ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ޔޫކްރެެއިން އާއި ނޯތް މެސެޑޯނިއާ ބައްދަލުކުރާނީ މިއަދު ރާއްޖެގަޑިން 18:00 ގައެވެ. ފޯރިގަދަ މި ގްރޫޕުގައި މި ދެ ޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފައެވެ. ދެވަނަބުރަށް ދިއުމުގެ އުއްްމީދު އާކުރުމަށް މިމެޗުން ދެ ޓީމަށްވެސް މޮޅެއް މުހިއްމެވެ. އެކަމަށް ގިނަ މަސައްކަތްތަކެއް ދެ ޓީމުންވެސް ކުރަންޖެހެއެވެ. ބަލިވެއްޖެ ނަމަ ދެ ޓީމަށްވެސް ދެވަނަބުރުގެ އަމިއްލަ ބާރު ގެއްލޭނެއެވެ.

މި ގްރޫޕުގެ ނަތީޖާތަށް މިހާރު ބަލާއިރު މިވަގުތު އެއްވަނައިގައި ވަނީ އޮސްޓްރިއާ އެވެ. ދެވަނައިގައި ނެދަލޭންޑްސް އެވެ. އޮސްޓްރިއާ އަށް މިވަގުތު އެއްވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ.

މި ދެ ޓީމު މިހާތަނަށް ހަތަރު ފަހަރު ވަނީ ބައްދަލުކޮށްފައެވެ. ނޯތް މެސެޑޯނިއާ މީގެތެރެއިން މޮޅުވީ އެއް ފަހަރުއެވެ. އަދި ޔޫކްރެއިން މޮޅުވެފައިވަނީ އެއް ފަހަރުއެވެ. އެންމެފަހުން މި ދެޓީމު ބައްދަލުކޮށްފައިވަނީ 2015 ގެ ޔޫރޯ ކޮލިފައިންގައެވެ. އެ މެޗު 2-0 އިން ކާމިޔާބުކުރީ ޔޫކްރެއިން އެވެ.

ނޯތް މެސެޑޯނިއާ

ކޯޗު: އިގޯ އަންގެލޮވްސްކީ

ކެޕްޓަން: ގޯރާން ޕަންޑޭވް

ނިކް ނޭމް: ރިޒޯވީ

ކޮލިފައިވި ގޮތް: ޕްލޭއޮފްގައި 2-1 އިން ކޮސޯވޯ ބަލިކޮށްގެން

ޔޫރޯއިން އެންމެ ރަނގަޅު ނަތީޖާ: މިއީ އަލަށް ކޮލިފައިވި ފަހަރު

މި މެޗުގައި ކުޅޭނެ ފޯމޭޝަން: 3-4-3

ފުރަތަމަ އެގާރަ: އެލްމަސް، ޕަންޑޭވް، ބާޑީ، އަލިއޮސްކީ، ސްޕިރޮވްސްކީ ، އަޑެމީ، ނިކޮލޮވް، މުސްލޫ، ވެލްކޮވްސްކީ، ރިސްޓޮވްސްކީ، ޑިމިޓްރިއެވްސްކ

ޔޫކްރެއިން

ކޯޗު: އަންދްރޭ ޝެވްޗެންކޯ

ކެޕްޓަން: އަންޑްރޭ ޕްޔަޓޯވް

ނިކް ނޭމް: ސީނިއޯ ޒޮވްޓީ

ކޮލިފައިވި ގޮތް: ގްރޫޕް އޭގެ އެއްވަނަ

ޔޫރޯގެ އެންމެ ރަނގަޅު ނަތީޖާ: ގްރޫޕް ސްޓޭޖް (2012،2016)

ދެ ކޯޗުންގެ ބަސް

އަންޑްރޭ ޝެވްޗެންކޯ (ޔޫކްރެއިން)

މުބާރާތުގައި ޔޫކްރެއިންގެ ފުރަތަމަ މެޗުން ބަލިވުމާއެކު މިއީ އެ ބަލިވުން ހަނދާން ނައްތާލުމަށް ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައި ކޯޗު ބުންޏެވެ. އަދި ފުރަތަމަ މެޗުގައި ފެނިގެންދިޔަ ގޯސްތައް ތަކުރާރުނުވާނެ ގޮތްތަކަށް ވިސްނައިގެން މި މެޗަށް ޓީމުގެ ވައްޓަފާޅިއަށް ބައެއް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ކޯޗު ބުންޏެވެ.

ނޯތް މެސެޑޯނިއާ އަކީ އާ ޓީމެއް ނަމަވެސް މި މުބާރާތުގެ ފުރަތަމަ މެޗުން އެ ޓީމުގެ ފެންވަރު ވަރަށް ރަނގަޅަށް ވަޒަންކުރެވިއްޖެ ކަމަށް ކޯޗު ބުންޏެވެ. އަދި އެ ޓީމު ބަލިކުރަން އުނދަގޫވާނެ ކަމަށާއި ކުޅުންތެރިން ތިބީ ވަރުގަދަ އަޒުމެއްގައި ކަން ކޯޗު ފާހަގަކުރިއެވެ.

 

އިގޯ އަންގެލޮވްސްކީ (ނޯތް މެސެޑޯނިއާ)

ނޯތު މެސެޑޯނިއާގެ ކޯޗު އީގޯ އަންގްލޮވްސްކީ އަށް މި މުބާރާތުގައި ގެއްލޭނެ އެއްޗެއް ނެތެވެ.އެއީ އަލަށް މިފަހަރު ޔޫރޯއަށް ކޮލިފައިވުމަކީ ވެސް އެ ޓީމަށް ބޮޑު ކާމިޔާބެކެވެ.

މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ކޯޗު ބުނީ ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަކީ މުހިއްމު ކަމެއް ކަމަށާއި އެ ފުރުސަތުތައް ބޭނުން ހިފޭނަމަ ނަތީޖާ ބަދަލުކުރެވިދާނެ ކަމަށެވެ.