ކްރިސްޓިއަން އެރިކްސަންގެ ގެ ހިތުގެ ވިންދުތައް އެއް ހަމައެއްގައި ބެހެއްޓުމަށް ހާއްސަ ޑިވައިޒްއެއް ނުވަތަ އާލާތެއް ލައްވަން ނިންމައިފިއެވެ.

ޑެންމާކްގެ ތަރި އެރިކްސް ވެއްޓުނީ ޔޫރޯގައި ފިންލޭންޑާއި ދެކޮޅަށް ޑެންމާކް ކުޅުނު ފުރަތަމަ މެޗުގެ ފުރަތަމ ހާފުގައެވެ. އޭރު ޑޮކްޓަރުން ބުނީ އެރިކްސަންގެ ހިތުގެ ވިންދެއް ނެތް ކަމަށެވެ. ފަހުން ހޮސްޕިޓަލަށް ގެންދިޔަ ފަހުން އެރިކްސަންގެ ހާލު ރަނގަޅެވެ.

ފަހުން ޑިފިބްރިލޭޓަރ (ހިތަށް ޝޮކްދޭ އާލާތެއް) ގެ އެހީގައި އެރިކްސަންގެ ހިތުގެ ވިންދު ޖަހަން ފަށާފައިވާ ކަމަށެވެ. އެ އާލާތް އެ ވަގުތު ބޭނުން ނުކުރެވިއްޖެ ނަމަ އެރިކްސަންގެ ފުރާނަ ސަލާމަތްވުމުގެ ފުރުސަތު ވަރަށް ކުޑައެވެ. '

އުމުރުން 29 އަހަރުގެ މިޑްފީލްޑަރުގެ ހިތަށް ލައްވަން ޑެންމާކްގެ ޑޮކްޓަރުން މަސައްކަތްކުރަނީ އައިސީޑީ (އިމްޕްލާންޓަބަލް ކާޑިއޯވާޓާ ޑިފިބްރިލޭޓަރ) އެވެ. މި އާލާތުގެ ސަބަބުނން ހިތަށް ކުދިކުދި ޝޮކުތައް ފޮނުވައިދޭނެ އެވެ. އަދި ދެވަނަ ފަހަރަށް ހިތް ހުއްޓުމުގެ ކަމެއް މި އާލާތުގެ ސަބަބުން ކުރިމަތިވުމުގެ ފުރުސަތު ކުޑަވާނެ އެވެ. އަދި ހިތުގެ ވިންދު އެއްހަމައެއްގައި އެއް "ރިދަމް" އެއްގައި ހިފަހައްޓައިދޭނެ އެވެ.

މި އާލާތް ލައްވާނީ ހިތާއި ދިމާލު ހަމުގެތެރެއަށެވެ. އަދި މި ހަމަށް ލައްވާފައިވާ އާލާތުގެ ތެރެއިން ކުދިކުދި ވަޔަރުތަކަކުން ހިތާއި ގުޅުވާލާނެއެވެ.

"ކްރިސްޓިއަންް މި އާލާތް ހިތަށް ލައްވަން އެއްބަސްވެއްޖެ، އަދި ޑެންމާކްގެ އެހެން ހިތުގެ ޑޮކްޓަރުންވެސް ލަފާދެނީ އެހެން އެގޮތަށް ކަންތައްކުރަން، މުޅި ދުނިޔެވެސް ގަބޫލުކުރާ ގޮތެއް މިއީ" އެރިކްސަންގެ ކަންކަން ގާތުން ބެލުމަށް ހަވާލުވެހުރި ހާއްސަ ސްޕެޝަލިސްޓް ބޯސެން ބުންޏެވެ.

މިގޮތަށް މި ޑިވައިޒް ލައްވާނަމަ އެރިކްސަންގެ ފުޓުބޯޅަ ކެރިއަރާމެދު މި ވަނީ ގިނަ ސުވާލުތަކެއް އުފެދިފައެވެ. އޭނާއަށް ދެން ކުޅުމުގެ ތެރެއަށް އާދެވޭނެތޯ މިއީ މިހާރު ކުރެވޭ އެންމެ ބޮޑު އެއް ސުވާލެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އަހަރެންގެ ކޮއްކޮގެ ހިތަށް ވެސް ތީގެ ޑިވައިސް އެއްލެއްވި އިންޑިޔާއިން ، އޭރު އޭގެ އަގަކީ 15000 ޑޮލަރ އެމެރިކާގެ އުފެއްދުމެއް ، މެޑުރާސް މެޑިކަލް މިސަން އިން އޭތި އިންޕުލާންޓު ކޮށްދިނީ