ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި ކުޅޭ ފަހު މެޗުތައް މިރޭ ކުޅޭނެއެވެ. މިރޭ 00:00 ގައި ގްރޫޕުގެ ފަހު މެޗު ކުޅޭއިރު ފުރަތަމަ މެޗުގއި ބައްދަލުކުރާނީ ޗެކް ރިޕަބްލިކާއި އިންގްލޭންޑެވެ. ގްރޫޕުގެ ފަހު މެޗު ކުޅޭއިރު މި ދެ ޓީމުވެސް ވަނީ ދެވަނަބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި ދެ ޓީމަށްވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. މި މެޗުން މޮޅުވާ ޓީމަކަށް ގްރޫޕުގެ އެއްވަނަ ލިބިގެންދާނެ އެވެ.

މުބާރާތުގެ ގްރޫޕްސްޓޭޖުގައި ޗެކް ރިޕަބްލިކް ކުޅުނު ދެ މެޗުގެ ތެރެއިން މޮޅުވީ އެއް މެޗުންނެވެ. އަނެއް މެޗުން ވީ އެއްވަރެވެ. މޮޅުވީ ސްކޮޓްލޭންޑާއި ވާދަކޮށް 2-0 ގެ ނަތީޖާއަކުންނެވެ. އަދި އެއްވަރުވީ ކްރޮއޭޝިއާ އާއި 1-1 ގެ ނަތީޖާއަކުންނެވެ.

ކްރޮއޭޝިއާ އާއި އިންގްލޭންޑް ވަނީ މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. މީގެތެރެއިން އިންގްލޭންޑް މޮޅުވެފައިވަނީ ދެ ފަހަރެވެ. އަދި ޗެކް ރިޕަބްލިކް މޮޅުވެފައިވަނީ އެއް ފަހަރެވެ. އެންމެފަހުން މި ދެ ޓީމު ބައްދަލުކުރީ 2019 ގެ ޔޫރޯ ކޮލިފައިންގައެވެ. އެ މެޗު ޗެކް ރިޕަބްލިކް ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފުރަތަމަ އެގާރަ

އިންގްލޭންޑް

ޗެކް ރިޕަބްލިކް

މެޗުގެ ކުރިން ދެ ކޯޗުންގެ ބަސް

ޔަރޮސްލާވް ޝެލްހަވީ (ޗެކް ރިޕަބްލިކް)

މުޅި ގްރޫޕުގައިވެސް އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި ހިމެނޭ އިންގްލޭންޑާއި ދެކޮޅަށް ކުޅޭއިރު މިއީ އުނދަގޫވާނެ މެޗެއްގެ ގޮތުގައި ކޯޗު ވަނީ މެޗުގެ ކުރިން ފާހަގަކޮށްފައެވެ. ހާއްސަކޮށް އިންގްލޭންޑުގައި ތިބި ވަރުގަދަ ކުޅުންތެރިންނަކީ ސަމާލުވާންޖެހޭ ބައެއްގެ ގޮތުގައި ކޯޗު ފާހަގަކުރެއެވެ. އަދި މިއީ ޗެކް ރިޕަބްލިކަށް މޮޅުވާން އުނދަގޫވާނެ މެޗެއް ކަމަށާއި ނަމަވެސް ޓީމުގެ ކުޅުންތެރިންގެ ހިތްވަރާއެކު މި މެޗު ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ކޯޗު ބުންޏެވެ.

ގެރެތް ސައުތްގޭޓް (އިންގްލޭންޑް)

ދެވަނަބުރު ޔަގީންވި ނަމަވެސް މިއީ ގްރޫޕުގައި މޮޅުވާން ކޮންމެހެން ޖެހޭ މެޗެއްކަން ކޯޗު ފާހަގަކުރެއެވެ. އަދި އިންގްލޭންޑުގެ ފޯމް އަނބުރާ ގެނައުމަށް ކުރާ މަސައްކަތުގެ ތެރެއިން މި މެޗުން ރަނގަޅު ނަތީޖާއެއް ނެރެވިދާނެކަމަށް ގަބޫލުކުރާ ކަމަށްވެސް ކޯޗު ބުންޏެވެ. އަދި ބޭނުންވަނީ ގްރޫޕުގެ އެއްވަނަ މަގާމާއެކު ދެވަނަބުރަށް ދިއުމަށް ކަމަށްވެސް ކޯޗު ބުންޏެވެ.