ހަންގޭރީގެ ކުރީގެ ފުޓްބޯޅަ ތަރި ފެރެންކް ޕުސްކާސް ޔޫރަޕްގައި ގާއިމުކޮށްފައިވާ، ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލައިފިއެވެ.

ހަންގޭރީ އަށް ނިސްބަތްވާ ޕުސްކާސް ވަނީ 1945 އާއި 1956 އާ ދެމެދު ހަންގޭރީގެ ގައުމީ ޓީމަށް 84 ލަނޑު ކާމިޔާބުކޮށްދީފައެވެ. މިއީ އިންޓަނޭޝަނަލް ލެވެލްއެއްގައި ޔޫރަޕްގެ ކުޅުންތެރިއަކު ގައުމީ ޓީމަކަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދީގެން ހަދާފައިވާ ރެކޯޑެކެވެ.

ނަމަވެސް ޕުސްކާސްގެ މި ރެކޯޑު އުމުރުން 33 އަހަރުގެ ރޮނާލްޑޯ މިއަދު ވަނީ މުގުރާލާފައެވެ. އޭނާ މި ރެކޯޑު މުގުރާލީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މިއަދު ޕޯޗުގަލް އާއި މޮރޮކޯއާ ބައްދަލުކުރާ މެޗުގައި ކާމިޔާބުކުރި ގޯލާއެކުއެވެ. މި ގޯލާއެކު ރޮނާލްޑޯ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ގޯލުގެ އަދަދު މިހާރު ވަނީ 85 އަށް އަރާފައެވެ.

ރޮނާލްޑޯ ކާމިޔާބުކުރި އެ ގޯލާއެކު މިފަހަރުގެ ވޯލްޑް ކަޕްގައި އޭނާ ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ 4 އަށް އަރާފައެވެ. ރޮނާލްޑޯ އަކީ މި ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު މިހާތަނަށް ކާމިޔާބުކުރި ކުޅުންތެރިޔާއެވެ.

ޕުސްކާސްގެ ލަނޑުގެ ރެކޯޑު ރޮނާލްޑޯ މުގުރާލާފައިވާއިރު ގައުމީ ޓީމަކަށް މިހާތަނަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިއަކީ އީރާނުގެ ކުރީގެ ފުޓްބޯޅަ ތަރި އަލީ ދާއީއެވެ. އޭނާ ވަނީ އީރާންގެ ޓީމަށް ޖުމްލަ 109 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޣދނދނދނދނދނދނނ

  ވޯލްޑް ކަފް ގައި ރޮނާލްޑޯއާ އެއްވަރަށް ރަޝިއާގެ ކުޅުންތެތިއަކުވެސް ވަނީ ލަނޑު ޖަހާފަ. ލިޔުންތެރިޔާ މެޗު ނުބަލާކން ފާހަނގަވޭ..

  • ޑީޑި

   ކަލޯ ދެންމެ ރޮނަލް އެޖެހީ ލަންޑު.. ކަލޭ ފުރަތަމަ އަޕްޑޭޓް ވެބަލަ..

  • ރަޝިޔާ

   ރަޝިޔާ ކުޅުންތެރިޔާ ޖެހި ލަނޑުގެ އަދަދަކީ 3 ރޮނާލްޑޯ 4 ކާކު ގިނައީ؟

  • ޛޖހޖ

   ކަލޯ އަޕްޑޭޓް ވެބަލަ ކޮމެންޓް ކުރުމުގެ ކުރިން

 2. Anonymous

  Cool

 3. ރަށްދު

  ޖޭ ވީތަ؟ ރޮނާޑޯ ޖަހައިފި 4 ގޯލް ރަސިއާ ކުޅުންތެރިޔާޖެހީ 3 ގޯލް މޮޔަވެ

 4. އިޝާ?

  ހީއިސް ދަބެސްަޓް