭނެ އިތުރު ބާރަކަށް ވާނެއެވެ.

އެންމެ ފުރަތަމަ ޗައިނާގައި ކޮލިފިކޭޝަނުގެ މެޗުތައް ބާއްވަން އޮތް އިރު އެ ގައުމަށް ފުރުމުގެ ކުރިން ހެދި ޓެސްޓުތަކުން ދަގަނޑޭ ފައްސިވީ މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހުގައެވެމަހުގެ 29 ގައެވެ. އެއާއެކު އޭނާގެ އިތުރުން އަލީ ޝާމިސް (ތޮޮއްޕެ) ވެސް ފައްސިވުމުން ދެ ކުޅުންތެރިން ވަކިން އައިސޮލޭޓުކުރި އެވެ. މެޗުތައް އެންމެފަހުން ކުޅެން ނިންމީ ދުބާއިގައެވެ. އެއީ ރާއްޖެ ހިމެނޭ ހެން 3 ގައުމަކަށް ޗައިނާއަަށް އެތެރެވުމުގެ ފުރުސަތު ނުލިބުމުންނެވެ.

މާލޭގެ ހޮޓެލް ޖެންގައި ޓީމު ކޭމްޕުކުރި އިރު ދަގަނޑޭ ވަނީ ހާއްސަ ހުއްދައެއްގެ ދަށުން ޓީމާއި ވަކިވެފައެވެ. ނަމަވެސް ފަހުން ވަނީ ޕްރޮޓޮކޯލްތަކުގެ ދަށުން އައިސޮލޭޓުވުމަށްފަހު ހެދި ޓެސްޓުތަކުން ނައްސިވިކަން ކަށަަވަރުކުރުމަށްފަހު ޓީމާއެކު ދަތުރުކޮށްފައެވެ

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގޮލާ

    ދަގަނޑޭ އާއި ތޮއްޕޭ.. ކޮން ކަހަލަ ނަން ނަމެއް މި މީހުންނަށް ވެސް ކިޔަނީ.. އީރުގެ ދެން.. ސަހަރޯ..

    1
    2
  2. ަިިިީްއައްމަޑޭ

    ނުބެހޭކަށް
    ކަމެއްނެތް