ރިއާލް މެޑްރިޑްގެ ޑިފެންޑަރު މާސެލޯ އާއިލާ އާއިއެކު ރާއްޖެ އަތުވެއްޖެއެވެ.

ބްރެޒިލް އަށް އުފަން އުމުރުން 33 އަހަރުގެ މާސެލޯ ރާއްޖެ އައިސްފައިވަނީ ކޮން ދުވަހެއްގައި ކަމެއް އަދި އެނގިފައެއް ނުވެއެވެ. މާސެލޯ އާއިލާއާއި އެކީ ޗުއްޓީ ހޭދަކުރަމުން އަންނަނީ ވޮލްޑޯފް އެސްޓޯރިއާ އިތާފުށި- ޕްރައިވެޓް އައިލެންޑް ރިސޯޓުގައެވެ.

މާސެލޯގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާ ކޮށްފައިވާ ސްޓޯރީތަކަށް ބަލާއިރު، އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އަންނަނީ އުފަލާއި މަޖަލުގައިކަން ފާހަގަ ކޮށްލެވެއެވެ.

އޭނާ ހިއްސާ ކޮށްފައިވާ ސްޓޯރީއަކުން ގޮނޑުދޮށް ކައިރީ ބުރު އަޅާ މަންޒަރު ފެނިގެންދެއެވެ. އަދި ބައިސިކަލް ދުއްވާއިރު، އަންހެނުންނާއި ދަރިންތައް ބަގީގައި ދާ މަންޒަރު ފެނެއެވެ.

ރާއްޖޭގައި ހޭދަކުރަމުން އަންނަ ޗުއްޓީގައި މަޖާ ކުރުމުގެ އިތުރުން އޭނާގެ ބުންވަރު ހިފެހެއްޓުމުގެ ގޮތުން އެކި ކަހަލަ ހަރަކާތްތައް ވެސް އޭނާ ކުރިއަށްގެންދާ މަންޒަރު ފެނިގެން ދެއެވެ. އެގޮތުން ތްރެޑްމީލް ގައި އޭނާ ދުވާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސްޓޯރީގައި ވަނީ ހިއްސާ ކޮށްފައެވެ.

މާސެލޯ ރާއްޖެ އައިސްފައިވަނީ މިރޭ ދަންވަރު ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތް ފަށަނިކޮށެވެ. މިފަހަރުގެ ބްރެޒިލް ސްކޮޑުގައި މާސެލޯ ލައްވާލަފައެއް ނުވެއެވެ. އެއީ ރެއާލުގައި މިފަހަރު އޭނާގެ ފަރާތުން މާ އެދެވޭ ކުޅުމެއް ނުފެނުމުންނެވެ.