ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި ޕައުލޯ ޑިބާލާ މެޗު ނިންމާލީ ބެންޗުގައި ހުރެގެން ކަމަށްވީ ނަމަވެސް މިރޭގެ މެޗުގައި މެސީ އާއި އެކު ކުޅެން ތައްޔާރު ކަމަށް ޑިބާލާ ބުނެފިއެވެ.

އާޖެންޓީނާވޯލްޑް ކަޕު ކެމްޕޭން ފެށުމުގެ ކުރިން އެޓީމުގެ ކޯޗު ސަމްޕައޯލީ ބުނެފައިވާގޮތުން މެސީ އާއި ޑިބާލާ އެކީގައި ކުޅެން ފިޓެއް ނޫނެވެ. ނަމަވެސް މިރޭގެ މެޗުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ޑިބާލާ ގަބޫލުކުރާ މެސީ އާއި އެކު އޭނާ ކުޅެން ތައްޔާރެވެ.

" އާޖެންޓީނާ އަދި ބާސެލޯނާގައި ވެސް މެސީގެ ބަދަލުގައި ކުޅެން އަރާނެ ކުޅުންތެރިއެއް ނުހުންނާނެ، އެހެން ކަމުން އަހަރެން އޭނާ އާއި އެޖީ ކުޅެވޭނެ" ނޫސް ކޮންފަރެންސެއްގައި އާޖެންޓީނާގެ ފޯވާޑު ޕައުލޯ ޑިބާލާ ބުންޏެވެ.

މީގެ އިތުރުން ޑިބާލާ ބުނެފައިވަނީ އޭނާ ކުޅޭ ތަނަށް ކުޅެނީ މެސީ ކަމަށާއި ފާއިތުވެދިޔަ ދުވަސްކޮޅު އޭނާ އާދަ ވެފައި ވަނީ ވެސް އެތަނަށް ކުޅެން ކަމަށެވެ. އަދި ހަމަ އެހެންމެ މެސީ އާއި އެކުގައި ކުޅޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށްވެސް ޑިބާލާ ބުނެފައިވެއެވެ.

ގުރޫޕް ޑީގައި އައިސްލޭންޑާއި ދެކޮޅަށް ކުޅުނު މެޗުގައި މެސީ އަށް ގިނަ ބަޔަކު އުއްމީދު ކުރި ވަރުގެ ކުޅުމެއް ނުދެއްކުނު ނަމަވެސް އޭނާ ވަނީ މަސައްކަތް ކޮށްފައެވެ. ޕެނަލްޓީ ނުވަން ނަމަވެސް ޑިބާލާ ގަބޫލު ކުރާ ގޮތުގައި އާޖެންޓީނާ ޓީމުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ހުރުމަކީ އޭނާގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން ޖެހޭ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު