ގޭމް އެސޯސިއޭޝަން އޮފް މާވަށުން އިސްނަގައިގެން ކުރިއަށްގެންދާ "ގޭމް ފުަޓްސަލް ޗެލެންޖް 2018" ގެ ގުރޫޕް އޭ ގެ 3 ވަނަ ބުރުގެ މެޗުތަށް އެފްސީ ލެގޫން އަދި އެފްސީ ކަޅުބުޅާއިން ކާމިޔާބުކޮށްފިއެވެ.

ރޭ ކުޅެވުނު ގްރޫޕް އޭގެ 3 ވަނަ ބުރުގެ ފުރަތަމަ މެޗުގައި އެފްސީ އެލްބޯ އަދި ލެގޫންސް ބައްދަލުކުރި އިރު އެ މެޗު ފޯރިގަދަކުޅުމަކަށްފަހު 4-5 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ލެގޫންސްއެވެ. މި މެޗުން ބަލިވި އެފްސީ އެލްބޯއަށް ވަނީ މުބާރާތުގެ ސެމީފައިނަލްގެ ދޮރުބަންދުވެފައެވެ.

ރޭގެ ފަހު މެޗުގައި އެފްސީ ކަޅުބުޅާ އަދި އަކިރިކޮޅު ބައްދަލުކުރި އިރު ވާދަވެރި ކުޅުމަކަށް ފަހު އެ މެޗު މެޗު ނިމިގެން ދިޔައީ 2 - 0 ގެ ނަތީޖާއަކުން އެފްސީ ކަޅުބުޅާ ކުރީގައި އޮވެގެނެވެ. މި މޮޅާއި އެކު މުބާރާތުގައި ކުޅުނު ތިންމެޗުން މޮޅުވެ 9 ޕޮއިންޓައެކު ގުރޫޕް އޭގެ ތާވަލު އެންމެ ކުރީގައި އޮތީ ކަޅުބުޅަލެވެ. ތާވަލުގެ ދެވަނައިގައި 6 ޕޮއިންޓާއި އެކުލެގޫންސް އޮތް އިރު ތިންވަނައިގައި 3 ޕޮއިންޓައެކު އޮތީ އަކިރިކޮޅު އެވެ. ހަތަރުވަނައިގައި އެފްސީ އެލްބޯ އަދި 5 ވަނައިގައި ޓީނޭޖުކިޔަމަ އޮތީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.

ގުރޫޕްބީގެ ތާވަލަށް ބަލާއިރު އެފްސީ ހަބޭސް 1 ވަނައިގައި އޮތީ 3 ޕޮއިންޓާއި ފައިދާ 13 ގޯލާއެކުގައެވެ. 2 ވަނަ އެފްސީ މަސްރޯދި އޮތީ 3 ޕޮއިންޓާއެކުގައެވެ. ބާކީ ޔުނައިޓެޑް ތިން ވަނައިގައި އޮތް އިރު ހަތަރު ވަނަގައި އޮތް ދިކެޓްސް އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ގެއްލުން 13 ގޯލާއެކުގައެވެ.

މި މުބާރާތުގައި މިރޭ 20:30 ގައި ބައްދަލުކުރާނީ ބާކީ ޔުނައިޓެޑް އަދި ދިކެޓްސްއެވެ. އަދި 22:00 ގައި ބައްދަލުކުރާނީ އެފްސީ ހަބޭސް އާއި އެފްސީ މަސްރޯދިއެވެ.