ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އެންމެފަހުގެ ޗެެމްޕިއަން ޕޯޗުގަލް ބަލިވި ނަމަވެސް ކްރިސްޓިއާނޯ ރޮނާލްޑޯ އަނެއްކާވެސް އިތުރު ރެކޯޑެއް ގާއިމުކޮށްފި އެވެ.

މި މެޗުން ރޮނާލްޑޯ ކާމިޔާބުކުރި ލަނޑާއެކު އޭނާ ވަނީ ޔޫރޯ އާއި ވޯލްޑްކަޕުގައި ޖެހި ޖުމްލަ ލަނޑުތަކުގެ އަދަދު 19 އަށް އަރާފައެވެ. މިހާތަނަށް މި ރެކޯޑު އޮތީ ޖަރުމަނުގެ މިރޮސްލާވް ކްލޯސާ އަތުގައެވެ. އެއީ ވެސް 19 ގޯލާއެކު އެވެ. އެއާއެކު ރޮނާލްޑޯ ވަނީ ކްލޯސާގެ ރެކޯޑާއި ހަމަހަމަވެފައެވެ.

މީގެއިތުރުން ޕޯޗުގަލްވެސް ވަނީ މި މެޗާއެކު ރެކޯޑެއް ހަދާފަައެވެ. މި މެޗުން ވި ބައްޔާއެކު ޕޯޗުގަލް ވެފައިވަނީ ޔޫރޯގެ ތާރީހުގައި އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމެއް 4 ލަނޑު ޖަހައިގެން ބަލިވި ފުރަތަމަ ޓީމަށް ވެފައެވެ. މިހާތަނަށް ޗެމްޕިއަންކަން ހޯދި އެއްވެސް ޓީމެއް މިއަދަދަށް ލަނޑު ޖަހައިގެން ބަލިވެފައެއް ނުވެއެވެ.

ޖަރުމަނާއި ދެކޮޅަށް ކުޅުނު މެޗުގައި ޕޯޗުގަލް ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ރޮނާލްޑޯގެ ލަނޑުންނެވެ. ބެނާޑޯ ސިލްވާގެ އެހީއާއެކު ކައުންޓަރ އެޓޭކެއްގައި ޖޮޓާ ދިން ބޯޅައަކުން ގޯލު ކުރިމަތީގައި ހުސްކޮށް ހުރި ކްރިސްޓިއާނޯ ރޮނާލްޑޯ މި ލަނޑު ކާމިޔާބުކުރި އިރު މިއީ މި މުބާރާތުގައި އޭނާގެ ތިންވަނަ ލަނޑެވެ. އަދި ޔޫރޯގެ ތާރީހުގައި އޭނާގެ 12 ވަނަ ލަނޑެވެ. ރޮނާާލްޑޯއަކީ މިހާރުވެސް ޔޫރޯގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ އެވެ.

ރޮނާލްޑޯ އަކީ ޔޫރޯގެ ތާރީހުގައި ޕޯޗުގަލް ގައުމީ ޓީމާއެކު ޔޫރޯގެ ފައިނަލް ބުރުގައި ފަސް ފަހަރު ކުޅެފައިވާ ފުރަތަމަ ކުޅުންތެރިޔާ އެވެ. މި އަދަދަަށް ޔޫރަޕުގެ އެހެން އެއްވެސް ކުޅުންތެރިއަކަށް ޔޫރޯ ނުކުޅެވެއެވެ. ޔޫރޯގައި ރޮނާލްޑޯ އެންމެ ފުރަތަަމަ ކުޅެފައިވަނީ 2004 ވަނަ އަހަރުގައެވެ. އޭގެފަހުން ހުރިހާ ޔޫރޯއެއްގައި ވެސް އޭނާ ކުޅެފައިވެއެވެ. 17 އަހަރަށްފަހު މިފަހަރުގެ މުބާރާތުގައި ރޮނާލްޑޯ ކުޅެނީ ޑިފެންޑިން ޗެމްޕިއަނުންގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޯޑް

    އެހެންވިއްޔާ ވަރަށް ފުރިހަމަ ކޮންމެހެން ޕޯޗްގަލް މޮޅުވުމެއްނޫން މުހިންވަނީދޯ ރޮނާލްޑޯއަށް ގޯލައެއް ޖެހޭތޯބެލުން މުހިންވަނީ އެހެންވީމާ ކުރިއަށް ހުރި މެޗްތަކުގައިވެސް ރޮނާލްޑޯއަށް ގޯލައެއް ނުޖެހި ޕޯޗްގަލު މޮޅުވުމަކީ އުފާކުރަންޖެހޭފަދަ ކާމިޔާބެއްނޫންދޯ؟

    8
    5
  2. ކޮތަރު

    ކަލޯ މޯޑޫ ގޯލަ ތައް ޖަހަމުން ދާނީ. މަފަކީރަށް މަގުމަތިންވެސް ގޯލަ އެއް ނުފެންނަތަނުގަ ގޮޅައެއް ވެސް ޖަހާލަން ނުފެނިގެން މިއުޅެނީ.

    • ދާލް

      އެހެންވީމާ ކޮތަރުބިސް ކަލެއައް ފެނެއެއްނު ކޮތަރުބިހެއްވައްދާލާ ފޭކޮށްފަ