ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ރާއްޖެގަޑިން 21:00 ގައި އޮތީ ވަރުގަދަ މެޗެކެޗެ. ގްރޫޕް ބީގައި ބެލްޖިއަމް އާއި ޑެންމާކް ބައްދަލުކުރާއިރު މި މެޗަކީ ދެ ޓީމަށްވެސް ގްރޫޕުގައި ކުރިޔަށްދިއުމަށް މުހިއްމު މެޗެކެވެ.

ގްރޫޕް ބީގައި ބެލްޖިއަމް ކުޅުނު ފުރަތަމަ މެޗުގައި ވަނީ 3-0 އިން ރަޝިޔާ ބަލިކޮށްފައެވެ. އަދި ފިންލޭންޑް ވަނީ 1-0 އިން ޑެންމާކް ބަލިކޮށްފައެވެ. މިއީ ވެދިޔަތަން ހަނދާން ނައްތާލާ މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ޑެންމާކްއަށް މުހިއްމު މެޗެކެވެ.

މި މެޗުން ބެލްޖިއަމް މޮޅުވެއްޖެ ނަމަ އެ ޓީމަށް ދެވަނަބުރު ޔަގީންވާނެއެވެ. ބަލިވެއްޖެ ނަމަ ފިންލޭންޑް މެޗުގެ ނަތީޖާ ނުކުންނަ ގޮތަކަަށް ދެން ޖެހޭނީ ބަލާށެވެ. ޑެންމާކް އަށް އަދިވެސް މުބާރާތުގެ ދެވަނަބުރަށް ދިއުމުގެ އުއްމީދު އެބައޮތެވެ.

ޑެންމާކް އާއި ބެލްޖިއަމް ވަނީ މިހާތަނަށް 15 ފަަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. މީގެތެރެއިން ބެލްޖިއަމް މޮޅުވެފައިވަނީ ފަސް ފަހަރެވެ. އަދި ޑެންމާކް މޮޅުވެފައިވަނީ ހަތް ފަހަރެވެ. ދެ ޓީމުގެ ކުރިމަތިލުންތަކުގެ ތެރެއިން އެއްވަރުވީ ތިން މެޗުންނެވެ.

ޑެންމާކް

ކޯޗު: ކެސްޕާ ހަލްމަންޑް

ކެޕްޓަން: ސައިމަން ކަޔާ

ނިކް ނޭޟް: ޑެނިޝް ޑައިނަމައިޓް

މެޗުގައި ކުޅޭ ފޯމޭޝަން: 3-3-4

ފުރަތަމަ އެގާރަ: ޝްމައިކަލް، ކްރިސްޓެންސެން. ކަޔާ، ވެސްޓަވާޑް، މާހެލް، ވާސް، ހޮޖްބާގް، ޑަލޭނީ، ޕޯލްސަން، ޑަމްސްގާޑް، ބްރައިތްވެއިޓް

ބެލްޖިއަމް

ކޯޗު: ރޮބާޓޯ މާޓިނޭޒް

ކެޕްޓަން: އެޑެން ހަޒާޑް

ނިކް ނޭމް: ރެޑް ޑެވިލްސް

މެޗުގައި ކުޅޭ ފޯމޭޝަން: 3-4-3

ފުރަތަަމަ އެގާރަ: ކަރަސްކޯ، ލުކާކޫ، މާޓެންސް، ތޯގަން ހަޒާޑް، ޑަންޑޮންކާ، ޓިއެލްސްމަން. މޯނިއާ، ވާޓޯގަން، ޑެނަޔާ، އަލްޑާވެރަލްޑް، ކޯޓުއާ

 

ދެ ކޯޗުންގެ ބަސް

ރޮބާޓޯ މާޓިނޭޒް (ބެލްޖިއަމް)

ރަޝިއާ އަތުން ފުރަތަމަ މެޗުން ބެލްޖިއަމް މޮޅުވި ނަމަވެސް އެ މެޗުގައި ކެވިން ޑިބްރޭނާ ނުފެނެއެވެ. ނަމަވެސް މި މެޗުގެ ވަކި ހިސާބަކުން އޭނާއަށް ފުރުސަަތު ލިބުމަކީ އެކަށީގެންވާ ކަމަށެވެ. އަދި ޑެންމާކް އަކީ ވަރުގަދަ ޓީމެއް ކަމަށާއި އެ ޓީމުން މި މެޗުގައި ވަރުގަދަ ކުޅުމެއް ކުޅޭނެކަމަށް ވިސްނާ ކަމަށެވެ.

ކެސްޕާ ހިލްމަންޑް (ޑެންމާކް)

ޑެންމާކުގެ ކޯޗު ކެސްޕަ ހިލްމަންޑް ބުނީ އެރިކްސަން އަށް ކުރިމަތިވި ކަންކަމުން އަދިވެސް ޓީމު އެއްކޮށް އަރައިނުގަންނަ ކަމަށާއި މި މެޗުން ކޮންމެހެން މޮޅެއް ހޯދަންޖެހޭ ކަމަށެވެ. އަދި މި މެޗާއި ކުރިމަތިލަނީ އެރިކްސަން އަށްޓަކާ ކަމަށްވެސް ކޯޗު ބުންޏެވެ. ހާއްސަކޮށ މި މެޗުގައި ކުރީކޮޅު ލަނޑެއް ޖެހުމަށް ވަރަށް މަސައްކަތްކުރާނެ ކަމަށްވެސް ކޯޗު ބުންޏެވެ.