ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ކޮންމެ ޓީމެއްވެސް އެއް މެޗު ކުޅެ ނިމުމަށްފަހު ދެވަނަ މެޗުތަކާއި ކުރިމަތިލާން ވަނީ ފަށާފައެވެ. މިއަދު ކުޅޭ ދެވަނަ މެޗުގައި މި ބައްދަލުކުރަނީ ވޭލްސް އާޢި ތުރުކީ އެވެ. ގްރޫޕުް އޭގައި މިހާތަނަށް މި ދެ ޓީމު ކުޅުނު ފުރަތަމަ މެޗުގެ ނަތީޖާއަށް ބަލާއިރު ފުރަތަމަ މެޗުން ސްވިޓްޒަލެންޑާ ބައްދަލުކޮށް 1-1 ގެ ނަތީޖާއަކުން ވޭލްސް އެއްވަރުވެފައިވެއެވެ. އަދި ތުރުކީ ވަނީ އިޓަލީ އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

މި ދެ ޓީމުވެސް ގްރޫޕުގެ ފުރަތަމަ މެޗުން ބަލިވުމުން މި މެޗުން ދެ ޓީމަށްވެސް މޮޅުވުން މަޖުބޫރެވެ. މި މެޗުން މޮޅުވެއްޖެ ނަމަ ގްރޫޕުގައި އިތުރު އުއްމީދެއް ލިބިގެންދާނެ އެވެ.

މި ދެ ޓީމު މިހާތަނަށް 6 ފަހަރު ބައްދަލުކޮށްފައިވެއެވެ. ތުރުކީ މޮޅުވީ ދެފަހަރު އެވެ. އަދި ވޭލްސް މޮޅުވީ ތިންފަހަރު އެވެ. އެއް މެޗު ވަނީ އެއްވަރުވެފައެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 1997 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގައެވެ.

މެޗު ކުޅޭނީ އަޒަރަބައިޖާންގެ ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައެވެ. މި ދަނޑަށް މެޗު ކުޅެން ވައްދަން ހުއްދަދީފައިވަނީ 50،000 އެއްހާ މީހުންނެވެ.

ވޭލްސް

ކޯޗު: ރޮބަޓް ޕޭޖް

ކެޕްޓަން: ގެރެތް ބޭލް

މެޗުގައި ކުޅޭ ފޯމޭޝަން: 3-4-3

 

ތުރުކީ

ކޯޗު: ސެނުލް ގަނެސް

ކެޕްޓަން: ބުރަކް އިލްމާސް

މެޗުގައި ކުޅޭ ފޯމޭޝަން: 5-4-1

 

ދެ ކޯޗުންގެ ބަސް

ރޮބަޓް ޕޭޖް (ވޭލްސް)

ވޭލްސްއަށް މި މެޗަކީ މުހިއްމު މެޗެކެވެ. ފުރަތަމަ މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް މުބާރާތުގެ ފުރަތަމަ މޮޅު ހޯދުމަށް މުހިއްމު މެޗެކެވެ. ކޯޗު ބުނާގޮތުން މި މެޗުގައި އިޓަލީގެ މެޗުން ފެނުނު ގޯސްތައް ތަކުރާރު ނުވާނެ ކަމަށާއި، އަދި މި މެޗުގައި އެޓޭކިން ގޭމެއް ކުޅުމަށް ފުރުސަތު ލިބޭނެ ކަމަށްވެސް ޕޭޖް ބުންޏެވެ.

ސެނުއެލް ގަނޭސް (ތުރުކީ)

ކޯޗު ފާހަގަކުރާ ގޮތުގައި ވޭލްސް އަކީ ޑިފެންސިވްކޮށް ކުޅޭ ރަނގަޅު ޓީމެކެވެ. އަދި ކޮންމެފަދަ ވަގުތެއްގައި ވެސް ނުރައްކާކުރާ ޓީމެކެވެ. ހާއްސަކޮށް ވޭލްސްގެ ނުރައްކާތެރި ފޯވާޑް ލައިނަށް ވަރަށް ހުށިޔާރުވާން ޖެހޭކަމަށްވެސް ކޯޗު ބުންޏެވެ.