އިނގިރޭސިވިލާތުގެ ނިއުކާސްޓަލް ޔުނައިޓެޑަށް ކުޅެމުން އަންނަ އަޔަލޭންޑްގެ ޑިފެންޑަރު ކައިރަން ކްލާކް އަށް ސްޕެއިންގެ ބާ އެއްގައި ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ކްލާކްއަށް ހަމަލާދިން މައްސަލައިގައި އިނގިރޭސިވިލާތުގެ ފިރިހެނަކާއި އޭނާއާއި އެކު ކްލާކަށް ހަމަލާ ދިނުމުގައި ބައިވެރިވި މީހުން ވަނީ ސްޕެއިންގެ ފުލުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އުމުރުން 28 އަހަރުގެ ކްލާކްއަށް އެކި ވަރުގެ އަނިޔާ ދީފައިވާއިރު އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ހޭނާރާ ކަމަށް ސްޕެއިންގެ ފުލުހުން ބުނެއެވެ.

ޕަލްމާގައި ހުންނަ އެސްޕާސެސް ހޮސްޕިޓަލަށް ކްލާކް ގެންދެވިފައިވާއިރު އޭނާއަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަން އަދި ކަށަވަރުވެފައެެއް ނުވެއެވެ.

އާދިއްތަ ދުވަހު ކްލާކް އަށް ހަމަލާ ދީފައިވަނީ ބާގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ހިނގާދިޔަ ޒުވާބެއްގެ ތެރޭގައެވެ.

ކްލާކް އަކީ މީގެ ކުރިން އެސްޓަންވިލާ އަށްވެސް ކުޅެދީފައިވާ ކުޅުންތެރިއެވެ،

ކިޔުންތެރިންގެ ހިޔާލު