ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މިއަދު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ކްރޮއޭޝިއާ އާއި ޗެކް ރިޕަބްލިކް އެވެ. މިއީ ކްރޮއޭޝިއާ އަށް މޮޅުވުން މުހިއްމު މެޗެކެވެ. އެ ޓީމު ވަނީ ގްރުޕުގެ ފުރަތަމަ މެޗުގައި އިންގްލޭންޑް އަތުން 1-0 އިން ބަލިވެފައެވެ. މި މެޗުން ބަލިވެއްޖެ ނަމަ ދެވަނަ ބުރުގެ އަމިއްލަ ބާރު އެ ޓީމަށް ގެއްލޭނެއެވެ.

އެއާއި ހިލާފަށް ޗެކް ރިޕަބްލިކް ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައެވެ. އެ ޓީމު މޮޅުވީ ސްކޮޓްލޭންޑް އަތުން 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗާޢި ކުރިމަތިލާއިރު އެ ޓީމު މި މެޗު ކާމިިޔާބުކޮށްފިނަމަ ދެވަނަބުރުގެ ޖާގައެއް ކަށަވަރުވެގެންދާނެ އެވެ.

ކްރޮއޭޝިއާ އަދި ޗެކް ރިޕަބްލިކް ގެ ހެޑް ޓު ހެޑް އަށް ބަލާއިރު މިހާތަނަށް މި ދެ ޓީމު ވަނީ ތިން ފަަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. މީގެތެރެއިން ކްރިއޭޝިއާ މޮޅުވެފައިވަނީ އެއް ފަހަރެވެ. ދެން ކުޅުނު ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ޗެކް ރިޕަބްލިކް

ކޯޗު: ޔަރޮސާވް ސްވަސްކީ

ކެޕްޓަން: ބޯރެކް ޑޮކާލް

ނިކް ނޭމް: ދަ ތްރީ ލަޔަންސް

މެޗުގެ ފޯމޭޝަން: 4-5-1

 

ކްރޮއޭޝިއާ

ކޯޗު: ޒްލަޓްކޯ ޑަލިޗް

ކެޕްޓަން: ލުކާ މޮޑްރިޗް

ނިކް ނޭމް: ބްލޭޒާޒް

މެޗުގެ ފޯމޭޝަން: 4-5-1

 

ދެކޯޗުންގެ ބަސް

ޒްލާޓްކޯ ޑަލިޗް (ކްރޮއޭޝިއާ)

މިއީ ހުރިހާގޮތަކުން ވެސް ކްރޮއޭޝިއާ އަށް މުހިއްމު މެޗެއްކަން ފާހަގަކުރަމުން ކޯޗު ވަނީ މި މެޗުގެ މުހިއްމުކަން ކުޅުންތެރިންނަށް ވިސްނަައިދީފައިވަނެ ކަމަށް ބުނެފައެވެ. އަަދި ޗެކް ރިޕަބްލިކް އަކީ ވަރުގަދަ ޓީމެއް ކަމަށާއި ކޮންމެހެން ވެސް މި މެޗުން މޮޅުވާން ކުރެވެން ހުރި ކަމެއް ކުރާނެކަމަށް ކޯޗު ބުންޏެވެ.

ޔަރޮސްލާވް ޝިލްހަވީ (ޗެކް ރިޕަބްލިކް)

ފުރަތަމަ މެޗާއި ހިލާފަށް މި މެޗުގައި ޗެކް ރިޕަބްލިކް ޓީމުން ބަދަލުތަކެއް ފެނިގެންދާނެކަމަށް ކޯޗު ބުންޏެވެ. ހާއްސަކޮށް މެޗުގެ ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެންނާނެކަމަށް ކޯޗުގެ ވާހަކަތަކުން އެނގިގެންދެއެވެ. މި މެޗަށް ނުކުންނާނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރުމަށް ކަމަށްވެސް ކޯޗު ބުންޏެވެ.