ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މިހާތަނަށް ހަތަރު މެޗެއް ވަނީ ކުޅެފައެވެ. މިހާތަނަށް އައި އިރުވެސް މުބާރާތުގެ ފޯރި ވަރަށް ރަނގަޅަށް ވަޒަންކުރެވިގެން ހިނގައްޖެ އެވެ. ކޮވިޑުގެ ހާލަތާއި ގުޅިގެން އަހަރަކަށް މުބާރާތް ފަސްކުރި ނަމަވެސް ޓީމުތަކުގެ ފަރާތުން މި މުބާރާތަށް އެ ތައްޔާރުވި ވަރު ވަރަށް ބޮޑަށް ފެނިގެން ހިނގައްޖެ އެވެ.

މިއަދު ރާއްޖެގަޑިން 18:00 ގައި ކުޅޭ މުބާރާތުގެ ފަސްވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ޑީގެ ދެ ޓީމު ކަމަށްވާ އިންގްލޭންޑް އަދި ކްރޮއޭޝިއާ އެވެ. އިނގިރޭސި ވެމްބްލީ ސްޓޭޑިއަމްގައި މި މެޗު ކުޅޭއިރު މިއީ މި ގްރޫޕުގެ ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެއެވެ. މިއީ މި މުބާރާތުގެ ފެވަރިޓް ދެ ޓީމުކަން ފާހަގަކޮށްލެވެެއެވެ. މުބާރާތުގެ ގްރޫޕް ޑީގައި މި ދެ ޓީމުގެ އިތުރުން ދެން ހިމެނެނީ ޗެކް ރިޕަބްލިކް އާއި ސްކޮޓްލޭންޑެވެ.

މި މެޗު ކުޅޭ ވެމްބްލީ ސްޓޭޑިއަމަކިީ އެއްފަހަރާ 90،000 މީހުންނަށް ކުޅިބަލަން ވަދެވޭ ސްޓޭޑިއަމެކެވެ. ނަމަވެސް ކޮވިޑުގެ މި ހާލަތާއި ގުޅިގެން މި މެޗަށް ވެއްދުމަށް ފުރުސަތު ލިބުނީ ދަނޑުގެ ޖާގައިގެ ތިން ބައިކުޅަ އެއްބަޔަށެވެ. ޔޫރޯގައި ކުޅޭ އެހެން މެޗުތަކުގައި ވެސް ދަނޑަށް ވައްދަނީ މަދު އަދަދެއްގެ ސަޕޯޓަރުންނެވެ.

އިންގްލޭންޑް

ކޯޗު: ގެރެތް ސައުތްގޭޓް

ކެޕްޓަން: ހެރީ ކޭން

ނިކް ނޭމް: ތްރީ ލަޔަންސް

ކޮލިފައިވި ގޮތް: ގްރޫޕް އޭގެ އެއްވަނަ

ޔޫރޯގައި އެންމެ ދުރަށް ދެވުނީ: ސެމީފައިނަލް (1968، 1996)

އާންމުކޮށް ކުޅޭ ފޯމޭޝަން: 3-3-4 ، 5-3-2

 

ކްރޮއޭޝިއާ

ކޯޗު: ޒްލަޓްކޯ ޑަލިޗް

ކެޕްޓަން: ލުކާ މޮޑްރިޗް

ނިކް ނޭމް: ބްލޭޒާޒް

ކޮލިފައިވި ގޮތް: ގްރޫޕް އީގެ އެއްވަނަ

ޔޫރޯގައި އެންމެ ދުރަށް ދެވުނީ: ކުއާޓާފައިނަލް (1996،2008)

އާންމުކޮށް ކުޅޭ ފޯމޭޝަން: 1-3-2-4

ހެޑް ޓު ހެޑް

މި ދެ ޓީމަކީ ޔޫރަޕުގެ ފުޓުބޯޅައިގައި މިހާތަނަށް 10 ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާ ދެ ޓީމެވެ. މީގެތެރޭގައި ދެ އެކުވެރިކަމުގެ މެޗު ހިމެނެއެވެ. ބާކީ 8 މެޗަކީ ވާދަވެރި މެޗުތަކެކެވެ.

އިންގްލޭންޑާއި ކްރޮއޭޝިއާ މިހާތަނަށް ބައްދަލުކުރި 10 ފަހަރުގެ ތެރެއިން 5 މެޗުން މޮޅުވެފައިވަނީ އިންގްލޭންޑެވެ. ކްރޮއޭޝިއާ މޮޅުވެފައިވަނީ ތިން މެޗުންނެވެ. އަދި އެއް މެޗުން ދެ ޓީމު ވަނީ އެއްވަރުވެފައެވެ.

އެންމެފަހުން މި ދެ ޓީމު ފެނިގެންދިޔައީ 2018 ވަނަ އަހަރު ބޭއްވި ޔުއެފާ ނޭޝަންސް ލީގުގައެވެ.އެ ކުރިމަތިލުން 2-1 އިން ކާމިޔާބުކޮށްފައިވަނީ އިންގްލޭންޑެވެ. އޭގެފަހުން މި ދެ ޓީމު އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވާހަތަކެއް ދެކެވުނު ނަމަވެސް އެކަން ނުކުރެވެއެވެ. އެއީ ދިމާވި އެކި ގޮންޖެހުންތަކުގެ ސަބަބުންނެވެ.

ތާރީހު އިނގިރޭސިން ކޮޅަށް ބުރަވި ނަމަވެސް ކްރޮއޭޝިއާ އަކީ މިފަހަރު ރަނގަޅު ވާދައެއް ކުރާނެ ޓީމެއްކަމަށް ތަޖުރިބާކާރުން ދެކެއެވެ.

ދެ ޓީމުގެ ކޯޗުންގެ ބަސް

ގެރެތް ސައުތްގޭޓް (އިންގްލޭންޑް)

އިނގިރޭސި ތަޖުރިބާކާރު ކޯޗު އެންމެ ބޮޑަށް ސަމާލުކަން ދިން އެއް މުބާރާތަކީ މިފަހަރުގެ ޔޫރޯ އެވެ. ނިސްބަތުން ޒުވާން އުއްމީދީ ގިނަ ކުޅުންތެރިންތަކެއް މި ސްކޮޑުގައި ހިމެނޭއިރު ކޯޗުގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މުހިއްމު ގިނަ ކުޅުންތެރިން ރަނގަޅު ފޯމެއްގައި ހުރުމެވެ. އަދި އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް ކްރޮއޭޝިއާ އަތުން މޮޅު ލިބިފައިވުމަކީ ސައުތްގޭޓަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ.

ނަމަވެސް މާޒީގެ ނަތީޖާތަކުން މިހާރު މާބޮޑު އަސަރެއް ނުކުރާނެ ކަމަށާއި މިހާރު އޮތް ކްރޮއޭޝިއާ ސްކޮޑަކީ ވަރުގަދަ ސްކޮޑެއްގެ ގޮތުގައި ގަބޫލުކުރާ ކަމަށެވެ. އަދި އެންމެފަހުން ނޭޝަންސް ލީގުގައި ކުޅުނު މެޗުން އެކަން ފެނިގެންދިޔަ ކަމަށް ކޯޗު ބުންޏެވެ.

ޒްލާޓްގޯ ޑަލިޗް (ކްރޮއޭޝިއާ)

ކްެރޮއޭޝިއާ އަކީ އެންމެފަހުން ފީފާ ވޯލްޑްކަޕުގެ ރަނަރަޕް ޓީމެވެ. އެެއީ ޔޫރޯއަށް އަންނައިރު ކޯޗު ޑަލިޗް އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. ކޯޗު ބުނީ ކިތަންމެ ތަޖުރިބާއެއް ހުރި ނަމަވެސް ކްރޮއޭޝިއާ ގައި ނަތީޖާ ކޮންމެ ގޮތަކަށްވެސް

އެންމެ ފަހުގެ ފީފާ ވޯލްޑް ކަޕުގެ ރަނަރަޕް ޓީމު ކްރޮއޭޝިއާގެ ކޯޗު ޒެލާޓްކޯ ޑަލިކް ބުނީ މި މެޗަށް ނުކުންނައިރު ކްރޮއޭޝިއާގެ ޓީމު ބަދަލުވެފައިވާ ކަމަށާއި ތަފާތު ހުނަރުވެރި ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިންނާއި ދުވަސްވީ ކުޅުންތެރިންނާއެކު ވަރަށް ބެލޭންސް ސްކޮޑެއް އެބައޮތް ކަމަށެވެ. އެގޮތުން އައު ކުޅުންތެރިން ސްކޮޑުގައި ގިނަ ކަމުގައިވިޔަސް، ތަޖުރިބާކާރު ކުޅުންތެރިން ސްކޮޑުގައި ތިބުމުން ތަފާތު ނުފެންނާނެ ކަމަށެވެ. އަދި މޮޑްރިޗް އަކީ ޓީމުގެ މައި ހުންގާނު ކަމަށްވެސް ކޯޗު ފާހަގަކޮށްފައިވެއެވެ.

ކްރޮއޭޝިއާ އާއި އިންގްލޭންޑް ބައްދަލުކުރާނީ ރާއްޖެގަޑިން މިއަދު 18:00 ގައެވެ.