މާއުނގޫދޫ ކައުންސިލް އިން އިންތިޒާމް ކޮށްގެން އެރަށުގައި ކުރިއަށް ގެންދާ ފުޓްބޯޅަ މުބާރާތެއްގައި ޓީމަކުން 50 ލަނޑު ޖެހުމުން އެމައްސަލަ ބޮޑުވެ، އެންމެފަހުން އެއީ މެޗް ފިކްސިންގެ މައްސަލައެއް ކަމަށް ނިންމާ ދެ ޓީމާއި މުދު ފިޔަވަޅު އަޅައިފިއެވެ.

އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގަމުން އަންނަ ދެޓީމެއް ކަމަށްވާ ބަޔޯނިކް އާއި ބަޔޯނިކް ޔުނައިޓެޑް ބައްދަލު ކުރި މެޗްގައި 50 ލަނޑު ޖެހީ ބަޔޯނިކް އިންނެވެ.

ބަޔޯނިކް އިން 50 ލަނޑު ޖެހި މައްސަލަ ބެލުމަށް ފަހު މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީ އިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެމެޗްގެ މައްސަލަ ބަލަން ނިންމީ ދެޓީމަކުންނާއި ރެފްރީން މައްސަލަ ޑިސިޕްލިނަރީ ކޮމެޓީ އަށް ހުށަހެޅުމުން ކަމަށެވެ.

ބަޔޯނިކް އިން 50 ލަނޑު ޖަހަން ބަޔޯނިކް ޔުނައިޓެޑުން ފުރުސަތު ތަނަވަސްކޮށްދިނީ ބަޔޯނިކް ފައިނަލަށް ގެންދިިއުމަށް ކަމަށް ޑިސިޕްލިނަރީ ކޮމެޓީގެ ރިޕޯޓްގައި ވެއެވެ. އަދި މެޗުގައިި އެއްވެސް ވާދަވެރި ކަމެއް ނެތް ކަމަށާއި، ބަލިވި ޓީމުގެ ޑިފެންޑަރުންނާއި ކީޕަރު ތިބީ ގޯލު ޖަހަން ފުރުސަތު ދީގެން ކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން ބަޔޯނިކްގެ 50 ލަނޑު އުނިކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން 2500 ރުފިޔާ އިން ބަޔޯނިކް ޔުނައިޓެޑް ޖޫރިމަނާ ކުރަން ވަނީ ނިންމާފައެވެ. އެ ފައިސާ ނުދައްކައިފި ނަމަ ކުރިއަށް އޮތް މުބާރާތެއްގައި އެ ޓީމަށް ބައިވެރި ނުވެވޭނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

މިފިޔަވަޅު އެޅީ ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާކާރުންގެ ބަސް ހޯދައިގެން ކަމަށް ވެސް ޑިސިޕްލިނަރީ ކޮމެޓީ އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ރަށް މެދު

    3 ޕޮއިންޓު އުނިއެއް ނުކުރޭ...

  2. ޖަޒްލާން

    ހަގީގަޔް ނުބަލާ ހަބަރު ނުލިޔުނިއްޔާ ރަނގަޅު ވާނީ

  3. ޯޖަގަހަ

    3 point uni nukohh 50 goal uni kurii. Ragalhahh saaf koffa habaruga liye

  4. 50ގޯލު

    ހަމަ މޮޅީއޭ ބަޔޯނިކު
    ގެޓު ލޮސްޓް.....

    ހައްހައްހާ.....

  5. ޢެހެންވީ

    3 ޕޮއިންޓް ޢުނި ނުކުރޭ

  6. ާަފާތުމަ

    ވަކި އަދަދަކައްތަ ގޯލް ޖެހެނީވެސް؟

  7. ހުސޭނުބޭ

    މަ ފިޔަވަޅު އަޅާނީ ރެފްރީޔާމެދު! އޭނާ ކުރުވި ކަމެއް ތިއީ!

  8. ބޮލި މުލައް

    އަޅެ 51 ޖެހިނަމަ އޭރުން އޯކޭވާނެ.

  9. އަބްދުއްލާ

    ބަރާބަރު ނިންމުމެއް

  10. ާހަހަހަހަހަ

    ހަޖަމް ނުވަނީ ހަމަ ޖެހި ޖެހި ގެން 3 ފަހަރު އެންމެ މެޗަކުންވެސް ބަލި ނުވެ ތަށި ނެގީމަ.

  11. ކަޅޭ

    ދެ ބަޔޯ އެއްވީމަ ވާގޮތް ތިއޮތީ ވެފާ.

  12. ބޮޑުވަރު

    މިވެރިކަމުގަ ހަނދާން ނައްތާލމ.ކައުންސިލް
    ކަޕް،ނުލިބޭނެ.މޮޔަކަމުން ބައިވެރިވީވެސް. ހަޖަމް. އަލީ ސަލީމް މީ

  13. ޢަލީ

    ތަށި ނުލިބޭނެކަން އިގުނީމަ އުޅޭފަ ނޫޅޭނެ ގޮތެއް ނޭގިގެން ބަޔޮނިކް މީހުން އުޅެނީ. މީގެ ކުރިން މުބާރާތް ހިންގަން ހުރީ ބަޔޮނިކްގެ ކީޕަރު. ޤަވާއިދު ހެދީ ބަޔޮނިކްގެ މެނޭޖަރު. ރެފްރީ ވަކިގޮތަކަށް މެޗް ނުނިންމައިދިނީމަ މެޗް ކުޅެން ބަޔޮނިކުން ބޭނުން ރެފްރީން ވެސް ގެނައި ރެފްރީން ކޮޓަރިއަށް ލައި ބޭރުން ތަޅުވެސް ލީ. އޭރު (2014 2015 2016) ކައުންސިލް ކަޕުގައި ރަށުގެ މަސްލަހަތަށް ބަލައި ބަޔޮނިކަށް ތަށި ދިނީ

  14. ޙަކުބުޑު

    މާއުނގޫދޫއެއްނުދޯތީ.... ވަރަށް ބޯގަޅިންގިނަވާނެ... ކަތީބުއާއިލާއާ ދުރުދުރުން ގުޅިފައޮތަސް އެރަށުމީހުންނަށްހީވާނީ ތިމަންމީ ރަސްދަރިކަލެކޭ