ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މިއަދު 00:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ނެދަލެންޑްސް އާއި އޮސްޓްރިއާ އެވެ. މި ދެ ޓީމު ގްރޫޕުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ މޮޅުވެފައެވެ. ނެދްލޭންޑްސް މޮޅުވީ ޔޫކްރެއިން އަތުން 3-2 ގެ ނަތީޖާއަކުންނެވެ. އަދި އޮސްޓްރިއާ މޮޅުވީ ނޯތް މެސެޑޯނިއާ އަތުން 3-1 ގެ ނަތީޖާއަކުންނެވެ.

ދެވަަބުރުން ޖާގައެއް ހޯދުމަށް މި މެޗަކީ ދެ ޓީމަށްވެސް މުހިއްމު މެޗެކެވެ. މޮޅުވާ ޓީމަކަށް ދެވަނަބުރުގެ ޖާގައެއް ކަށަވަރުވެގެންދާނެ އެވެ. މި ދެ ޓީމު މިހާތަނަށް 19 ފަހަރެއްގެ މަތިން ވަނީ ބައްދަލުކޮށްފައެވެ. މީގެތެރެއިން ނެދަލޭންޑްސް މޮޅުވެފައިވަނީ 9 ފަހަރެވެ. އަދި އޮސްޓްރިއާ މޮޅުވެފައިވަނީ 6 ފަހަރެވެ.

ނެދަލެންޑްސް އަދި އޮސްޓްރިއާ މީގެ ކުރިން 19 ފަހަރު ބައްދަލުކޮށްފައިވެއެވެ. އޭގެ ތެރެއިން 9 ފަހަރު ނެދަލެންޑްސް މޮޅުވިއިރު، އޮސްޓްރިއާ މޮޅުވެފައިވަނީ 6 ފަހަރުއެވެ. ހަތަރު މެޗު އެއްވަރުވެފައިވެއެވެ.

އޮސްޓްރިއާ

ކޯޗު:ފްރެންކޯ ފޯޑާ

ކެޕްޓަން: ހޫލިއަން ބޮމްގާޓްލިންގަރ / ޑޭވިޑް އަލަބާ

ނިކް ނޭމް: ދަ ނެޝަނަލް ޓީމް

ކޮލިފައިވި ގޮތް: ގްރޫޕް ޖީގެ ރަނަރަޕް

ޔޫރޯއިން އެންމެ ރަނގަޅު ނަތީޖާ: ގްރޫޕް ސްޓޭޖް (2008،2016)

ނެދަލޭންޑްސް

ކޯޗު: ފްރޭންކް ޑި ބޮޔާ

ކެޕްޓަން: ޖޯޖީނިއޯ ވައިނަލްޑަމް

ނިކް ނޭމް: އޮރެންޖް

ކޮލިފައިވި ގޮތް: ގްރޫޕް ސީގެ ރަނަރަޕް

ޔޫރޯއިން ލިބުނު އެންމެ ބޮޑު ކާމިިޔާބީ: ޗެމްޕިއަން (1988)

 

ޑޭ ކޯޗުންގެ ބަސް

ފްރެންޑް ޑި ބޯޔާ (ނެދަލޭންޑްސް)

މިއީ މި މުބާރާތުގައި އިތުރަށް ކުރިޔަށްދިއުމަށް މުހިއްމު މޮޅެއްކަން ފާހަގަކޮށް ނެދަލޭންޑްސްގެ ކޯޗު ފްރޭންކް ޑި ބޯޔާ އެންމެ ބޮޑު ބޭނުންވަނީ މި މެޗުން ރަނގަޅު ނަތީޖާއަކަށެވެ. މި މެޗުން ނަތީޖާ ނުކުންނަ ގޮތަކުން މުބާރާތުގައި އެ ޓީމަށް ކުރިމަތިލާންޖެހޭ ކަންކަން ބޮޑަށް އެނގިގެންދާނެތީ އެވެ.

އޮސްޓްރިއާ ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައިވުމާ އެކު އެ ޓީމުގެ ރޫހު ރަނގަޅުވާނެކަމަށް ކޯޗު ބުނެއެވެ. އަދި މުބާރާތުގައި އޮސްޓްރިއާ އަކީ ދަށް ޓީމެއް ނޫންކަމަށްވެސް ބުންޏެވެ. އެންމެ ބޮޑަށް މަސައްކަތްކުރާނީ ކުރީކޮޅު ރަނގަޅު ކުޅުމެއް ކުޅެ ލަނޑުޖެހުމަށް ކަމަށް ކޯޗު ބުންޏެވެ.

ފްރެންކޯ ފޯޑާ (އޮސްޓްރިއާ)

މި މެޗާއި ކުރިމަތިލާއިރު އޮސްޓްރިއާގެ ކޯޗު ފްރެންކޯ ފޯޑާގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެ ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ އަނައުޓޮވިޗް ސަސްޕެންޝަނުގައި ހުރުމެވެ. ނަމަވެސް ހިތްވަރު އެލުވާނުލައި މި މެޗުން ރަނގަޅު ނަތީޖާއެއް ނެރުމަށް ގަދައަޅާ މަސައްކަތް ކުރާނެކަމަށް ބުންޏެވެ.