ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ޑެންމާކް އަދި ރަޝިޔާ ބައްދަލުކުރާނީ މިރޭ 00:00 ގައެވެ. މި މެޗުން މޮޅުވެގެން ރަޝިޔާއަށް ދެވަނަބުރުގެ ޖާގައެއް ކަށަވަރުކުރެވިދާނެ އެވެ. މުބާރާާތުގައި ރަޝިޔާ މިހާތަނަށް ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން ބަލިވެފައިވާއިރު، އެއް މެޗުން ވަނީ މޮޅުވެފައެވެ.

ރަޝިޔާ މޮޅުވެފައިވަނީ ފިންލޭންޑް އަތުންނެވެ. އަދި ބަލިވެފައިވަނީ ބެލްޖިއަމް އަތުންނެވެ. ޑެންމާކު މިހާތަނަށް ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައެވެ. ނަމަވެސް ދެވަނަބުރަށް ދިއުމުގެ ހަނި ފުރުސަތެއް އެޓީމަށް އެބައޮތެވެ.

ރަޝިޔާއާއި ޑެންމާކް މިހާތަނަށް އެއްވެސް ފަހަރެއްގެ މަތިން ކުޅެފައެއް ނުވެއެވެ. މިއީ ވާދަވެރި މުބާރާތެއްގައި މި ދެ ޓީމު ކުޅޭ ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެއެވެ. މީގެކުރިން 2012 ވަނަ އަހަރު މި ދެ ޓީމު ވަނީ އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އެ މެޗުން ރަޝިޔާ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ އެގާރަ

ޑެންމާކް

ރަޝިޔާ

ދެ ކޯޗުންގެ ބަސް

ސްޓަނިސްލާވް ޗަރްޗަރޯފް (ރަޝިޔާ)

މިއީ މި މުބާރާތުގައި އެ ޓީމުގެ އަސްލު ކުޅުން ދައްކަންޖެހޭ މެޗުކަމަށް ކޯޗު ފާހަގަކުރެއެވެ. ހާއްސަކޮށް ދެވަނަބުރަށް ދިއުމަށް މި މެޗުގައި ރަނގަޅު ނަތީޖާއެއް ނެރުމުގެ މުހިއްމުކަން ކުޅުންތެރިންނަށް އެނގޭނެ ކަމަށާއި ޑެންމާކް އަކީ ފުލުގައި އޮތް ނަމަވެސް ބަލި ޓީމެއްނޫން ކަމަށެވެ. އަދި އެކަން މުބާރާތުން ވަރަށް ސާފުކޮށް ފެންނަން އެބަހުރި ކަމަށްވެސް ކޯޗު ބުންޏެވެ. ކޯޗު ހާއްސަކޮށް ފާހަގަކުރީ ބެލްޖިއަމް އާއި ދެކޮޅަށް ކުޅުނު މެޗެވެ. އެއީ ޑެންމާކްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މެޗެއްގެ ގޮތުގައި ކޯޗު ފާހަގަކުރިއެވެ.

ކެސްޕާ ހިލްމަންޑް (ޑެންމާކް)

ދެވަނަބުރުގެ އުއްމީދު ނުގެއްލޭކަން ފާާހަގަކުރަމުން ކޯޗު ބުނީ ޑެންމާކުން ދަނީ މެޗަކަށްފަހު މެޗެއް ކުރިއަރަމުން ކަމަށާއި ކުޅުންތެރިން ދަނޑުމަތީގައި ދައްކާ ހިތްވަރު ފާހަގަކުރާ ކަމަށެވެ. އަދި ރަޝިޔާ ބަލިކޮށްގެން ފުރުސަތު އޮތްކަންވެސް ކޯޗު ފާހަގަކުރިއެވެ. އެހެންކަމުން ރަނގަޅު ކުޅުމެއް މި މެޗުގައި ފެންނާޏެކަމުގެ އުއްމީދުކުރާ ކަމަށްވެސް ކޯ