ތުރުކީ އަތުން ހޯދި ފަސޭހަ މޮޅާއެކު ޔޫރޯ ފުޓްބޯޅަ މުބާރާތް 2020 ގައި އިޓަލީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ފެށުން ރަނގަޅުކޮށްފި އެވެ.

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އިޓަލީ ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. ރަނގަޅު ރެކޯޑަކާއެކު މިިފަހަރުގެ ޔޫރޯއާއި އިޓަލީ ކުރިމަތިިލިއިރު އެ ޓީމު މި މުބާރާތާއި ކުރިމަތިލީ ބަލިނުވެ ގިނަ މެޗުތަކެއް ކުޅުމަށްފަހު އެވެ.

މިއީ ޔޫރޯ ތާރީހުގައި ވީއޭއާރް ބޭނުންކުރި ފުރަތަމަ މެޗެވެ. ބައެއް ނިންމުންތަކުގައި ވީއޭއާރުގެ އެހީ މި މެޗުގައި ހޯދިތަން ފެނިގެންދިޔަ އެވެ. އިޓަލީން ލީޑު ނަގާފައިވަނީ 53 ވަނަ މިނެޓުގައެވެ. މިއީ ތުރުކީގެ ފަހަތުން އެ ޓީމުގެ ޑިފެންޑަރު ޑެމައިރަލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އިޓަލީގެ ދެވަނަ ލަނޑު ފެނިގެންދިޔައީ 66 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އިޓަލީގެ އުއްމީދީ ފޯވާޑް ޗީރޯ އިމޯބިލޭ އެވެ. އޭނާ މި ލަނޑު ޖެހީ ތުރުކީގެ ކީޕަރު ކުރިޔަށް އެރި ދަނޑިވަޅުގައެވެ. އިޓަލީގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 79 ވަނަ މިނެޓުގައެވެ. މި ލަނޑު އިންސީނިޔޭ ކާމިޔާބުކުރީ ހިތްގައިމުކަމާއެކު އެވެ.

މިއީ ޔޫރޯގެ ތާރީހުގައި އިޓަލީއަށް ތަފާތު މޮޅެކެވެ. މިހާތަނަށް އެ ޓީމަށް ޔޫރޯގައި އެއް މެޗުގެ ތެރެއިން ތިން ލަނޑު ނުޖެހެއެވެ.

ޔޫރޯގެ މެޗެއް ދެން ކުޅޭނީ މާދަމާ އެވެ. މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ ވޭލްސް އާއި ސްވިޒަލޭޏްޑް ބައްދަލުކުރާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.