ގުރޫޕް ބީގެ ފުރަތަމަ މެޗުގައި ޕޯޗުގަލް އަދި ސްޕެއިން ބައްދަލު ކުރި މެޗުގައި ރޮނާލްޑޯ ކާމިޔާބު ކުރި ގޯލު ވަދެފައި ވަނީ މެންޗެސްޓާ ޔުނައިޓެޑުގެ ކީޕަރު 27 އަހަރުގެ ޑެވިޑް ޑިހެއާ އަތުން ހެދުނު ގޯހެއްގެ ސަބަބުންނެވެ.

ގުރޫޕް ބީގެ ދެވަނަ މެޗުގައި އިރާން އާއި ކުޅޭއިރު ސްޕެއިންގެ ކޯޗު ބުނެފައި ވަނީ ގޯލްކީޕަރަކަށް ކުޅުމަކީ ތަފާތު ކަމެއް ކަމަށާއި ވަކި ކަހަލަ ސައިކޮލޮޖީ އެއް ހުރެގެން ނޫނީ ކީޕަރެއްގެ މަގާމަށް ނުކުޅެވޭނެ ކަމަށެވެ. "އެއްވެސް މީހެއްގެ ޝައްކެއް ނެތް، ޑޭވިޑް ޑިހެއާގެ އަމިއްލަ ނަފްސަށް ވެސް އޭނާ އިތުބާރު ކުރޭ" ހިއޭރޯ ބުންޏެވެ.

ސްޕެއިން އާއި ޕޯޗުގަލް ބައްދަލު ކުރި މެޗުގައި ޕޯޗުގަލް އިން ޖެހި 3 ގޯލު ވެސް ކާމިޔާބު ކޮށްދީފައިވަނީ އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މީގެތެރެއިން 2-3 ގެ ނަތީޖާ އަކުން ސްޕެއިން ކުރީގައި އޮވެ މެޗު ނިމެމުން ދަނިކޮށް ރޮނާލްޑޯ ވަނީ ފަހު ވަގުތު ފްރީކިކަކުން ގޯލެއް ޖަހައި ސްޕެއިން ހިފަހައްޓާފައެވެ.

"އަންގި ލައްވައިގެން ދަނޑަށް އަރާ ކޮންމެ މީހަކަށް އެނގޭނެ ކިހާ އުނދަގޫ ކަމެއްކަން މިއީ، ކޯޗު ހުރީ އަހަރެންނާއި އެކު. ގޯސް ހެދޭނެ" ރޮނާލްޑޯ ޖެހި ގޯލު އޭނާގެ ގޯހަކުން ވަދެފައިވާތީ ޑިހެއާ ބުނެފައިވެއެވެ.

މީގެ އިތުރުން ޑެވިޑް ޑިހިއާ ވަނީ މެންޗެސްޓާރ ޔުނައިޓެޑުގައި ލީގުގެ ދެވަނަައިގައި ނިންމި ނަމަވެސް ތަފާތު ސީޒަނަކަށްފަހު 'ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން' އަހަރުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި ހިމެނި މިދިޔަ ސީޒަނުގެ އެންމެ މޮޅު ކީޕަރަކަށް ހޮވިފައެވެ.

ކިޔުންތެރިންގެ ހިޔާލު