ފީފާ ވޯލްޑްކަޕް އަދި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ކުޅުނު ގްރޫޕްސްޓޭޖުގެ ފަހު މެޗުގައި ފިލިޕީންސް އާއި އެއްވަރުވެ އޭޝިއަން ކަޕަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފް ބުރުން ޖާގަ ހޯދައިފިއެވެ.
މި ނަތީޖާއާއެކު ރާއްޖެ ގްރޫޕްސްޓޭޖު ނިންމާލީ ކުޅުނު ހުރިހާ މެޗެއްގެ ތެރެއިން ލިނުނު ޖުމްލަ 7 ޕޮއިންޓާއެކު އެވެ. އެއީ ގުއާމް އަތުން ދެ ލެގުން ލިބުނު ޖުމްލަ ހަ ޕޮއިންޓާއި ފިލިޕީންސް އަތުން އެއްވަރުވެގެން ލިބުނު ޕޮއިންޓެވެ. ޕްލޭއޮފް ބުރުން މޮޅުވެ ރާއްޖެއަށް އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ޖާގަ ލިބިގެންދާނެ އެވެ. މި މެޗުން މޮޅުވެގެން ސީދާ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދެން އޮތެވެ.
ޕްލޭއޮފް ބުރުގައި ރާއްޖެއިން ބައްދަލުކުރަން ޖެހޭނީ ކޮލިފައިންގައި ވާދަކުރި ގްރޫޕްތަކުގެ ތެރެއިން ދަށް ނަތީޖާ ނެރުނު ޓީމަކާއެވެ. ރާއްޖެ ގްރޫޕުން އެއްވަނަ ހޯދައި އޭޝިއަން ކަޕުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދާފައިވަނީ ސީރިއާ އެވެ. ދެވަނައިގައި އޮތީ ޗައިނާއެވެ.
މެޗުގަައި ފެނިގެންދިޔަ ހުރިހާ ލަނޑެއްވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގެ ތެރޭގައެވެ. ފުރަތަމަ ހާފުގައި ރާއްޖޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. ހާއްސަކޮށް ޓީމުގެ ހުރިހާ ކުޅުންތެރިންގެ މަސައްކަތު ރޭޓު ފެނިގެންދިޔައީ ވަރަށް ރަނގަޅަށެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން މޮޅު ކުޅުމެއް ކުޅެމުންދަނިކޮށް ފިލިޕީންސް އިން ވަނީ ލިބުނު ދަނޑިވަޅުގައި ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 18 ވަނަ މިނެޓުގައި ކާމިޔާބުކުރީ އެންހެލް ޖިރަލްޑޯ އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އޭރިއާ ތެރެއަށް ބައުންސްވެގެންނެވެ. ކީޕަރު ފައިސަލް ހުރީ އެ ބޯޅައަށް ވިސްނައިގެން ނޫނެވެ.
ފިލިޕީންސް އިން ލަނޑެއް ޖަހާ ލީޑު ނެގިނަމަވެސް މާ ގިނައިރަކު އެ ލީޑުގައި ނުހިފެހެއްޓުނެވެ. މެޗުގެ 25 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) ގެ ހުނަރުވެރި ކުޅުމާއެކު ފިލިޕީންސްގެ ޑިފެންސްލައިން ފޫއަޅުވާލުމަށްފަހު މި ގޯލު ކާމިޔާބުކުރީ އިދިކޮޅު އެއްވެސް ކުޅުންތެރިއަކަށް އެ ބޯޅަ ހޯދުމުގެ ފުރުސަތު ނުދީއެވެ. ސެންޓޭ މި ބޯޅަ ފޮނުވާލީ ތިރިތިރިން ގޯލުގެ ކަނާ ދިމާލަށެވެ.
މެޗުގެ ދެވަނަ ހާފުގެ ފަހުކޮޅު ހައިޝަމް (ޗުމްޕު) ގެ ބަދަލުގައި އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން އެރިއެވެ. ނަމަވެސް ދަގަނޑޭއަށް މި މެޗުގައި ރަނގަޅު ފުރުސަތެއް ނުލިބެއެވެ.
މިއީ ގައުމީ ކޯޗުކަމާއި ކޫޕްމަން ހަވާލުވިފަހުން މިހާތަނަށް މެޗަކުން ބަލިނުވެ ނިންމާލި ފުރަތަމަ މެޗެވެ. އެންމެފުރަތަމަ ސީރިއާ އަދި ދެވަނައަށް ޗައިނާ އާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ވަނީ ބަލިވެފައެވެ.
ދިވެހިންވެއްޖެއްނު މިވަ ރުން ދެން ޤައުމީޓީމޭ ކިޔާފަ ނުކުޅެން😡😡
މޮޔަފުޅުވީތޯ؟ ކައޭވެސް ނިކުތީދޯ ސިޔާސީ ދާއިރާއަށް
ޤައުމީޓީމޭކިޔާފަ ނުކުޅޭންވީކީނޫން! ޓީމުގެއަޚްލާގުރަނގަޅުކޮށް ކޮންމެކުޅުންތެރިޔަކީ މަދުވެގެން 70 މިނިޓުގެބުންްވަރާއެކު ކުޅެވޭވަރުގެތަމްރީނުދެވޭވަރުގެ ކޯޗަކާހަވާލުކުރަންވީ މީހުންބިނާކުރުމުގަ ކޯޗަށްއެއްބާރުލުންދީ ރާއްޖޭގެހުރިހާހިސާބަކުންވެސް ކުޅުންތެރިންހޯދުމުގެފުރުސަރު އެކޯޗަކަށްދީ އާފެށުމަކުންފަށަންވީ! މިހާރުގިނަކުޅުންތެރިންގެފެންވަރުހުއްޓަސް........