ޔޫރޯގެ ކުރިން އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި އިސްރާއީލް 4-0 އިން ބަލިކޮށްފިއެވެ.

މިއީ ތަަށި ދިފާއުކުރަން ނުކުންނަ ޕޯޗުގަލް މުބާރާތް ފެށުމުގެ ކުރިން ކުޅުނު އެންމެ ފަހު އެކުވެރިކަމުގެ މެޗެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ ސްޕެއިން އާއެވެ. މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު އެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ގޯލުގެ ލީޑަކުން ޕޯޗުގަލް ކުރީގައި އޮވެގެންނެވެ. ގާތްގާތުގައި ކާމިޔާބުކުރި ދެ ލަނޑުގެ ތެރެއިން އެ ޓީމުގެ ފުރަތަމަ ލަނޑު 42 ވަނަ މިނެޓުގައި ޔާއޮ ކަންސެލޯގެ އެހީއާއެކު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭޒް އެވެ. މި ލަނޑު ޖެހިތާ ދެ މިނެޓުފަހުން ބްރޫނޯ ފެނާންޑޭޒްގެ އެހީއާއެކު ޕޯޗުގަލްގެ ދެވަނަ ލަނޑު ކާމިޔާބުކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނީ ޕޯޗުގަލް އެވެ. މި ހާފުގައި އިސްރާއިލް ޓީމުން ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތްކުރި ނަމަވެސް ޕޯޗުގަލްގެ ފަހަތް ފެނުނީ ވަރަށް ވަރުގަދަކޮށެވެ.

ދެވަނަ ހާފުގައި ޕޯޗުގަލްގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ޖެހުމަށް އެހީިވި ޔާއޮ ކަންސެލޯ އެވެ. ޕޯޗުގަލްގެ ހަތަރުވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ އެއްވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭޒް އެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މިފަހަރު ޕޯޗުގަލް ލައްވާލީ ވަރުގަދަ ގްރޫޕަކަށެވެ. ގްރޫޕް އެފްގައި ޕޯޗުގަލް އާއެކު ހިމެނޭ ޓީމުތަކަކީ ފްރާންސް، ޖަރުމަނު އަދި ހަންގޭރީ އެވެ. ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހު ނުކުންނާނީ ހަންގޭރީއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާކިފް

    ރޮނަލްޑޯ ސަޕޯޓުކުރަނީ ފަލަސްތީންއަށް
    އޭގެ އިދިކޮލު މެސީ ޔަހޫދީނަށް ލާރި ދޭނީ މުސްލިމުން މަރަން

    11
    1
  2. ފަލަސްތީން

    ރޮނާލްޑޯލލލރޭގަގގގަަޖޯޒީޒޒޒބަދަލުކުރިރރރހާފްޓައިމްގަގގގގގއިސްރާއިލްލލލލކުޅުންތެރިރރރއަކާ

    1
    1