މިހާރު ފީފާ ވޯލްޑް ކަޕުގައި ގުރޫޕް އެފްގެ ފުރަތަމަ މެޗުގައި މެކްސިކޯ އިން ޖަރުމަނު ބަލިކުރުމުން މުޅި ދުނިޔެ ވަނީ ސިއްސައިގެން ގޮސްފައެވެ. ހަމައެހެންމެ އެގުރޫޕުގައި ދެން ކުޅޭ ދެކުނު ކޮރެއާ ވެސް ބޭނުން ވަނީ ކޮންމެވެސް ގޮތަކަށް މެކްސިކޯ ބަލިކުރުމަށެވެ.

ޑައިނަމޯގައި މެކްސިކޯގެ ފަރިތަކުރުން ކުރިޔަށް ގެންދަމުން ދަނިކޮށް ދެކުނު ކޮރެއާގެ ޕްރެސް އިން ވަނީ ފަރިތަކުރާ ދަނޑު ޖެހިގެން ހުންނަ ކެފޭ އަކަށް ވަދެ މެކްސިކޯގެ ފަރިތަކުރުންތައް ބަލާފައެވެ. އިދިކޮޅު ޓީމުގެ ކުޅުން ބެލުމަށް ފީފާ އިން ހުއްދަދޭ ނަމަވެސް ފީފާ ބުނާގޮތުން 15 މިނެޓަށް ވުރެ ގިނައިން އިދިކޮޅު ޓީމުގެ ފަރިތަކުރުންތައް ނުބެލޭނެއެވެ.

ރޮސްޓޮވް އެރީނާގައި ހޮނިހިރު ދުވަހު ދެކުނު ކޮރެއާ އަދި މެކްސިކޯ ބައްދަލު ކުރާއިރު ސްވެޑެން އާއި ދެކުނު ކޮރެއާ ބައްދަލު ކުރި މެޗުގައި ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ޕާކް ޖޫހޫ އަށް ވަނީ އަނިޔާވެފައެވެ.

ހަމައެހެންމެ މެކްސިކޯ ޓީމުގެ ޓެކްނިކަލް މުވައްޒަފުން އަދި ސެކިއުރިޓީ އަށް ވަނީ ދެކުނު ކޮރެއާގެ އަމަލުތައް އަންގާފައެވެ.

މީގެ ކުރިން ދެކުނު ކޮރެއާ މިފަހަރުގެ ވޯލްޑް ކަޕަށް ތައްޔާރު ވަމުން ދިޔައިރު އެޓީމު ކުޅުންތެރިން ޖާޒީ ނަންބަރު ބަދަލު ކޮށްގެން ބެލުންތެރިންނަށް އޮޅުވާލައި ފަރިތަކޮށްފައެވެ. ނަމަވެސް ގްރޫޕް ސްޓޭޖްގައި ދެކުނު ކޮރެޔާގެ މައްޗަށް ސްވިޑެން އިން ވަނީ 0-1 އިން ކުރި ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު